
ސައުދީ ރަސްގެފާނު
އަންހެނުންނަށް ވޯޓްލުމައި މުނިސިޕަލް އިންތިހާބްތަކުގައި ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމުގެ ފުރުސަތު ދިނުމަށް ސައުދީގެ ރަސްގެފާނު އަބްދުއްﷲ ޤަރާރެއް ހުށަހަޅައިފިއެވެ.
މި ޤަރާރް ހުށަހަޅައިފައިވަނީ 25 ސެޕްޓެމްބަރ 2011 ވީ އާދިއްތަ ދުވަހު ސައުދީގައި ކުރިއަށްދިޔަ އެޤައުމުގެ ޝޫރާ މަޖިލީހުގައެވެ. އިއްޔެ އެމަޖިލީހުގައި ރަސްގެފާނު ކުރެއްވި ފަސްމިނެޓްގެ ކުޑަ ތަޤްރީރެއްގައި ވިދާޅުވެފައިވަނީ އަންނަ ދައުރުން ފެށިގެން އަންހެނުންނަށް މުނިސިޕަލް އިންތިހާބްތަކުގައި ވާދަކުރުމާއި ވޯޓްލުމުގެ ފުރުސަތު ދިނުމަށް އަންގައި އެމަޖިލީހަށް ޤަރާރެއް ހުށަހަޅުއްވައިފައި ވާނެކަމުގައެވެ. މިނިންމުމަކީ ހުރިހާ ރޮގެއްގައި އަންހެނުންނަށް މަސައްކަތްކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ނިންމި ނިންމުމެއްކަމަށް އެރަސްގެފާނު ވިދާޅުވިއެވެ.
ރަސްގެފާނު އިއްޔެ މިހެންވިދާޅުވެފައިވާއިރު ހަތަރު އަހަރުން އެއް އަހަރު ބާއްވާ ޝޫރާ މަޖިލީހުގެ 2 ވަނަ އިންތިހާބް 29 ސެޕްޓެމްބަރ 2011 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ޝޫރާ މަޖިލީހުގެ ފުރަތަމަ އިންތިހާބު ބާއްވައިފައިވަނީ 2005 ވަނަ އަހަރުއެވެ. މިފަހަރު މިބޭއްވޭ އިންތިހާބަކީ 2009 ވަނަ އަހަރު ބާއްވަންޖެހޭ އިންތިހާބު ދެއަރުދުވަހަކަށް ފަސްކުރުމުން ބޭއްވޭ އިންތިހާބެކެވެ. މިއިންތިހާބްގައި ބައިވެރިވުމުގެ މުއްދަތު މިހާރުވަނީ ހަމަވެފައެވެ. ފަހަކަށް އައިސް ގިނަބަޔަކުދަނީ ރަސްގެފާނު އަބްދުއްﷲގެ ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ހާއްސަކޮށް އެގައުމާ އެމެރިކާއާ ދެމެދު ބާއްވާ ގުޅުންތަކާމެދު ގިނަބަޔަކުދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...