ދިއިސްލާމް ރާއްޖެ ރޭޑިއޯ އިން "މުސްލިމުންގެ ފިކުރު" ޕްރޮގްރާމް މިއަދުން ފެށިގެން އަލުން ކުރިއަށް ގެންދަނީ

ރާއްޖެ ރޭޑިއޯ އިން "މުސްލިމުންގެ ފިކުރު" ޕްރޮގްރާމް މިއަދުން ފެށިގެން އަލުން ކުރިއަށް ގެންދަނީ

ރާއްޖެ ރޭޑިއޯ އިން "މުސްލިމުންގެ ފިކުރު" ޕްރޮގްރާމް މިއަދުން ފެށިގެން އަލުން ކުރިއަށް ގެންދަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޝައިޚް މުޙައްމަދު ޠައްޔިބް އަދި ޝައިޚް އިލްޔާސް ޙުސައިން - ދިއިސްލާމް ފޮޓޯ

ރާއްޖެ ރޭޑިއޯ އިން މިދިޔަ ރަމަޟާން މަހު ފޮނުވި "މުސްލިމުންގެ ފިކުރު" ޕްރޮގްރާމްގެ ސިލްސިލާގެ އާ ޕްރޮގްރާމްތައް މިއަދުން ފެށިގެން ކުރިއަށް ގެންދަން އެ ރޭޑިއޯ އިން ހަމަޖައްސައިފި އެވެ.

ޕްރޮގްރާމްގެ ޕްރޮޑިއުސަރ ވިދާޅުވީ އެގޮތުން މިއަދު ފޮނުވާ ޕްރޮގްރާމްގެ މައުޟޫއަކީ "ކުރެވޭ ޢަމަލުތަކާމެދު މުސްލިމުންގެ ފިކުރު ގެންގުޅެންވީ ގޮތް" ކަމަށެވެ. މި ޕްރޮގްރާމްގައި މަޢުލޫމާތު ދެއްވާ ދީނީ ޢިލްމުވެރިންނަކީ އައްޝައިޚް އިލްޔާސް ޙުސައިން އާއި އައްޝައިޚް މުޙައްމަދު ޠައްޔިބް އެވެ.

މި ޕްރޮގްރާމަކީ ފޯރަމް ސްޓައިލަށް އިންތިޒާމްކުރެވި ރެކޯޑްކުރެވިގެން ފޮނުވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ފޮނުވަން ރާވާފައި ވަނީ ކޮންމެ ބުރާސްފަތި ދުވަހެއްގެ 14:00 ން 15:00 ށެވެ. އަދި ރިޕީޓް ހުކުރު ދުވަހުގެ ހެނދުނު 08:00 ން 09:00 ށް ފޮނުވާނެއެވެ.

"މުސްލިމުންގެ ފިކުރު" ގެ ޕްރޮގްރާމްތަކުގައި "ދިއިސްލާމް" އޮންލައިން ނޫހުގެ ބައެއް ލިޔުންތެރިންގެ އަޑުވެސް އިވިގެންދާނެއެވެ.

ރާއްޖެ ރޭޑިއޯ ވެބްސްޓްރީމް ކޮށް އަޑުއެއްސެވުމަށް

ޓެގް

މުސްލިމުންގެ ފިކުރު ރާއްޖެ ރޭޑިއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.