އަރަބިދުނިޔެދިއިސްލާމް

ފަލަސްތީނަކީ އަޅުގަނޑުމެން ފަދަ މުސްލިމު އަޚުންނާއި އުޚްތުން ތަކެއް!

ފަލަސްތީނަކީ އަޅުގަނޑުމެން ފަދަ މުސްލިމު އަޚުންނާއި އުޚްތުން ތަކެއް އެ ބިމަކަށްޓަކައި ފިދާވަމުންދާ އަޅުގަނޑުމެން މުސްލިމުންގެ މުޤައްދަސް ބިމެކެވެ. އެ ބިމަށް ވެރިވެ ގަންނަން މަސައްކަތް ކުރަމުން ގެންދާ ޔަހޫދީން ނަކީ އިތުރު ތަޢާރަފަކަށް ބޭނުން ނުވާ ނުބައި ނުލަފާ އަނިޔާވެރި އިސްރާއީލޭ މިކިޔޭ މީހުންނެވެ. އެއްވެސް ޖެހިލުމެއް ނެތި ކުދި ކުދި މަޢުސޫމް ކުދިންނާ ދެކޮޅައްވެސް ބަރު ހަތިޔާރު ބޭނުން ކުރުމަކީ މިބައިމީހުންގެ "ހޮބީ" އެވެ. މަދިރިއެއް މަރާލުން ފަދަ އާދައިގެ ކަމެކެވެ. ރަސޫބޭކަލުންނާއި ނަބީ ބޭކަލުން ޤަތުލު ކުރުމަށް ފަސްނުޖެހުނު ބަޔަކުގެ ހިތުގައި އިންނާނީ ކޮން ރަޙުމެއް ހެއްޔެވެ؟ ދަންނަވަންތޯއެވެ، މިބައިމީހުންގެ މީހަކު މަރުވެއްޖެ ނަމަ އެއީ މުޅި ދުނިޔެވެސް އެކަމާ ކަންބޮޑުވުން ފާޅުކޮށް ބަޔާން ތަކާއި ޤަރާރުތަށް ހުށަހަޅަން ޖެހޭވަރުގެ ބޮޑުކަމެކެވެ. އެމެރިކާއިންވެސް އެ ޤައުމަކާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އޮންނާނީ އަޅަން ތައްޔާރަށެވެ. ނޭޓޯގެ ވަފުދު އޮންނާނީ "ސްޓޭންޑް ބައި" ގައެވެ.

އދ އައްވެސް އަދި އެހެނިހެން ޖަމާޢަތް ތަކަށްވެސް މި ނުބައި ނުލަފާ ޔަހޫދީން ހުއްޓުވުމަކީ ނުކުރެވޭ ކަމެކެވެ. އެބައިމީހުން ހުއްޓުވުމައްޓަކައި ނޭޓޯ ގެ ލަސްކަރުތަކެށްވެސް ފޮނުވާކަށް ނުޖެހެޔެވެ. ކޮބައިތޯ އިންސާނީ ޙައްޤުތަކޭ ކިޔައިން ވާހަކަ ދައްކާ ޖަމާއަތްތައް؟ މިއީތޯ އިންސާނީ ޙައްޤަކީ؟ ފަލަސްތިނުގެ ނިކަމެތި ރައްޔިތުންނަކީ އިންސަނުންނެށް ނޫންތޯ؟

މަޝްވަރާއަކީވެސް އެބައިމީހުން ބޭނުންވުމުން ފަށައި، އަދި ބޭނުންވުމުން ހުއްޓާލާ އެއްޗެކެވެ. ވާނީވެސް އެހެންނެވެ. މިއީ ޤާނޫނުތަކަށްވުރެވެސް މަތީގަ ތިބޭބައެކެވެ. ޤަވާޢިދު ތަކަކީ މިބައިމީހުންގެ ހިތު ހުރިހާ ގޮތައް ކަންތައްކުރަން އޮންނަ "ބޮލިރަވަ" އެކެވެ. 60 އަހަރުވަންދެން މަޝްވަރާ ކުރެވިއްޖެ ނޫންތޯއެވެ؟ 690 އަށް ވުރެށް ގިނަ ޤަރާރުތައް އދ އިން ނެރެވިއްޖެ ނޫންތޯ؟ ދެންވެސް ހަމަވީ މަޝްވަރާ ކުރަންތޯއެވެ؟ މަޝްވަރާކުރަން އަދި ފަލަސްތީނުގެ ރައްޔިތުންގެ ކިތައް ފުރާނަ ބޭނުންވާނެބާއެވެ. އެހެނީ ކޮންމެ ދުވަހަކު އެތައް ސަތޭކަ ރައްޔިތުން ކަތިލެވެމުންދާއިރު މިހާތަނަށް ކިތައް ހާސް މީހުން މި ދުނިޔެ ދޫކޮއްފައިވާނެބާއެވެ. އަބައިމީހުން ހަމަ ތިބީ މަޝްވަރާ ކުރާށެވެ. އެއްކޮޅުން މަޝްވަރާއެވެ. އަނެއްކޮޅުން ހަންފަތުރަނީއެވެ. މިއީ މިބައިހުން ބުނާ ހަމަހަމަ ކަމެވެ. އަޅުގަނޑުމެނަށް ދަސްކޮއްދޭން ބޭނުންވާ އަޚްލާޤަކީވެސް މިއެވެ.

އޭ މުސްލިމު އަޚުންނާއި އުޚްތުންނޭވެ! އަދިވެސް ޢާފިލުކަމުގެ ނިދިން ހޭލާކަށް ނުވޭތޯއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ބަސްފުޅު ހަނދާން ނެތުނީތޯއެވެ. މުސްލިމުންނަކީ އެއް ހަށިގަނޑެއްގެ މިސާލެވެ. ތިބާގެ ދަރިން ތިބާ ކުރިމަތީ ކަތިލެވޭތަން ދުށުމަށް ތިބާއަށް ކެއްވާނެތޯއެވެ. ތިބާގެ އުޚްތުންގެ ޢިއްފަތްތެރިކަން ފޭރިގަނެވޭތަން ބަލަން ތިބާއަށް ކެއްވާނެތޯއެވެ. ތިބާގެ އަޚާގެ އަތްފައި ބުރިކުރާތަން ބަލަން ތިބާ ހަމަ ހުންނާނީތޯއެވެ؟ ހަޤީގަތާއި ކުރިމަތި ލައްވާށެވެ. މިއީ ފަލަސްތިނުގައި ކޮންމެ ދުވަހަކު ތަކުރާރުވަމުންދާ ކަންކަމެވެ.

މިހާރު ހޭ އަރަންވެއްޖެއެވެ. އަޅުގަނޑުމެން އެބައިމީހުންގެ އާދޭސްތައް އަޑުއަހަމާ ހިންގަވާށެވެ. އެބައި މީހުންނަކީ އަނިޔާ ލިބެމުންދާ ނިކަމެތި މުސްލިމުން ތަކެކެވެ. އެބައިމީހުންނައްޓަކައި ދެއަތް އުފުލައި ދުޢާ ކުރަމާ ހިންގަވާ. ﷲ ވަޢުދުވޮޑިގެންވާފައި ވާ ފަދައިން އެދެފިނަމަ ދެއްވާނެއެވެ. އަޅުގަނޑުމެންގެ ހެޔޮ ދުޢާ އަށް އެބައިމީހުން އެވަނީ ނުހަނު ބޮޑަށް ބޭނުން ވެފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *