ސުފުރާ ބާމި ގޯރެންގ

ބާމި ގޯރެންގ

ބާމި ގޯރެންގ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބޭނުންވާ ތަކެތި

2 ޕެކެޓް ނޫޑްލްސް ( ސްޕެގެޓީ ވެސް ބޭނުން ކުރެވިދާނެ )
1 ބޮޑު ފިޔާ ( ވަރަށް ހިމުންކޮށް ކޮށާފައި )
4 ހިކިމިރުސް ( ބުރި ބުރިކޮށްފައި )
3/1 ޖޯޑު ހިމުންކޮށް ކޮށާފައި ހުރި ކުކުޅުމަސް
1 ސައި ސަމުސާ ގިތެޔޮ މިރުސް ( ހިމުންކޮށް ކޮށާފައި ހުރި )
2 ސައި ސަމުސާ ހުންނަހާ ލޮނުމެދު އިނގުރު ( ޗިސްކޮށްފައި ހުރި )
2/1 ސައި ސަމުސާ އަޖިނަމޮޓޯ
2/1 ސައި ސަމުސާ މުގުރި އަސޭމިރުސް
2/1 ޖޯޑު ކެބެޖު ( ކޮށާފައި ހުރި )
2/1 ޖޯޑު ކެރެޓް ( ގާނާފައި ހުރި )
2/1 ޖޯޑު ލީކްސް (ތުނިކޮށް ކޮށާފައި ހުރި )
2 މޭޒުމަތީ ސަމުސާ އޮއިސްޓަރ ސޯސް
1 މޭޒުމަތީ ސަމުސާ ސޯޔާސޯސް

1 ޖޯޑު ފެން

ރާނބާފަތް

ހިކަނދިފަތް
ކުޑަ ލޮނުކޮޅެއް
ތެޔޮފޮދެއް

ތައްޔާރުކުރާނެ ގޮތް

ތަވާ އުނދުން މައްޗަށް އުދާލުމަށްފަހު ކުޑަ ތެޔޮ ފޮދެއް އަޅާލާފައި ތަވާ ދޮންވީމާ ތެޔޮފޮދު އަޅާލާފައި ހޫނުވީމާ ފިޔާ، ރާނބާފަތް، ހިކަނދިފަތް، ކެބެޖް، ކެރެޓް ، ލީކްސް، މިރުސް އަޅާފައި މޯޅިވަންދެން ދޭފަތުން ހަލަމުން ދާށެވެ. ދެން ނޫޑްލްސް ފިޔަވައި ބާކީ ހުރި ހުރިހާބާވަތެއް، ފަހަރަކު ބާވަތެއް އަޅަމުން ( މަޑުގިނީގައި ) ފްރައި ކޮށްލާށެވެ. ފެންއެޅުމައްފަހު ނޫޑްލްސް އަދި ސޫޕް އަޅާ ލޮނު ހެޔޮވަރު ކޮށްލުމައްފަހު ރަނގަޅައް އެއްކޮށްލާ މަތިޖައްސަވާށެވެ. 5 މިނެޓް ފަހުން އަނެއްކާވެސް އެއްކޮށްލައްވާށެވެ.

ޓެގް

ބަދިގެ ސުފުރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.