ދިއިސްލާމް އަފްޣާނިސްތާނުގެ ކުރީގެ ރައީސް ބުރުހާނުދީން ރައްބާނީ މަރާލައިފި

އަފްޣާނިސްތާނުގެ ކުރީގެ ރައީސް ބުރުހާނުދީން ރައްބާނީ މަރާލައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އަފްގާނިސްތާނުގެ ކުރީގެ ރައީސް ބުރުހާނުއްދީން ރައްބާނީ. ފޮޓޯ: އަފްގާން ނިވްސް

ކާބުލް : އަފްޣާނިސްތާނުގެ ކުރީގެ ރައީސް ބުރުހާނުދީން ރައްބާނީ މަރާލައިފިއެވެ. ބުރުހާނުދީން ރައްބާނީ މަރާލެފިފައި ވަނީ އޭނާގެ ގޭގައި އިންދާ ޖާނުން ފިދާވެގެން ދެވުނު ބޮމުގެ ޙަމަލާ އަކުންނެވެ.

އަފްޣާގައި އެތަށް ޤަތުލް އާއްމުތަކެއް ހިގާ މިދަޑިވަޅުގައި އޭނާ މަރާލެވިފައި ވަނީ މިހާރުގެ ސަރުކާރު އާއި ޡާލިބާން އާއި އެކު މަޝްވަރާ ބައްދަލުވުންތަކެއް ބާންވަން ނިމައިފައިވަނި ކޮށެވެ. މިކަމާ ގުޅޭ ގޮތުން މިހާރުގެ ރައީސް ހާމިދް ކަރުޒާއީ ނިއުޔޯކުގައި ހުންނަވައިގެން ވިދާޅުވެފައި ވަނީ " އޭނާ މަރާލުމަކުން އަފްޣާންގެ ސަރުކާރުން ކުރިއަށް ރަވާފައިވާ އެއްވެސް ކަމަކަށް ހުއްޓުމެއް ނާންނާނެކަމަށެވެ."

ރައްބާނީ އަކީ ވެތުވެދިޔަ އަހަރުގައި ސަރުކާރުގެ ފަރާތުން ޡާލިބާނު ހަނގުރާމަވެރިންނާއި މަޝްވަރާ ބައްދަލު ވުމަކަށް ދާން އެންމެ ބޮޑަށް މަސައްކަތް ކުރާ އެކަކެވެ. އޭނަ މަރާއި ގުޅިގެން ބައެއް އަފްޣާންގެ އާއްމުން ދެކޭ ގޮތުގައި ދެން އެކަން ވެސް އެ ހުއްޓުނީކަމުގައެވެ.

ރައްބާނީގެ މަރާ ގުޅިގެން ތަޙްޤީގު ކުރާ ފުލުހުންގެ މީހެއްކަމުގައި ވާ މުޙައްމަދު ޒަހެރު ހާމަ ކުރި ގޮތުގައި އޭނާ މަރާ ލުމަށް ޓަކައި އޭނާގެ ގެޔަށް މީހަކު ޒިޔާރަށް ކުރިއެވެ. ޒިޔާރަށް ކުރި މީހާގެ ބޮލުގައި އަޅާފައި ވާ ފޮށާގެ އެތެރޭގައި ވަނީ ބޮން އަރުކޮށް ފޮރުވާފަ ކަމަށް ފުލުހުން ޙަބަރުދެއެވެ. މިހަމަލާގައި މަރުވި މީހުންގެ ތެރޭގައި ރައްބާނީގެ އިތުރުން މަޝަވަރާ ކުރުމަށް ހޮވާފައި ވަ ކޮމެޓީގެ އެއް މެމްބަރަކާއި އަދި ރައްބާނީ ބޮޑީގާޑު ވެސް ހިމެނެއެވެ.

ރައްބާނީ މަރާލުމުގެ ކުޑައިރުކޮޅެއް ކުރިން ރައީސް ހާމިދު ކަރުޒާއި ވަނީ އެމެރިކާގެ ރައީސް ބަރަކް އޮބާމާޔާއި ބައްދަލު ކުރައްވާފައެވެ. ރައީސް ހާމިދު ކަރުޒާއި ހުންނެވީ މިފަހަރު އ،ދ ގެ ރަސްމީ ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށްޓަކައި އެމެރިކާގައެވެ. އަދި މިއީ މިދެރައީސުން ބައްދުލުވި ފުރަތަމަ ފަހަރުކަމަށް ވެސް ޙަބަރުތަށް ބުނެއެވެ. މިބައްދަލުވުމުގައި އޮބާމާވަނީ އަފްޣާނަށް ފޮނުވަފައި ވާ އެމެރިކާގެ ސިފައިން އަންނަ އަހަރު ތެރޭގައި މަދު ކުރާނެކަމަށް ބުނެފައެވެ.

ރައްބާނީ ވަނީ 1990ގެ އަހަރު ތަކުގެ ތެރޭގައި އަފްޣާނިސްތަނުގައި ވެރިކަން ކޮށްފައެވެ. އަދި ޡާލިބާން ވެރިކަން ކުރި އިރުވެސް އޭނާއަކީ ސަރުކާރުގެ ބޮޑުންގެ ތެރޭގައި ހިނޭ މީހެކެވެ. މިދިޔަ ޖުލައި މަހުގެ ތެރޭގައި ވަނީ ކަރިޒާއިގެ ކޮއްކޮ އާއި ކަރުޒާއީގެ ޙާއްސަ އެހީތެރިޔަކު ވެސް މަރާލެވިފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.