
ޑރ.މަޖީދު ޢަދާލަތު ޕާޓީ 2 ވަނަ ގައުމީ މަޖިލީހުގައި ޖުލައި 17 ވަނަ ދުވަހު ޢިލްމުވެރިންގެ މަޖިލީހުގެ ރައީސްކަމުގެ ހުވާ ކުރައްވަނީ. ފޮޓޯ: އިސްމާޢިލް އަފްރާހު/ ދިއިސްލާމް
ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމުން ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ޢަދާލަތުން ހާމަކުރާ ގޮތުގައި ޑރ. މަޖީދު އިސްތިއުފާ ދެއްވިކަން އެންގެވީ ޢަދާލަތު ޕާޓީގެ ރައީސް އައްޝައިޚް ޢިމްރާން ޢަބްދުﷲ އަށް ޑރ.މަޖީދު މިއަދު ފޮނުއްވި ސިޓީއެއްގައެވެ.
މިދިޔަ ހޯމަ ދުވަހުން ފެށިގެން ޢަދާލަތުން ވަނީ ސަރުކާރުގެ ކޯލިޝަނުން ވަކިވުމަށް ނިންމާފައެވެ. އަދި އެ ނިންމުމާއި ގުޅިގެން މިދިޔަ އަންގާރަ ދުވަހު އެ ޕާޓީން ވަނީ ސަރުކާރުގައި ޢަދާލަތު ތަމްސީލުކުރައްވަމުން ގެންދަވާ ދެބޭފުޅުން ކަމަށްވާ އިސްލާމިކް މިނިސްޓަރ ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ އަށާއި، އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރ އައްޝައިޚް ޙުސައިން ރަޝީދު އަށް މަޤާމުން އިސްތިއުފާދެއްވުމަށް އެދިފައެވެ.
މިކަމާ ގުޅިގެން އެދުވަހު ޝައިޚް ޙުސައިން ރަޝީދު ވިދާޅުވެފައި ވަނީ އެބޭފުޅާ ހުރި މަޤާމުން އިސްތިއުފާދެއްވަން ޖެހިވަޑައި ގަންވާކަމަށް ދެކެނުލައްވާކަމަށާއި، އިސްތިއުފާ ދެއްވުމަށް އަންގަވަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ކަމަށެވެ. ޑރ. މަޖީދު މިކަމާ ބެހޭ ގޮތުން ވަކި އެއްޗެއް މިހާތަނަށް ވިދާޅުވެފައިވާ ކަމުގެ މަޢުލޫމާތެއް ނުލިބެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...