ރާއްޖޭގެ ޚަބަރު އީ.ޑީ.ސީގެ ފާރާތުން އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމްގައި ޖަލްސާއެއް ބާއްވައިފި

އީ.ޑީ.ސީގެ ފާރާތުން އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމްގައި ޖަލްސާއެއް ބާއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ހަބީބު

ދިވެހި ރާއްޖޭގެ ތަޢުލީމް ކުރިއަރުވާ މަރުކަޒުގެ، ތަޢުލީމީ މުގައްރަރު ކަނޑައެޅުމާއި ބެހޭގޮތުން، ޢާއްމުންނަށް މަޢުލޫމާތު ދިނުމަށާއި ޢާއްމުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާމާލަމްގައި ޖަލްސާއެއްބާއްވައިފިއެވެ.

މިބައްދައްވުމުގައި އީ.ޑީ.ސީގެ އިސްވެރިންނާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެން ކަރިކިއުލަމްއާއި ބެހޭގޮތުން މަޢުލޫމާތު ދެއްވިއެވެ. އަދި ޢާއްމުންގެ ފަރާތުން ކުރިމަތި ކުރެއްވި ބައެއް ސުވާލުތަކަށް ޖަވާބުދެއްވިއެވެ.

ނަމަވެސް މިކަމާއި ގުޅިގެން ޢާއްމުން ކުރި ގިނަ ސުވާލުތަކަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ޖަވާބުދެއްވުމަށް އުޒުރުވެރިވެ ވަޑައިގަތްކަން ރޭގެ ބައްދަލުވުމުގައި ފާހަނގަކުރެވުނެވެ. މިބައްދަލުވުމުގައި ޢާއްމުގެ ފަރާތުން ރާއްޖޭގެ ދީނީ ދަޢުވަތުގެ މައިދާނުގައި ޚަރަކާތްތެރިވާ ދީނީ ޢީލްމުވެރިން ބައިވެރިވެ ވަޑައިގަންނަވާ، ސުވާލުތައް ކުރެއްވިއެވެ. ނަމަވެސް މިކުރެއްވި ސުވާލުތަކަށް އެޑިޔުކޭޝަން މިނިސްޓްރީން ޖަވާބު ނުދެއްވާކަން ފާހަނގަކުރެވުނެވެ.

ބައްދަލުވުން ނިންމަވާލެއްވުމަށްފަހު، ޢާއްމުންގެ ފަރާތުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ޑރ. މުސްޠަފާ ލުޠުފީ ވިދާޅުވީ، އިސްލާމާއި ދިވެހި މަޖުބޫރު މާއްދާއެއްގެ ގޮތުގައި ބާއްވާނެކަމުގެ ޔަޤީންކަން މީޑިޔާ މެދުވެރިކޮށް ދެއްވާނެކަމަށެވެ. ނަމަވެސް މިއަދު ބޭއްވި ނޫސްކޮންފަރެންސްގައިވެސް މިކަމުގެ ޔަޤީންކަން ނުދެއްވާކަން ފާހަނގަ ކުރެވުނެެވެ.

ޓެގް

ދީން ސަރުކާރު ދިވެހިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.