ރާއްޖޭގެ ޚަބަރު ކީރިތި ޤުރުއާން ކިޔެވުމުގެ 25 ވަނަ ގައުމީ މުބާރާތް ފެށިއްޖެ

ކީރިތި ޤުރުއާން ކިޔެވުމުގެ 25 ވަނަ ގައުމީ މުބާރާތް ފެށިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ހަބީބު

ކީރިތި ޤުރުއާން ކިޔެވުމުގެ 25 ވަނަ ގައުމީ މުބާރާއް އިއްޔެ ހެނދުނު ފެށިއްޖެއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލާމްގައި ކުރިއަށްދާ މިމުބާރާތުގައި މިއަދު ކިޔެވުން ފަށާފައިވަނީ މާލެއިން ބައިވެރިވެފައިވާ ދަރިވަރުންނަށް ކަމަށާއި ޖޫންމަހު ހަތަރު ވަނަ ދުވަހު އަތޮޅުތަކުގެ ދަރިވަރުންގެ ކިޔެވުން ފެށޭނެކަމަށް ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ހާމަކުރެއެވެ.

ކޮންމެ ދުވަހަކުވެސް ނުވަދިހަ ދަރިވަރުން ކިޔެވުމަށް ހަމަޖެހިފައިވާ މިމުބާރާތްކުރިއަށް ގެންދަނީ ހެނދުނާއި މެންދުރުފަހާއި އަދި ރޭގަނޑު ހިމެނޭގޮތަށް ތިންދަންފަޅިއަށް ބަހާލައިގެންކަމަށާއި ރޭގަނޑު ދަންފަޅީގައި ކިޔަވާނީ 11 އަހަރުން މަތީގެ ދަރިވަރުންކަމަށް ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ހާމަކުރައްވައެވެ. ދަންފަޅީގެ ވަގުތު ހަމަވިނަމަވެސް ކޮންމެ ދަންފަޅިއަކަށް ކަނޑައަޅާފައިވާ އަދަދަށް ކުދިން ކިޔެވެންދެން ދަންފަޅީގެ ވަގުތު އިތުރުކޮށްގެން ކިޔެވުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށްވެސް އެމަރުކަޒުން މައުލޫމާތުދެއެވެ.

މިމުބާރާތުގައި އއ އަތޮޅާއި ވ އަތޮޅު ފިޔަވައި އެހެން ހުރިހާ އަތޮޅުތަކުން ބައިވެރި ވަނީ ބައިވެރިވެފައެވެ. މާލެ އިން 420 ދަރިވަރުންނާއި އަތޮޅު ތަކުން 329 ދަރިވަރުން ބައިވެރިވާ މިމުބާރާތުގެ ނަތީޖާ ފާޅުކުރަން ހަމަޖެހިފައިވަނީ ޖޫން މަހު 12 ވަނަދުވަހު ދަރުބާރުގޭ ރަންނަބަނޑޭރި މާލަމްގައިކަމަށް ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ހާމަކުރައްވައެވެ.

މިމުބާރާތުގެ އެންމެ މޮޅު 10 ދަރިވަރުންނަށް 1000 ޑޮލަރު 'ޕީސް ޓީވީ'އިން ހަދިޔާ ކޮށްފައިވާ ކަމަށް ޤުރުއާނާ ބެހޭ މަރުކަޒުން ވިދާޅުވެއެވެ.

ޓެގް

ޤުރުއާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.