ދިއިސްލާމް ޖަމްޢިއްޔަތުލް އަޚަވާތުން އިންތިޒާމްކުރި ދަރުސް ރޭ ބާއްވައިފި

ޖަމްޢިއްޔަތުލް އަޚަވާތުން އިންތިޒާމްކުރި ދަރުސް ރޭ ބާއްވައިފި

ޖަމްޢިއްޔަތުލް އަޚަވާތުން އިންތިޒާމްކުރި ދަރުސް ރޭ ބާއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޝެއިޙް އިދްރީސް

ޖަމްޢިއްޔަތުލް އަޚަވާތުގެ ފަރާތުން އަންހެން ބޭކަނބަލުންނަށް ޚާއްސަ ކޮށް އިންތިޒާމް ކުރި ދަރުސް ރޭ ބާއްވައިފިއެވެ. ދަރުސް ބާއްވާފައި ވަނީ ރޭ 9.00 ގައި ޝީ ބިލްޑިންގްގެ ސެމިނާ ހޯލުގައެވެ. ދަރުސްގެ މަޢުލޫއަކީ "އަންހެން ވަންތަ ކަމުގެ ދާއިރާ" އެވެ. ދަރުސް ދެއްވާފައިވަނީ އައްޝައިޚް އިދުރީސް ޙުސައިން އެވެ.

ޝެއިޚް އިދުރީސްގެ ވާހަކަފުޅުގައި އަންހެން ވަންތަ ކަމުގައި ހިމެނޭ ތިން ދާއިރާ އަށް އަލިއަޅުވާ ލެއްވިއެވެ. އެއީ އަންހެން ދަރި ވަންތަ ކަމުގެ ދާއިރާއާއި، އަނބިވަންތަ ކަމާއި މައިވަންތަ ކަމުގެ ދާއިރާއެވެ. އެގޮތުން އަންހެން ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރެވިއްޖެ ނަމަ، ހީވެސް ނުކުރާ ކަހަލަ ރަނގަޅު މުޖުތަމައެއް  ބިނާ ވެގެން ދާނެ ކަމުގައި  ޝޭޚް ވިދާޅުވިއެވެ.

އަދި އަޅުގަނޑުމެން މުސްލިމުން ގަބޫލުކުރަންޖެހޭނީ ޙަގީގީ ދިރިއުޅުމަކީ އުޚުރަވީ ދިރިއުޅުން ކަމަށާއި، އުޚްރަވީ ޙަޔާތުގެ ފުރަތަމަ މަންޒިލަކީ ކަށްވަޅުކަމާއި، ޤިޔާމަތްދުވަހުން ތިމާގެ މަސްޢޫލިއްޔަތު ތަކާ ބޭހޭ ގޮތުން  ސުވާލުކުރެވޭނެކަން ޝޭޚްގެ ވާހަކަފުޅުގައި ހަނދާން ކޮށްދެއްވިއެވެ. އެހެންކަމުން އަންހެން ބޭކަނބަލުން އެކަނބަލުންގެ ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށް ޝޭޚް ނަސޭޙަތްތެރިވެ ލެއްވިއެވެ.

މި ދަރުސް ކުރިޔަށް ދިޔަ ވަގުތު  ސޯމާލިޔާގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެރިވުމަށް ފަންޑް ފޮއްޓެއް ވަނީ ބެހެއްޓިފައެވެ. އަދި ދިއިސްލާމް މެގަޒިން ގަންނަން ބޭނުންފުޅުވާ ފަރާތްތަކަށް އެކަމުގެ އިންތިޒާމުވެސް ވަނީ ދަރުސް ކުރިއަށް ދިޔަ ވަގުތު ހަމަޖެހިފައެވެ. މި ދަރުސް އަޑުއެހުމަށް ގިނަ އަދަދެއްގެ އަންހެން ބޭކަނބަލުން ހާޒިރު ވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.