ދިއިސްލާމް "މުސްލިމުން ބަނޑަށް މަރުވަނީ" ދަރުސް ރޭ ބާއްވައިފި.

"މުސްލިމުން ބަނޑަށް މަރުވަނީ" ދަރުސް ރޭ ބާއްވައިފި.

"މުސްލިމުން ބަނޑަށް މަރުވަނީ" ދަރުސް ރޭ ބާއްވައިފި.

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބަކުރު ރޭގެ ދަރުސް ދެއްވަނީ. ފޮޓޯ: މުހައްމަދު އާދަމް (އުޑޭ) / ދިއިސްލާމް

އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް އިން އިންތިޒާމުކުރި ދަރުސް "މުސްލިމުން ބަނޑަށް މަރުވަނީ" ރޭ ބާއްވައިފިއެވެ.

މި ދަރުސް  ބާއްވާފައިވަނީ ރޭ އާޓިފިޝަލް ބީޗް ސަރަޙައްދުގައެވެމިދަރުސްގައި ވާހަކަފުޅު ދައްކަވާފައިވަނީ ޝައިޚް އަބޫބަކުރު އިބްރާހިމް އާއި ޝައިޚް އިބްރާހިމް ފަރީދުއެވެ.

ދެ ބޭފުޅުންގެ ވާހަކައިގާވެސް މުސްލިމުންނަށް އެހީތެރިވުމުގެ މާތްކަމާއި އެކަމުން ލިބޭ ޘަވާބާއި ދަރުމައިގެ ވާހަކައަށް އަލި އަޅުވާ ލެއްވިއެވެ. އަދި މުސްލިމުންނަށް އެހީތެރިވުމުގެ މާތްކަމާއި މަތިވެރިކަން ޤުރުއާނާއި ޙަދީޘްގެ އަލީގައި ބަޔާން ކޮށްދެއްވިއެވެ. މި ދަރުސް ގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެމީހަކަށް ވީ ވަރަކުން އެހީތެރިވުމަށް ގޮވާލެއްވިއެވެ.

ދަރުސް ކުރިއަށް ދިޔަ ވަގުތު ސޯމާލިޔާ އަށް އެހީވުމަށް ފަންޑް ފޮށިތަކެއް ވަނީ ބެހެއްޓިފައެވެ. މި ދަރުސް އަޑުއެހުމަށް ގިނަ ޢަދަދެއްގެ ބޭފުޅުން ހާޒިރު ވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.