ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި، އިސްލާމިކް މިނިސްޓްރީ އިން އިންތިޒާމްކޮށްގެން ސިލްސިލާކޮށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކުންގެ ދަށުން، ކޮންމެ ހުކުރު ދުވަހެއްގެ ރޭ އިޝާ ނަމާދަށްފަހު މާލެ ސިޓީގެ މިސްކިތްތަކުގައި ބާއްވަމުން ގެންދާ ދަރުސްތަކުގެ ތެރެއިން ސެޕްޓެމްބަރ 30 ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ދަރުސްތަކުގެ ތާވަލް ޢާއްމުކޮށްފިއެވެ.
މިގޮތުން ދަރުސް ތާވަލް ހަމަޖެހިފައިވާ ގޮތް ތިރީގައި މިވަނީއެވެ.
1- އިސްލާމީ މަރުކަޒް - އައްޝައިޚް އުޘްމާން ޢަބްދުﷲ (މައުޟޫއު: މުޖުތަމަޢު މަސްތުވާތަކެތިން ސަލާމަތްކުރުން)
2- މަސްޖިދު ޖަލާލުއްދީން - އައްޝައިޚް ނިމާލް މުޙައްމަދު (މައުޟޫއު: ކުދިން ތަރުބިޔަތު ކުރުމުގައި ތެދު ބުނަން އާދަކުރުވުން)
3- މަސްޖިދުއް ނޫރު - އައްޝައިޚް މުޙައްމަދު އީސާ (މައުޟޫއު: ކުދިން ތަރުބިޔަތު ކުރުމުގައި ތެދު ބުނަން އާދަކުރުވުން)
4- މަސްޖިދު ޞަލާޙުއްދީން - ޝައިޚުލް އިސްލާމް ބިން ޙަސަން (މާލޭގައި ދިރިއުޅޭ ބަންގްލަދޭޝް މީހުންނަށް އަމާޒްކޮށްގެން ބަންގްލަދޭޝް ބަހުން ދެވޭ ދަރުސެއް)
މިދަރުސްތަކަށް ވީހާވެސް ގިނަ ބޭފުޅުން ޙާޟިރުވުމަށް އިސްލާމިކް މިނިސްޓްރީން އެދިލައްވައެވެ.
މާލޭގައި ދިރިއުޅޭ އެ ބަންގްލަދޭޝް މީހުންނަށް އަމާޒްކޮށްގެން ބަންގްލަދޭޝް ބަހުން ދެވޭ ދަރުސެއް އޮކްޓޯބަރ 1 ވާ ހޮނިހިރު ދުވަހުގެ ރޭ އިޝާ ނަމާދަށް ފަހު މަސްޖިދު އިބްރާހީމް ގައި އޮންނާނެ ކަމަށް ވެސް އެ މިނިސްޓްރީން ހާމަ ކުރެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...