ޢަދާލަތު ޕާޓީގެ ފަރާތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ދަޢުވަތަކަށް ރާއްޖެ ވަޑައިގެން އުޅުއްވާ އިސްލާމިކް ރިސަރޗް ފައުންޑޭޝަންގެ ރައިސް ޑރ. ޒާކިރު އަބުދުލް ކަރީމް ނައިކާއި ބައްދަލުކުރައްވައިފިއެވެ.
މިބައްދަލުވުން އޮތީ އިސްލާމީ މަރުކަޒުގެ މީޓިން ރޫމުގައެވެ. މިބައްދަލުވުމުގައި ޢަދާލަތު ޕާޓީގެ ފަރާތުން ޕާޓީގެ ރައިސް އައްޝައިޚް ޙުސައިން ރަޝީދު އަޙްމަދާއި، ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައިސް އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަޒް ޑރ އަބުދުލް މަޖީދު ޢަބުދުލް ބާރީއާއި، ޕާޓީގެ އިސްތަރުޖަމާން އަދި މިނިސްޓްރީ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއަރޒް އަައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއާއި ޢިލްމްވެރިންގެ މަޖިލީހުގެ މެންބަރ ޑރ. މުޙައްމަދު ޢިޔާޛް ޢަބުދުއް ލަޠީފްއާއި، ޕާޓީގެ ރަޖިސްޓަރ ޑރ މުޙައްމަދު މުޢީޒުއާއި، އަދި ޕާޓީގެ މަޝްވަރާ މަޖިލީހުގެ މެންބަރުންކަމުގައިވާ ނުޢުމާން ސަޢީދުއާއި، އިކްރާމް ޢަބުދު ސައްތާރާއި، އަދި ޢަލީ ނަސީމް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިބައްދަލުވުމުގައި ޢަދާލަތު ޕާޓީއާއި، އިސްލާމިކް ރިސަރޗް ފައުންޑޭޝަން އާއި ގުޅުންބަދަހި ކުރެވިދާނެ ދާއިރާތަކާއި ބެހޭގޮތުން މަޝްވަރާ ކުރެވުނެވެ. މިބައްދަލުވުމުގައި ޑރ. ޒާކިރު ނައިކްގެ ދަރިކަލުން ފާރިޤް ނައިކާއި އައި.އާރް.އެފްގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...