ދިއިސްލާމް ސަޢޫދީ ރަސްގެފާނުގެ އިޞްލާޙީ ފިޔަވަޅަށް މުފްތީ މަރުޙަބާވިދާޅުވެއްޖެ

ސަޢޫދީ ރަސްގެފާނުގެ އިޞްލާޙީ ފިޔަވަޅަށް މުފްތީ މަރުޙަބާވިދާޅުވެއްޖެ

ސަޢޫދީ ރަސްގެފާނުގެ އިޞްލާޙީ ފިޔަވަޅަށް މުފްތީ މަރުޙަބާވިދާޅުވެއްޖެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އައްޝައިޚް ޢަބްދުލްޢަޒީޒުބްނު ޢަބްދުﷲ އާލުއްޝައިޚް

ސަޢޫދި ޢަރަބިޔާގެ ޢާއްމު މުފްތީ އަދި އެ ޤައުމުގައިވާ ޢިލްމީ ދިރާސާތަކާއި ފަތުވާދިނުމާބެހޭ އެންމެ ސީނިޔަރ ލެވަލްގެ ދަންނަބޭކަލުންގެ އިދާރާގެ ރައީސް އައްޝައިޚް ޢަބްދުލްޢަޒީޒުބްނު ޢަބްދުﷲ އާލުއްޝައިޚް، ސަޢޫދި ޢަރަބިޔާގެ ރަސްގެފާނު ޚާދިމުލްޙަރަމައިނިއްޝަރީފައިނި އަލްމަލިކް ޢަބްﷲ ސަޢޫދީމުޖްތަމަޢުގައި އެ ޤައުމުގެ ޤާބިލު އަންހެނުންގެ ދައުރު މުޖްތަމަޢުގެ ހަވާސާއަށް ދޫކޮށްނުލެވޭނެކަމާއި އެކަނބަލުންނަށް މަޖްލިސުއް ޝޫރާގައްޔާއި އަދި ބަލަދީ އިންތިޚާބުތަކުގައި ބައިވެރިވުމުގެ މިނިވަން އިސްލާމީ ހަމަތަކުގެ މަތިން ލިބިދެވޭނެކަމަށް ވިދާޅުވެ ދެއްވި ތަޤްރީރަށް، ހެޔޮކަމުގައި ބަޔާންކޮށް މަރުޙަބާވިދާޅުވެއްޖެވެ.

ޢުކާޘް ނޫހުން ކަށަވަރުކޮށްދީފައިވާގޮތުގައި އަންހެނުންނަށް މަޖްލިސުއްޝޫޜާގެ ގެ މެންބަރުކަމާއި އަދި ބަލަދީ އިންތިޚާބަށް ކުރިމަތުގެ ލުމުގެ ހުއްދަދިނުމާގުޅޭ ގޮތުން ސަޢޫދީ ޢަރަބިޔާގެ ރަސްގެފާނު ކަނޑައެޅުއްވި އެޅުއްވުން ސިފަކުރައްވާ އެޤައުމުގެ މުފްތީ ވިދާޅުވީ އެހުރިހާކަމަކީވެސް ހެޔޮވެގެންވާކަންތައް ކަމުގައްޔާއި އަދި އަހަރެން ﷲގެ ޙަޟުރަތުންއެދެނީ ތަވްފީޤާއި ހިދާޔަތާއި ސީދާވެގެންވާ މަގުގައި ސާބިތުކޮށްދެއްވުމަށް އެދޭކަމުގައެވެ. އިތުރަށް މުފްތީވިދާޅުވިއެވެ. އަހރެމެންނަނީ އިސްލާމީ ޤައުމެއްގެ އަހުލުވެރިންނެވެ. އެހެންކަމުން ޙައްޤުގެ މަތީގައި އަހަރެމެން ސާބިތުކޮށްދެއްވުމަށް ﷲގެ ޙަޟުރަތުން އެދެމެވެ. އަދި އަހަރެމެންނަށް އެކަލާނގެ ހިދާޔަތު ދެއްކެވުމަށްފަހު އަޅަމެއްގެ ހިތްތައް ސީދާވެގެންވާ މަގުން އެއްކިބާނުކުރެއްވުމާށާއި  ހިދާޔަތާއި އިސްތިޤާމަތު ދެއްވުމަށްއެދި އެކަލާނގެ ޙަޟުރަތުގައި ދަންނަވާކަމުގައި ހާމަކުރެއްވިއެވެ.

މިއަންނަ ދައުރުގެ އިންތިޚާބުތަކުގައި ސަޢޫދީގެ އަންހެނުންނަށް އިސްލާމީ ޝަރީޢަތުގެ އުޞޫލަތުގެ ތެރޭގައި ބައިވެރިވުމުގެ ފުރުޞަތު އޮންނާނެވާހަކަ ރަސްގެފާނު އިޢުލާނު ކުރެއްވީ އިއްޔެއެވެ. އެއީ ސަޢޫދި ޢަރަބިޔާގެ މަޖްލިސުއްޝޫރާގެ ފަސްވަނަ ދައުރުގެ ތިންވަނައަހަރުގެ މަސައްކަތްފެށުން ހުޅުއްވައި ދެއްވަމުން ދެއްކެވިވާހަކަފުޅުގައެވެ. އެވާހަގައިގައި ރަސްގެފާނުގެ ހާމަކުރެއްވިގޮތުގައި ސުޢޫދީ މުޖްތަމަޢުގައި އަންހެނުންގެ ދައުރު މުޖްތަމަޢުގެ ހަވާސައިގައި ބޭއްވުމަށް ރަސްގެފާނު އިންކާރުކުރައްވައެވެ.  އަދި ޝަރުޢީ ހަމަތަކުގެ ތެރެއިން މުޖްތަމަޢުގެ ޢަމަލީ ދާއިރާތަކުގައި އަންހެނުން ބައިވެރި ކުރުމަށް ކަޑައެޅީ ސަޢޫދި އަރަބިޔާގެ ދަންނަބޭކަލުންގެ އިދާރާއާއި އެއިދާރާއިން ބޭރުގެ ޢިލްމުވެރިންނާ މަޝްވަރާކުރުމަށްފަހުއެވެ.  ޢިލްމުވެރިން މިކަން ރަނގަޅުކަމުގައި ބަޔާންކުރެއްވިއެވެ.

ޓެގް

ޢަރަބި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.