ރާއްޖޭގެ ޚަބަރު ޓެސްޓު ޕޭޕަރެއްގައި ކްރިސްޓިއަން ދީން ޕްރޮމޯޓް ކުރި މައްސަލައެއް ފެންމަތިވެއްޖެ

ޓެސްޓު ޕޭޕަރެއްގައި ކްރިސްޓިއަން ދީން ޕްރޮމޯޓް ކުރި މައްސަލައެއް ފެންމަތިވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

ޓެސްޓު ޕޭޕަރެއްގައި ކްރިސްޓިއަން ދީން ޕްރޮމޯޓް ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުވައްމުލަކު ސްކޫލުގެ ޓެސްޓު ޕޭޕަރުގައި ލާދީނީ ވާހަކަތަކެއް ހުރުމާއި ގުޅިގެން އެކަން ފުލުހުންނަށް ހުށައަޅާ ފުލުހުން އެމައްސަލަ ބަލަމުން އެބަދެއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކާއި ހަވާލާދީ ‘ހާމަ’ ނޫހުގައި ވާގޮތުގައި ‘ފުވައްމުލަކު ސްކޫލުގެ ގްރޭޑް ހަތަރެއްގެ ދަރިވަރުންނަށް ސެމިސްޓަރ ޓެސްޓުގެގޮތުގައި ދީފައިވާ ޓެސްޓުގެ، އިނގިރޭސި މާއްދާގެ ޓެސްޓުގައި ދީފައިވާ ކްލޯޒް ޕެސެޖެއްގައި ޣައިރުދީނަށް މަގުފަހިވާފަދަ ވާހަކަތަކެއް ހުރިކަމުގެ ޝަކުވާ ބެލެނިވެރިންގެފަރާތުން ފުލުހުންނަށް ލިބުމާއިގުޅިގެން ފުލުހުންނާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ގުޅިގެން އެމައްސަލަ ސީރިއަސް މައްސަލައެއްގެގޮތުގައި ތަޙްޤީގް ކުރަމުންދާ’ކަމަށެވެ.

ފުވައްމުލަކު ސްކޫލުގެ ގްރޭޑް ހަތަރަކާއި ފަހެއްގެ ދަރިވަރުންނަށް ސެމިސްޓަރ ޓެސްޓުގެގޮތުގައި ދީފައިވާ ޓެސްޓުގެ ކްލޯޒް ޕެސެޖުގައިވަނީ، ދީންތަކުގެތެރެއިން އެންމެ މީހުންގިނަ ދީނަކީ ކްރިސްޓިއަން ދީންކަމަށާއި، ހުރިހާ ދީނެއްގެވެސް އަސްލަކީ ލޯބިކަމަށެވެ. އެކަން ބަޔާންކޮށްފައިވަނީ ތައުރާތު (ބައިބުލް) ގައި ކަމަށްވެސް ބަޔާންކޮށްފައި ވެއެވެ.  މީގެއިތުރުން، ދުނިޔެ ފެށިގެންއައިއިރު ދުނިޔޭގައި އެއްވެސްދީނެއް ނެތްކަމަށްވެސް ގްރޭޑް ހަތަރަކާއި ފަހެއްގެ ދަރިވަރުންދިން ޓެސްޓު ޕޭޕަރުގައި ބުނެފައިވެއެވެ. އެލިޔުމާއެކު ބައެއް ޣައިރުދީންތައް ރަމްޒުކުރުމަށް އެދީންތަކުގެ މީހުން ބޭނުންކުރާ ނިޝާތައް ހިމެނޭ ފޮޓޯއެއްވެސް ޖަހާފައިވާކަމަށް ހަބަރުލިބެއެވެ.

ޓެސްޓު ޕޭޕަރެއްގައި ކްރިސްޓިއަން ދީން ޕްރޮމޯޓް ކުރި މައްސަލައެއް ފެންމަތިވެ، އެމައްސަލަ ބަލަމުންދާއިރު އެ ޓެސްޓު ޕޭޕަރު ހެދި އިންޑިއާގެ ޓީޗަރު ބުނަމުންދަނީ ‘އެޕޭޕަރުގައިވާ މައުލޫމާތުތަކަކީ ހަޤީގަތްކަމަށާއި، އޭގައި މައްސަލައެއް ނެތް’ ކަމަށެވެ.

ފުވައްމުލަކު ސްކޫލުގެ ކްރިސްޓިއަން ދީން ޕްރޮމޯޓްކުރި ޓެސްޓު ޕޭޕަރު ބައްލަވާ!

ޓެގް

ލާދީނީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.