ދިއިސްލާމް ސަގާފީ މިއުޒިކު ކުޅޭބަޔަކު ގޮވައިގެންދިޔަ ފެރީއެއް އަޑިއަށްގޮސް 11 މީހުންމަރުވެ 14 މީހަކު ގެއްލިއްޖެ.

ސަގާފީ މިއުޒިކު ކުޅޭބަޔަކު ގޮވައިގެންދިޔަ ފެރީއެއް އަޑިއަށްގޮސް 11 މީހުންމަރުވެ 14 މީހަކު ގެއްލިއްޖެ.

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިންޑޮނޭސިޔާގައި ސަގާފީ މިއުޒިކުކުޅޭ ބަޔަކު ގޮވައިގެންދިޔަ ފެރީއެއް އަޑިއަށްގޮސް 11 މީހުން މަރުވެ 14 މީހުން ވީނުވީއެއް ނޭންގި ގެއްލިއްޖެއެވެ.

ދެދުވަސްކުރިން މިހާދިސާ ހިންގާފައިވަނީ ދަންވަރުގެ ވަގުތެއްގައި އިންޑޮނޭސިޔާގެ ބާލީގައި ހިންގާ ރިސޯޓަކަށް ސަގާފީ މިއުޒިކުކުޅޭ ބަޔަކު ގޮވައިގެން ދިޔަ މަގުމަތީ ގައެވެ. ސީޕޯޓުން ނައްޓާލިތާ އެއްމޭލު ދުރަށް ދެވުނު ފަހުން ކަނޑުގަދަވެ މޫސުންގޯސްވެ ބޮޑެތިރާޅުތަކާއި ޖެހި ބޯޓު ހަލާކުވެފައި ވާކަމަށް މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ހާމަކުރެއެވެ.

މީހުން ސަލާމްތަކުރުމަށްޓަކައި ހެލިކޮޕްޓަރުގެ އިތުރުން ބޯއްޓުފަހަރުވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. މިކާދިސާގައި ސަލާމަތްވެފައިވަނީ 11 މީހުންނެވެ. ބޯޓުން ދަތުރުކުރިކަމަށް ވަނީ ފަޅުވެރިންނާއިއެކު 36 މީހުންނެވެ. އާންމުކޮން މިދަތުރުގައި ހޭދަވަނީ ގާތްކަނޑަކަށް 30 މިނެޓު ކަމަށް ހަބަރު ލިބެއެވެ.

 ބާލީގެ ސާރޗް އެންޑް ރެސްކިއު އެޖެންސީއިން އޭއެފްޕީއަށް ދީފައިވާ ބަސްދީގަތުމެއްގައި ވާގޮތުން މިހާރު މިކާދިސާ ހިންގިތާ ދެދުވަސް ވަރު ވެއްޖެކަމަށާއި ދިރިހުއްޓައި އިތުރު މީހަކު ސަލާމަތް ކުރުމަކީ ވަރަށް ނާދިރުކަމެއްކަމަށާއި މިއީ އާދަޔާ ހިލާފުކަމެއް ކަމުގައި އެފަރާތުން ހާމަކުރިއެވެ.

އިންޑޮނޭސިޔާ އަކީ 17،000 ކުދި ރައްތަށް ހިމެނޭ ގައުމެކެވެ. މިސަރަހައްދު ތަކުގައި މިފަދަ ކާރިސާތަށް ހިގުމަކީ ވަރަށް އާންމުކަމެކެވެ. މިދިޔައަހަރުގެ ޖެނުވަރީގައި ގިނައަދަދަކަށް މީހުން އަރުވައިގެން ދިޔަފެރީއެއް ބަންޑުންޖަހާލުމުގެ ސަބަބުން 335 މީހަކު ވަނީ މަރުވެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.