އޭޝިއާދިއިސްލާމްދުނިޔެ

މޫނުބުރުގާ އަޅައިގެން ސްކޫލްތަކަށް ނުދެވޭތީ ކުރުގިސްތާނުގެ ރައްޔިތުން ތަކެއް މުޒާހަރާކޮށްފި

ކުރުގިސްތާނުގެ ސްކޫލުތަކުގައި އަންހެން ދަރިވަރުންނަށް މޫނުބުރުގާ އަޅައިގެން ކިޔަވަން ނުދެވޭތީ އެކަމާ ހިތްހަމަ ނުޖެހިގެން ގިނަ އަދަދެއްގެ ރައްޔިތުންތަކެއް ނިކުމެ އެޑިއުކޭޝަން މިނިސްޓްރީ ކުރިމަތީގައި މުޒާހަރާކޮށްފިއެވެ.

މުޒާހަރާގައި އިސްކޮށް ހަރާކާތްތެރިވި މީހުންނާއި އެކު އެޑިއުކޭޝަން މިނިސްޓަރު ވަނީ ފަހުން ބައްދަލު ކުރައްވައި ވާހަކަތައް ބަދަލު ކުރައްވާފައެވެ. އެހެން ނަމަވެސް ވާހަކަ ތަކުގެ ނަތީޖާ އާއްމުންނާއި އަދި ހިއްސާކުރައްވާފައެއް ނުވެއެވެ.

މި މުޒާހަރާ އިންތިޒާމް ކުރި ފަރާތުން ވަނީ މައްސަލައަށް ހައްލެއް ނުގެނެވޭ ނަމަ މިމަހުގެ 23 ވާ ހުކުރު ދުވަހު އަނެއްކާވެސް ކުރުގިސްތާނުގެ އެކި ހިސާބުތަކުގައި މުޒާހަރާ ކުރާނެ ކަމަށް ބުނެފައެވެ.

ކުރުގިސްތާނު މުސްލިމް އަންހެނުންގެ ހައްޤުތައް ހިމާޔަތް ކުރާ ޖަމްޢިއްޔާގެ ފަރާތުން ވަނީ އެ ޖަމްޢިއްޔާގެ ލީޑަރ ޖަމާލް ފްރޮންޓްބެކް ކީޒީ އާއި މި ސެޕްޓެމްބަރ 13 ގައި ބައްދަލުކޮށް މޫނުބުރުގާ އަޅާ އަންހެން ކުދިންނާއި މެދު އޮންނަ ތަފާތު ކުރުންތަކާއި ބެހޭ ގޮތުން މަޝްވަރާކޮށްފައެވެ.

އެ ޖަމްޢިއްޔާގެ ލީޑަރު ފްރޮންޓްބެކް ކީޒީ ވިދާޅުވީ ސްކޫލުތަކުގައި އާ އަހަރުގެ ކިޔެވުން ސެޕްޓެމްބަރ 1 ގައި ފެށުނު އިރު މޫނުބުރުގާ އަޅައިގެން ދިޔަ އަންހެންކުދިންނަށް އެ ކުދިންގެ މޫނުބުރުގާ ނެގުމަށް އަންގައި މޫނުބުރުގާ ނުނެގި ކުދިން ގެއަށް ފޮނުވާލާފައިވާ ކަމަށެވެ.

ކުރުގިސްތާނުގެ ސެކަންޑްރީ ސްކޫލުތަކުގައި މޫނުބުރުގާ އެޅުން މަނާކުރާ ޤާނޫނެއް ނެތް ކަމުގައިވިޔަސް ސްކޫލް ތަކުގެ ޔުނިފޯމް ގައި މޫނުބުރުގާ ހިމެނިފައި ނުވާ ކަމަށް އެޑިއުކޭޝަން އެންޑް ސައިންސް މިނިސްޓްރީގެ އޮފިޝަލުން ހާމަކުރައްވައެވެ.

ގުޅުންހުރި

1 ޚިޔާލު

  1. ކުއްލިޔާގައި މޫނުބުރުގާ މަނާކުރި ވާހަކަ އެއީ ކިހާވަރެއްގެ ހަޤީގަތެއް އެކުލެވޭ ވާހަކައެއްތޯ؟ މިސްވާލު މިކޮށްލީ އިއްޔެ ކުއްލިޙަބަރެގެ ގޮތުގައި އޮންލައިން ނޫހެއްގައި އެ ވާހަކަ ގެނަސްފައި ވާތީ. އެވެރިންނަށް އިތުބާރު ނުކުރެވޭތީ.

Your email address will not be published. Required fields are marked *

More in އޭޝިއާ