ދިއިސްލާމް އެމެރިކާގެ ފަރާތުން ސިރިޔާ އަށް ކަނޑައަޅާފައި ހުންނަ މަންދޫބުގެ ގަޔަށް ބިހުގެ ހަމަލާއެއް ދީފި

އެމެރިކާގެ ފަރާތުން ސިރިޔާ އަށް ކަނޑައަޅާފައި ހުންނަ މަންދޫބުގެ ގަޔަށް ބިހުގެ ހަމަލާއެއް ދީފި

އެމެރިކާގެ ފަރާތުން ސިރިޔާ އަށް ކަނޑައަޅާފައި ހުންނަ މަންދޫބުގެ ގަޔަށް ބިހުގެ ހަމަލާއެއް ދީފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެމެރިކާ މަންދޫބުގެ މޯޓޯ ކޭޑު ސިރިޔާގެ އަށް ވަދެގެން އައި ގަޑީގައި  ސަރުކާރާއި އިދިކޮޅަށް މުޒާހަރާ ކުރަމުން ދިޔަ ގްރޫޕަކުން ބިހާއި ޓޮމާޓޯއިން އޭނާ އަށް މިދިޔަ ބުރާސްފަތި ދުވަހު ހަމަލާއެއް ދީފިއެވެ.

އެއްވެފައި ވާ މީހުން މިހަމަލާދީފައި ވަނީ އެމެރިކާ އިން ސިރިޔާ އަށް ކަނޑައަޅާފައި ހުންނަ މަންދޫބު ރޮބަޓް ފޯޑް ސިރިޔާގެ ވެރިރަށް ދިމިސްކްގައި ހުންނަ އެމެރިކާގެ އެމްބަސީ އަށް ދިޔަ މަގުމަތީގައެވެ. ރޮބަޓް ފޯޑް ވަނީ ސީރިޔާގައި ޤަވައިދާ ހިލާފަށް ހިންގާ ސިޔާސީ ޕާޓީއެއްކަމުގައިވާ "އެރެބް ސޯޝަލިސްޓް ޑިމޮކްރެޓިކް ޔުނިޔަން ޕާޓީ" ގެ ލީޑަރު ޙަސަން އަބްދުލް އަޒީމް އާ އެކީގައި ސިއްރު ބައްދަލުވުމެއް ބާއްވަން ރާވާފައެވެ.

ސިރިޔާގެ ރައްޔިތުން ދަނީ ތަފާތު އެކި ފަހަރުމަތިން އެމެރިކާގެ މަންދޫބުންނަށް މިފަދަ ތަފާތު ހަމަލާތައް ދެމުންނެވެ. މިގޮތުން މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ކުރީ ކޮޅުގައި  ފޯޑް ދިމިސްކްގެ ޝާމް ހޮޓަލުގެ ކުރިމަތީގައި ހުއްޓާ ވަނީ ކުރިމަތިލުން ތަކެއް ހިންގާފައެވެ. ޖުލައި މުހުގެތެރޭގައި ވެސް ފޯޑް ހާމާ ސިޓީގެ ރައްޔިތުންތަކަކާއި ބައްދަލުކުރަން އުޅުމުން ބަޔަކުވަނީ ހުރަސް އަޅާފައެވެ.

ސެޕްޓެމްބަރ 24 ވަނަ ދުވަހު ސަރުކާރަށް ތާއިދުކުރާ ފަރާތް ތަކަކުން ވަނީ ފްރާންސްގެ މަންދޫބް ބައްދަލުވުމެއް ނިންމާފައި  ދަނިކޮށް އޭނަގެ ގަޔަށް ވެސް ބިސް ޖަހާފައެވެ.

ޓެގް

ސީރިޔާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.