ދިއިސްލާމް ފާއިތުވި ރަމަޟާން މަހު ގްރީންލޭންޑުގައި ހުރި ހަމައެކަނި މުސްލިމް ޒުވާނާއަށް 21 ގަޑިއިރު ރޯދަ ހިފަން ޖެހިފައިވޭ.

ފާއިތުވި ރަމަޟާން މަހު ގްރީންލޭންޑުގައި ހުރި ހަމައެކަނި މުސްލިމް ޒުވާނާއަށް 21 ގަޑިއިރު ރޯދަ ހިފަން ޖެހިފައިވޭ.

ފާއިތުވި ރަމަޟާން މަހު ގްރީންލޭންޑުގައި ހުރި ހަމައެކަނި މުސްލިމް ޒުވާނާއަށް 21 ގަޑިއިރު ރޯދަ ހިފަން ޖެހިފައިވޭ.

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ފާއިތުވި ރަމަޟާން މަހު ލެބަނަންގެ ޒުވާނަކު ގްރީންލޭންޑުގައި 21 ގަޑިއިރު ރޯދަ ހިފަންޖެފައިވެއެވެ. އާބާދީގައި 56،615 މީހުން އުޅޭ މިޤައުމުގައި ވަސަމް އަޒަޤީ އަކީ ހަމަ އެކެނި ހުރި މުސްލިމް ކަމަށް އޭނާ ކިޔާދިނެވެ.

ފާއިތުވީ ރަމަޟާން މަސް ގްރީންލޭންޑްއާއި ކުރިމަތިލީ ހޫނު މޫސުމުގައެވެ. ވަސަމްއަށް ރޯދައަށް ހުންނަން 21 ގަޑިއިރުގެ ދިގު ވަގުތެއް ނެގި އިރު ރޯދަ ވިއްލުމާއި ހާރުކެއުމާއި އެދޭތެރާގައި ނަގަނީ 2 ގަޑި އިރުކަމުގައި ވަސަމް ބުނެފައިވެއެވެ. އަދި މި 2 ގަޑި އިރުތެރޭގައި އޭނާ މަޣްރިބް ނަމާދާއި އިޝާ ނަމާދު ވެސް ކޮށް ނިންމާ ކަމަށްވެއެވެ.

ކޮންމެ ދުވަހެއްގެ އިރު އަރައިގެން އިރު އޮއްސެން 21 ގަޑިއިރު ނަގާ އިރުވެސް ވަސަމް ރޯދައަށް ހުރީ ވަރަށް އުފަލާއި އައި ޝައުގުވެރިކަމުގައި ކަމަށް އޭނާ ހާމަކުރެއެވެ. ޑެންމާކްގެ ޕޮރޮވިންސައް ނިސްބަތްވާ ގްރީންލޭންޑުއަކީ ދުނިޔޭގެ އިރުމަތީ އެޓްލާންޓިކް އަދި އާރޓިކް ކަނޑުގެ ސަރަޙައްދުގައިވާ ޤައުމެކެވެ.

ޢަރަބި ޓީވީ ޗެނަލް ތަކުން ރިޕޯޓްކޮށްފައި ވާގޮތުން ވަސަމް އަޒަޤީ ގްރީންލޭންޑަށް ޙިޒުރަ ކުރިތާ މިހާރު އެތަށް އަހަރުތަކެއް ފާއިތުވެއްޖެއެވެ. އަދި މިކަމުގެ ސަބަބުން ޢަރަބި ޤައުމުތަކުގައި "ޢަރަބި ކްލަންބަސް" ގެ ނަމުން އޭނާ މަޝްހޫރު ވެފައިވެއެވެ. ޢަރަބިން ބުނާ ގޮތުގައި އޭނާއަކީ މިހާތަނަށް ފެނުނު އެންމެ ހިތްވަރު ގަދަ ޒުވާނާއެވެ. އެތަށް ދަތި އުދަގޫތަކެއް ތަޙައްމަލް ކުރަންޖެހޭ ދިގު ދަތުރުކޮށް ދިރިއުޅުން އާބަދު ކުރި މީހާއެވެ. ގްރީންލޭންޑުގެ ވެރިރަށް "ނަކު"ގައި ވަސަމްވަނީ މިހާރު ވިޔަފާރި ވެސް ފަށާފައެވެ. އޭނާގެ ރެސްޓޯރަންޓަށް ދުވާލަކު 200 އެއްހާ ކަސްޓަމަރުން ވަދެއެވެ.

ވަސަމް ބުނިގޮތުގައި މުސްލިމަކަށް ވީތީ އޭނަ ވަރަށް ފަޙްރުވެރިވެއެވެ. އޭނާއަކީ އެބިމުގައި ހުރި ރޯދަ ހިފާ އަދި ﷲ އަށް އަޅުކުރާ ހަމައެކަނި އިންސާނާއެވެ. ބައެއް ފަހަރު އޭނާ އުފަން ރަށް ލެބަނަން އަށް އެނބުރި ދިޔުމަށް ހިތަށް އަރަ ކަމުގައި  ވަސަމް ވަނީ މީޑިއާގައި ހާމަކޮށްފައެވެ. ނަމަވެސް އޭނާ ގޮސްފި ނަމަ ދެން އެބިމުގައި ﷲ އަށް އަޅުކަން ކުރާނެ މީހަކު ނެތި ދާނެ ކަމުގެ ބިރުން ދާން ނުކެރެނީކަމުގައި  ވެސް އެނާ ހާމަކުރެއެވެ.

ޓެގް

ރޯދަ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.