'ކާފަރުންކަން' އިއުލާން ކުރި މީހާ 5 ދުވަހުގެ މުއްދަތައް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމުގެ ހުއްދަ ޖިނާއީ ކޯޓުން ދީފިއެވެ.
ޒާކިރު ނައިކްގެ ދަރުސް ނިމި ސުވާލާއި ޖަވާބު ސެޝަން ކުރިއަށް ދަނިކޮން ދިވެއްސަކު އޯޑިއަންސްގެ ކުރިމަތީގައި 'ކާފަރުކަން' އިއުލާން ކުރުމާއި ގުޅިގެން އެމައްސަލަ ތަހުގީގުކުރުމަށް ހަމަޖެހިފައިވާއިރު މިތަހުގީގު ކުރިއަށްދާނީ އިސްލާމިކް މިނިސްޓްރީއާއި ޕީޖީ އޮފީހާއި ސަރުކާރުގެ އެހެނިހެން އިދާރާތަކާއި ގުޅިގެންކަމަށް ހަބަރުލިބެއެވެ.
ފަހުގެ ތާރީހުގައި މިހާ ފާޅުކަން ބޮޑުގޮތެއްގައި ދީނެއް ގަބޫލުނުކުރާކަމަށް އިއުލާން ކުރި މިއީ ފުރަތަމަ ދިވެހި މީހާއެވެ. މިމައްސަލާގައި ރާއްޖޭގެ ކަންކޮޅުތަކުގައި ދަނީ ކަންބޮޑުވުން ފާޅުކޮށް އެކަމާއި މެދު ދެކޮޅަށް އަޑު އުފުލަމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...