އެލްކޭޖީއިން ފެށިގެން ޔުނިވަސީޓީ ނިމެންދެން ރާއްޖޭގައި އިސްލާމް މާއްދާ މަޖުބޫރު ކުރަންޖެހޭނެކަމަށް ޑރ. ޒާކިރު ނައިކު ވިދާޅުވެއްޖެއެވެ.
އެޑިއުކޭޝަން މިނިސްޓަރ ޑރ މުސްތަފާ ލުތުފީއާއި އެތައް ހާސް ރައްޔިތުންނާއި މުހާތަބު ކުރައްވާ ޑރ ޒާކިރު މިހެން ވިދާޅުވީ ދާދިފަހުން އިސްލާމިކް އެފެއާރޒްއިން އިންތިޒާމްކޮށް ބޭއްވި ދަރުސްއަށް ފަހު މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އަމީނިއްޔާ ސްކޫލުގެ ގްރޭޑް 8 ގައި ކިޔަވަމުންގެންދާ ދަރިވަރަކު، 'ރާއްޖޭގެ މަތީސާނަވީގައި އިސްލާމީ ތަރުބިއްޔަތުމާއްދާ ކިޔަވައިދިނުމާއިމެދު ދެކޭގޮތަކީ ކޮބައިތޯ؟' ޑރ. ޒާކިރުނައިކާ ސުވާލުކުރުމުން، 'ދިވެހި ރާއްޖެގެ ފަދަ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި އެލްކޭޖީއިން ފެށިގެން ޔުނިވަރސިޓީ ގައި ކިޔަވާ ކިޔެވުން ނިމެންދެންވެސް އިސްލާމީ ތަރުބިއްޔަތު މާއްދާ ދަރިވަރުންނަށް މަޖުބޫރު މާއްދާއެއްގެ ގޮތުގައި ބާއްވަން ޖެހޭނެކަމަށް' ޑރ. ޒާކިރު ނައިކު ވިދާޅުވެއްޖެއެވެ.
ސުވާލުގެ ޖަވާބު ދެއްވުމާއި އެކު މުޅި އޯޑިއަންސް ކެކިގެން ގޮސްފައިވާއިރު އެތައް ބަޔަކު ވަނީ ޑރ ޒާކިރު ނައިކްގެ ޖަވާބަށް ތަރުހީބު ދިނުމުގެ ގޮތުން އަތްތިލަބަޑިޖަހާފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...