ދިއިސްލާމް ޕާކިސްތާނުން އެމެރިކާ އަށް އިންޒާރެއް ދީފި

ޕާކިސްތާނުން އެމެރިކާ އަށް އިންޒާރެއް ދީފި

ޕާކިސްތާނުން އެމެރިކާ އަށް އިންޒާރެއް ދީފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އަފްޣާނިސްތާނުގެ ހަނގުރާމަވެރި ޖަމާޢަތެއްކަމަށްވާ ޙައްޤާނީ ވިއުގަރ އަށް ޕާކިސްތާނުން އެހީވާކަމަށް ބުނެ އެމެރިކާއިން ކުރަމުން އަންނަ ތުހުމަތާއި ގުޅިގެން، އެމެރިކާ އާއި އެކު ބާއްވަމުން އަންނަ ސްޓްރެޓީޖިކް ޢަސްކަރީ ގުޅުންތައް ކަނޑާލާނެ ކަމުގެ އިންޒާރު ޕާކިސްތާނުން ދީފިއެވެ.

ޕާކިސްތާނުގެ ޚާރިޖީ ވަޒީރާ ހީނާ ރައްބާނީ އެމެރިކާގެ މިތުހުމަތުތަކުގެ ސަބަބުން ކޯފާވެ ވަޑައިގެން ދެއްވި ބަޔާނެއްގައި، ޕާކިސްތާނާއި މެދު ދޮގު ތުހުމަތުތައްކޮށް ޕާކިސްތާނުގެ އަގު ވައްޓާލަން އެމެރިކާ މަސައްކަތްކުރާ ނަމަ، ޓެރަރިޒަމާއި ދެކޮޅު ހަނގުރާމައިގައި އެމެރިކާ އަށް އެއްބާރުލުން ދިނުން ހުއްޓާލާނެ ކަމުގެ އިންޒާރު ދެއްވިއެވެ.

އިއްޔެގެ ވަގުތެއްގައި އަލްޖަޒީރާއާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ހީނާ ރައްބާނީ ވަނީ މިފަދަ ތުހުމަތުތައް އެމެރިކާގެ އެކިއެކި ސަލާމަތީ އިދާރާތަކާ ކުރެވޭނެ ދޮރު މާބޮޑަށް ހުޅުވިފައި ވާކަމަށާއި މަޢުލޫމާތު ހޯދުމުގެ ނަމުގައި އެމެރިކާއިން ސީދާ ޓެރަރިސްޓުންނާ ގުޅުން ހިންގަމުން ދާކަން ޕާކިސްތާކިސްތާނަށް އެނގޭކަމަށެވެ.

ޓެރަރިޒަމާއި ދެކޮޅު ހަނގުރާމައިގައި ޕާކިސްތާނާއި ވަކިވާން ޖެހުމަކީ އެމެރިކާއަށް ބޮޑު ގެއްލުމަކަށް ވާނެކަމަށާއި، އިޤްތިޞާދީ އަދި ޢަސްކަރީ ގޮތުން ވެސް އެމެރިކާއަށް ބަރޯސާވެގެން އުޅެން ޕާކިސްތާނަށް ނުޖެހޭނެކަމުގައި ހީނާ ވިދާޅުވެފައިވެއެވެ. މިމައްސަލައިގައި އެމެރިކާއަށް އިންޒާރުގެ ސިޓީއެއް ފޮނުވާފައިވާނެ ކަމުގައި ހީނާގެ ބަޔާނުގައި އިތުރަށް ފާހަގަކުރައްވާފައިވެއެވެ.

ޙައްޤާނީ ވިއުގާއަށް ޕާކިސްތާނުން ޢަސްކަރީ އަދި ޖާސޫސީ އެހީތެރިކަން ފޯރުވާކަމުގައި އެމެރިކާގެ ބައެއް މަސްއޫލުވެރިން ވާހަކަދައްކަވަމުންގެންދަވާ މިދަނޑިވަޅުގައި، މިތުހުމަތު އެންމެ ފަހުން ކުރެއްވި އެމެރިކާގެ ގުޅިފައިވާ ސިފައިންގެ އިސް ކޮމާންޑަރ މައިކް މުލެން ވަނީ، ޙައްޤާނީ ވިއުގާގެ ހަނގުރާމަވެރިން ޕާކިސްތާނުގެ ހުޅަނގު އުތުރުގައި ތިބޭކަމަށްބުނެ، ޕާކިސްތާނަށް ހަމަލަދޭން ޖެހިދާނެކަމުގެ އިންޒާރުދެއްވާފައެވެ.

ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ ޖެނެރަލް އަޝްފާޤު ކިޔާނީ ވަނީ އެމެރިކާގެ ތުހުމަތަށް އިންކާރުކުރައްވާފައެވެ. އަދި ޕާކިސްތާނުގެ ހުއްދަ އަކާއި ނުލާ ޕާކިސްތާނުގެ ބިމަށް އެއްވެސް ހަމަލާއެއްދީފިނަމަ ނަތީޖާ ރަނގަޅުނުވާނެކަމުގައި ބުނެ،ޕާކިސްތާނުގެ ދާޚިލީ ވަޒީރު މާލިކް ރަޙްމާނީ ވަނީ އެމެރިކާއަށް އިންޒާރު ދެއްވާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.