އަރަބިދުނިޔެ

އިޒްރޭލުން ޤާޒާއަށް އެހީދޭ ބޯޓަކަށް ހަމަލާދީ 19 މީހުން މަރާލައިފި

ލިޔުނީ: އަލީ އަހްސަން

އިޒްރޭލުން ޤާޒާއަށް އެހީދޭ ބޯޓަކަށް ހަމަލާދީ 19 މީހުން މަރާލައިފިއެވެ.

ހަބަރު ލިބޭގޮތުގައި އިޒްރޭލުގެ މިއަނިޔާވެރި ހަމަލާގައި 19 މީހުން މަރުވެފައިވާއިރު އެތައް ބަޔަކު ޒަހަމްވެފައިވާކަމަށް މިހާތަނަށް ވަނީ ކަށަވަރު ކުރެވިފައެވެ. އެއްވެސް ހަތިޔާރެއް ނެތި ދަތުރު ކުރަމުންއައި އެހީދޭ ބޯޓަކަށް އިޒްރޭލުގެ އަނިޔާވެރި ލާއިންސާނީ ސިފައިން އަރާ ހަމަލާދީފައިވަނީ އިޒްރޭލުގެ ސަރަހައްދުން ބޭރުގައި ބޯޓު އޮއްވާކަމަށް ހަބަރު ލިބެއެވެ.

އިޒްރޭލުން ތަފާތު ދޮގު ވާހަކަތައް މީޑިއާތަށް މެދުވެރިކޮށް ދައްކަމުންދާއިރު އިޒްރޭލުން އެހީދޭ ބޯޓަށް ހަމަލާދީފައިވަނީ 'ހުދު ދިދަ' ނަގާފައިވަނިކޮން ކަމަށާއި އެބޯޓުން އެއްވެސް ރައްދު ހަމަލާތަކެއް ދިނުމަށް ހަތިޔާރުގެ ބޭނުން ނުކުރާކަމަށް ހަބަރުލިބެއެވެ. 'އަމާން ދިދަ' ނަގާފައިވަނިކޮން އިޒްރޭލުގެ ސިފައިން އެބޯޓަށް ހެލިކޮޕްޓަރުންނާއި ކުދި ލޯންޗް ތަކުގައި އައިސް އެރުމަށްފަހު ވަރަށް އަނިޔާވެރިކޮށް އަމަލުކޮށްފައިވާކަމަށް އެހީދޭ ބޯޓްތަކުގައި ތިބި މީހުންދަނީ މީޑިއާތަކުގައި ހާމަކުރަމުންނެވެ. އަދި އެހަމަލާގެ ވީޑިއޯތަކުން މުޅި ދުނިޔެއަށްވަނީ ފެނި ހާމަވެފައެވެ.

ފަލަސްތީނުގެ ޤާޒާއަށް އެހީގެ ތަކެތި ހިފައިގެންދާ މިބޯޓުތަކުގައި އިނގިރޭސިވިލާތާއި އަލްޖީރިއާއާއި އަޔަރލޭން އާއި ކުވައިތު، ގްރީސް އަދި ތުރުކީގެ 700 މީހުން ވާކަމަށް ހަބަރު ލިބެއެވެ. މީގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން 50 އަށް ވުރެ ގިނަ ޤައުމުތަކުގެ މީހުން ހިމެނޭކަމަށްވެސް ހަބަރު ލިބެއެވެ. އިޒްރޭލުން ބުނަމުންދަނީ އެހިދޭ މި ހަ ބޯޓު ފަލަސްތީނަށް ނުވަދެވޭނެކަމަށެވެ.

10 ހާސް ޓަނުގެ އެހީގެ ތަކެތި ހިފައިގެން ޤާޒާއަށް މިސްރާބު ޖަހާފައިވާ މިބޯޓަށް ރޭގަނޑުގެ ވަގުތެއްގައި އިޒްރޭލު ސިފައިން ދިން މިހަމަލާ ގިނަ ބަޔަކު ދަނީ ހަރުކަށި އިބާރާތުން ކުށްވެރިކުރަމުންނެވެ. ތުރުކީ، ސްޕޭން، ގްރީސް، ޑެންމާރކް އަދި ސްވިޑެން އިންވެސް ދަނީ މިހަމަލާ ކުށްވެރިކޮށް ވާހަކަ ދައްކަމުންނެވެ. ތުރުކީ ގައިވެސް ދަނީ މިމައްސަލާގައި މުޒާހަރާތައް ކުރަމުންނެވެ. ނަމަވެސް ދިވެހިރާއްޖޭގައި މިއީ މާބޮޑު މައްސަލައަކަށް ނުވާއިރު ދިވެހި ސަރުކާރުންވެސް މިމައްސަލާގައި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ގުޅުންހުރި

1 ޚިޔާލު

  1. މުސްލިމް ނޫން ޤައުމް ތަކުން ކުށްވެރި ކުއްވެރި ކުރާ އިރުވެސް ސަރުކާރަށް ކަހެރުވަކެކޭވެސް ހިތައްނާރާ އެކަމަކު މާ ހެޔޮ އެދިގެން ގުއަންޓަނާއިން މުސްލިމުން ގެނަންވީޔޯ. އެމެރިކާ އާއި އިިޒްރޭލް ބުނާ ކޮންމެ ބަޔަކީ ޓެރަރިސްޓުންނަށް ވަންޔާ ރާއްޖެއަށް ޓެރަރިސްޓުން އެތެރެކޮއްގެން ނުވާނެ.

Your email address will not be published. Required fields are marked *