ދިއިސްލާމް ދެކުނު އިރުމަތީ އޭޝިޔާގައި ފެންބޮޑުވެއްޖެ

ދެކުނު އިރުމަތީ އޭޝިޔާގައި ފެންބޮޑުވެއްޖެ

ދެކުނު އިރުމަތީ އޭޝިޔާގައި ފެންބޮޑުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 މެދުނުކެނޑި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ދެކުނު އިރުމަތީ އޭޝިޔާގެ ބައެއް ގައުމު ތަކުގައި ފެން ބޮޑުވެއްޖެއެވެ.  ފެންބޮޑުވި ގައުމު ތަކުގެ ތެރޭގައި ތައިލެންޑް، ފިލިޕީންސް، ކެންބޯޑިޔާ އަދި ވިއެޓްނާމާއި ޗައިނާ ހިމެނެއެވެ.

ތައިލޭންޑްގެ މޫސުމާ ބެހޭ އިދާރާއިން ހާމަކުރާ ގޮތުގައި ފެންބޮޑުވުމުގެ އަސަރު ވަނީ ތައިލެންޑްގެ 21 ޕްރޮވިންސް އަކަށް ކޮށްފައެވެ. ތައިލެންޑްގައި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 173 މީހުންނަށް ވުރެ ގިނަ މީހުން މަރުވެފައިވާކަމަށް މީހުން ސަލާމަތް ކުރަން ހަރަކާތެރިވާ އޮފިޝަލުން ވަނީ ހާމަކޮށްފައެވެ.

ކެމްބޯޑިޔާ އަށް ކުރަމުންދާ ވިއްސާރައިގައި އެގައުމުގެ ގިނަ ޢަދަދެއްގެ ދަނޑުބިންތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެ ގައުމުގެ ފެނާބެހޭ ވުޒާރާގެ މިނިސްޓަރު ހާމަކުރެއްވި ގޮތުގައި ފެންބޮޑުވުމުގެ ސަބަބުން 56،000 ހެކްޓަރުގެ ދަނޑުބިންވަނީ މުޅިން އެއްކޮށް ހަލާކުވެދާނެ ކަމުގެ ބިރުހީވެފައެވެ. އަދި 61 މީހުން ވަނީ  ފެންބޮޑުވުމުގެ ސަބަބުން މަރުވެފައެވެ. ފެންބޮޑުވުމުގެ ސަބަބުނަ ގެދޮރު ދޫކޮށް ގިނަ ބަޔަކުދަނީ ރައްކާތެރި ހިސާބުތަކަށް ދަތުރުކުރަމުންނެވެ. އަދި ފެންބޮޑުވި ސަރަހައްދު ތަކުގައި އުޅޭ މީހުންނަށް ދަނީ ބޭރަށް ހިންގުމާއި ހުންއައުންފަދަ ބަލިމަޑުކަން ދިމާވަމުންކަމަށް އޮފިޝަލުން ހާމަކުރެއެވެ.

ފެންބޮޑުވުމުގެ ސަބަބުން ފިލިޕީންސް އަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ދިމާވެފައެވެ. އެގޮތުން ދަނޑުބިންތަށް ހަލާކުވުމުގެ އިތުރުން 50 ހަށްވުރެ ގިމަމީހުން ވަނީ މަރުވެފައެވެ. ވިއެޓްނާމާއި ޗައިނާއަށްވެސް ވަނީ ފެންބޮޑުވުމުގެ ސަބަބުން ތަފާތު އެކި ގެއްލުންތަށް ލިބިފައެވެ.

ފެންބޮޑުވެފައިވާ ސަރަހައްދު ތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ނަމަވެސް ފެންބޮޑުވުމުގެ ސަބަބުން އެހީ ފޯރުކޮށްދިނުމުގައި ވަރަށް  ބޮޑެތި ދަތިތަކާ ކުރިމަތިވެފާވާކަމަށް އެހީ ދިނުމުގައި ހަރަކާތް ތެރިވާ އޮފިޝަލުން ހާމަކުރެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.