ފުންނާބުން ޕެނަލްޓީ ޖެހި ދުނިޔޭގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަވާނާ މަރުވެއްޖެ
ފުންނާބުން ޕެނަލްޓީ އެއް ޖަހައިގެން ދުނިޔޭގެ މަޝްހޫރުކަން ހޯދައިފައިވާ ޔުނޭޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ގެ ފުޓުބޯޅަ ކުޅުންތެރިޔާ ޒިޔާބް އަވާނާ ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެއެވެ. އޭނާ މަރުވެފައިވަނީ ސެޕްޓެމްބަރ 25 ވީ އާދީއްތަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
އުމުރުން 21 އަހަރުގެ މިޑްފީލްޑަށް ކުޅޭ މި ކުޅުންތެރިޔާ މަރުވެފައި ވަނީ އަލްއައިން ގައި ކުރިއަށް ދިޔަ ގައުމީ ޓީމުގެ ފަރިތަކުރުންތަކަށް ފަހު އެނބުރި އަބޫދާބީ އަށް ދިޔަ މަގުމަތީގައި އޭނާގެ ކާރު، ލޮރީ އެއްގައި ޖެހި އެކްސިޑެންޓުވުމުގެ ސަބަބުންނެވެ. ބާރުސްޕީޑެއްގައި ކާރު ދުއްވަމުން ދިޔައިރު އަވާނާ އިނީ އޭނާގެ ފުޓުބޯޅައިގެ އެކުވެރިޔާ އަލްކަމާލީ އާއި ފޯނުން ވާހަކަދައްކާށެވެ.
އެ އެކުވެރިޔާ ފަހުން ހާމަކުރިގޮތުގައި އަވާނާގެ އެންމެފަހުން ބުނިބަހަކީ "މިހާރު އަހަރެން ގެއާ ވަރަށް ކައިރިވެއްޖެ، އަހަންނާއި އެތަނުން ބައްދަލު ކުރޭ!" މިހެންނެވެ.
އަވާނާ އަކަށް ވެސް އަދި އޭނާގެ އެކުވެރިޔާ އަލްކަމާލީ އަކަށް ވެސް އޭނާ އެބުނީ ކޮން ގެއަކަށްކަމެއް އޭރަކު ނޭނގެއެވެ. އަލްކަމާލީ ހުރީ ޠައްޔިބުގެ ގޭދޮށުން އޭނާއާ ބައްދަލުކުރުމަށް ތައްޔާރަށެވެ. ނަމަވެސް އަވާނާ ދިޔައީ އުޚްރަވީ ޙަޔާތުގެ އަބަދަށް ދެމިގެންވާ ގޮވައްޗަށެވެ.
އަވާނާ މަރުވިކަން ޔޫއޭއީގެ ފުޓުބޯޅަ ފެޑެރޭޝަނުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
"އަހަންނަށް އިހްސާސް ވަނީ ޢާއިލާގެ އެކަކު ގެއްލުނުހެން. ހިތްދަތި ކަން އިހްސާސް ކުރެވުނު އެ ހާދިޘާ އިން. ﷲ އޭނަ އަށް ރަޙްމަތް ލައްވާށި." ޔޫއޭއީގެ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް މުޙައްމަދު ޚަފްލާން އަލްރުމައިޘީ މީޑިއާ އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައި ވެއެވެ.
ޔޫއޭއީގެ ކްލަބް ބެނިޔަސް އަށް ކުޅޭ އަވާނާ އަކީ އެގައުމުގެ ފުޓްބޯޅައިގެ އުއްމީދީ ތަރިއެއް ކަމުގައި ބެލެވިފައި ވެއެވެ. އަވާނާ ބޮޑަށް މަޝްހޫރުވެފައި ވަނީ މިއަހަރު ޖުލައި މަހު ލުބުނާނާއި ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި ފުންނާބުން ޕެނަލްޓީ ޖެހުމުންނެވެ. އެ މެޗުގައި 6-2 ން ޔޫއޭއީ ކުރީގައި އޮއްވާ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި އަވާނާ ވަނީ މެޗުގެ 78 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ ޖަހަން ދުވެފައި ގޮސް ފަހަތަށް އެނބުރި ފުންނާބުން ޖަހާ އެ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. އެ ޕެނަލްޓީ އަށް ފަހު ކޯޗް ވަނީ އަވާނާ ބަދަލުކޮށްފަ އެވެ. ޔޫޓިއުބްގައިވާ އެ ޕެނަލްޓީގެ ވީޑިއޯ އަށް މިލިއަނުން ހިޓްސް ލިބިފައި ވެއެވެ.
އަވާނާ މަރުވުމާއި ގުޅިގެން އޭޝިއަން ފުޓްބޯޅަ ކޮންފެޑެރޭޝަން (އޭއެފްސީ) އިން ވެސް ވަނީ ހަމްދަރުދީ ފާޅުކޮށް ބަޔާނެއް ނެރެފައެވެ.
"އޭއެފްސީގެ ފަރާތުން އަދި އޭޝިއާގެ ފުޓްބޯޅަ ޢާއިލާގެ ފަރާތުން ޔޫއޭއީ ފުޓްބޯޅަ ކޮމިއުނިޓީ އަށާއި އަވާނާގެ ޢާއިލާ އަދި ރައްޓެހިންނަށް އިޚްލާޞްތެރިކަމާ އެކު ހަމްދަރުދީ ފާޅުކުރަމެވެ. އަވާނާ އެހާ ޒުވާން އުމުރުގައި މަރުވުމަކީ އޭޝިއާގެ ފުޓުބޯޅަ އަށް އަދި ޚާއްޞަކޮށް ޔޫއޭއީގެ ފުޓްބޯޅަ އަށް ލިބުނު ވަރަށް ބޮޑު ގެއްލުމެކެވެ." އޭއެފްސީގެ ވަޤުތީ ރައީސް ޒާންގ ޖިލޯންގް އެ ބަޔާނުގައި ބުނެފައި ވެއެވެ.
އަވާނާ ފުންނާބުން ޖެހި ޕެނަލްޓީގެ ވީޑިއޯ
އެހެން ވީޑިއޯ
"ދާރިސް" ގެ ނަމުގައި ސަލަފުން މަޖައްލާއެއް ނެރެފި
ރޯދަވެރިންނަށް 30: ޝައްވާލު 6 ރޯދަ ހިފާނީ ކިހިނެތް؟
ރޯދަވެރިންނަށް 29: މާތް މަތިވެރި ގުދުސީ ޙަދީޘްފުޅެއް!
ރޯދަވެރިންނަށް 28: ގޭގައި ޢީދު ނަމާދު ކުރާނީ ކިހިނެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 27: އެ ދުވަހުން އެކުވެރިންނަކީ ކޮން ބައެއް!
ކޮވިޑް19 ނަސޭހަތް: ﷲގެ އުލޫހިއްޔާތަށް އީމާންވުމޭ ބުނެވޭ ބަހުގެ މާނައަކީ ކޮބާ؟
ރޯދަވެރިންނަށް 25: މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ 6 ޚުލްޤުފުޅެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 24: ކުޑަ ކަމަކުން ބޮޑު ޘަވާބު!

ކޮމެންޓް (0)
ލޯޑް ކުރަމުން...