'އިސްލާމް ދީނާއިމެދު ކުރެވޭ ކުށްހީތައް' މިމަޢުލޫއަށް ދުނިޔޭގެ މަޝްހޫރު ދާޢީ އަދި އިސްލާމިކް ރިސަރޗްފައުންޑޭޝަންގެ ރައިސް ޑރ. ޒާކިރު ޢަބުދުލް ކަރީމްނައިކުގެ ދަރުސެއް މިރޭ، ކަޅުތުއްކަލާ ކޮށީގެ އިންވެންގެން އޮންނަ ސްޓޭޑިޔަމްގެ ކުޅޭ ސަރަހައްދުގައި އޮންނާނެކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކުރައްވައެވެ.
އިސްލާމިކް މިނިސްޓްރީގެ ޑިރެކްޓަރ ޖެނަރަލް އަޙްމަދުﷲ ޖަމީލް ދިއިސްލާމަށް މަޢުލޫމާތުދެއްވަމުން ވިދާޅުވީ މިދަރުސައްވާންޖެހޭ އެންމެހާ ތައްޔާރީތައް މިހާރުވަނީ ނިމިފައި ކަމަށެވެ. މިހާރު ކުރިއަށްދަނީ ހަމައެކަނި މިސަރަހައްދު އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ރީތިކޮށްލުމުގެ މަސައްކަތްކަމަށް އަޙްމަދުﷲ ވިދާޅުވިއެވެ.
އަޙްމަދުﷲ ވިދާޅުވީ މިދަރުސައް މާލޭ ކައިރީ ރަށްރަށް ކަމުގައިވާ ގުޅި، ހިންމަފުށި، ހުރާ، ގުރައިދޫ މިރަށްރަށުން މިދަރުސް އަޑުއެހުމަށްޓަކައި ދޯނިފަހަރުގައި، މީހުން މޭލެއަށް ޖަމާވަމުންދާކަމަށެވެ. އަދި ރާއްޖޭގެ ބޮޑެތި ރަށްރަށުގައި 15 ފޫޓު 15 ފޫޓްގެ ބެޑެތި ސުކުރީން ބޭނުންކޮށްގެން މިދަރުސް ބޭލުމަށްޓަކައި އިންތިޒާމްކުރަމުމުންދާކަމުގެ މަޢުލޫމާތު ލިބެމުންދާކަމަށެވެ.
އަޙްމަދުﷲ އިތުރަށް ވިދާޅުވީ މިރޭގެ ދަރުސްގެ ފުރަތަމަ ލެކްޗަރ އަކަށް އޮންނާނީ ޑރ. ޒާކިރު ނައިކްގެ ފިރިހެން ދަރިކަލުން ފާރިޤް ނައިކްގެ ލެކްޗަރއެއްކަމަށެވެ. އަދި އެއަށްފަހު ޑރ ޒާކިރު ނައިކްގެ ލެކްޗަރ ނިމުމުން، ވަޑައިގެންތިއްބެވި ބޭފުޅުން ކުރައްވާ ސުވާލުތަކަށް ޑރ. ޒާކރުނައިކު ޖަވާބު ދެއްވާނެކަމަށެވެ. މިދަރުސް އަޑުއެއްސެވުމަށްޓަކައި 000 20 ހާ މީހުން ވަޑައިގަންނަވާނެކަމަށް އުއްމީދުކުރައްވާކަމަށް އަޚްމަދުﷲ ވިދާޅުވިއެވެ.
މިއިވެންޓާއި ބެހޭގޮތުން މަޢުލޫމާތުދެއްވަމުން އަޙްމަދުﷲ ވިދާޅުވީ މިދަރުސް ކުރިއަށްދާ ވަގުތު އެހީތެރިވދިނުމަށްޓަކައި ކޭޑޭޓުންނާއި ސްކައުޓުން އަދި އަންހެން ބޭފުޅުންނަށް އެހީތެރިވެ ދިނުމަށްޓަކައި ގާރލް ގައިޑްގެ ބޭފުޅުން ޚަރަކާތްތެރިވާނެކަމަށް އަޙްމަދުﷲ ވިދާޅުވިއެވެ.
މިއަދު 10 ޖެހިއިރު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައިވަނީ ސުވާލާއި ޖަވާބުބުރެއް ކުރިއަށް ގެންގޮސްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...