ޕާކިސްތާނުގެ ހުޅަނގު ސަރަހައްދުގައި ވާ އަވަށްތަކަށް މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 270 މީހުން މަރުވެ، 604 މީހުންނަށް އަނިޔާވެ، ހަ މިލިއަނާއި ގާތްކުރާ ޢަދަދެއްގެ މީހުން ހާލުގައި ޖެހިއްޖެއެވެ.
ރަސްމީ ޚަބަރުފަތުރާ ވަޞީލަތްތަކުން ހާމަކޮށްފައިވާ ގޮތުގައި 5.8 މިލައަން މީހުންގެ ދިރިއުޅުން އެހެން ތަންތަނަށް ބަދަލުކުރެވިފައިވާ ކަމަށާއި 1.2 މިލިއަން ގެދޮރު ހަލާކުވެފައިވާ ކަމަށެވެ. 31,000 ވިލެޖަށް ވަނީ ގެއްލުން ވެފައެވެ. 5.3 މިލިއަން އޭކަރުގެ ބިން ވަނީ ހަލާކުވެފައެވެ. 425,000 މީހުންނަށް ވަޤުތީ ކޭމްޕްތަކުން ޖާގަ ދެވިފައިވެއެވެ. ނަމަވެސް އެމީހުންނަށް އެވެސް ފަރާތަކުން އަދި އެއްވެސް ބާވަތެއްގެ އެހީ އެއް ލިބިފައި ނުވާކަމަށް އެމީހުން ބުނެއެވެ.
1.6 މިލިއަން ހެކްޓަރުގެ ސަރަޙައްދު ވަނީ ފެނުގެ އަޑީގައެވެ. މިހާތަނަށް އައިއިރު ކާނާ އާއި، ބޭހާ، ސާފު ބޯފެން ލިބޭނެ މަގު ޕާކިސްތާނުގެ ސަރުކާރުން އަދި ޔުނިސެފުން ވެސް ފަހި ކޮށްދީފައި ނުވާކަމަށް ޚަބަރު ލިބެއެވެ. ނަމަވެސް އެންމެ ފަހުން ޚަބަރު ލިބުނު ގޮތުގައި ޕާކިސްތާންގެ ޕްރައިމް މިނިސްޓަރ ޔޫސުފް ރާޒާ ގީލާނީ މިހާރު ދަނީ ހާލުގައި ޖެހިފައިވާ މީހުން ތިބި ސަރަޙައްދަށް ވަޑައިގަތުމުގެ ތައްޔާރުވަމުންނެވެ.
މިދިޔަ އަހަރު ވެސް ޕާކިސްތާނުގައި ވަނީ ފެން ބޮޑުވުމުގެ 21 މިލިޔަން މީހުން ހާލުގައި ޖެހިފައެވެ. މިއީ އެޤައުމުގެ ތާރީޙްގައި ވެސް ހިންގި އެންމެ ބޮޑު ހާދިސާއެވެ. އެފަހަރު ލިބުނުގެން ގެއްލުތައް އަދިވެސް ފޫނުބެދެއެވެ. އަދި ވެސް އެގެތެރެއިން އެތައް ހާސްބަޔަކު އުޅެމުން ދަނީ ވަޤުތީ ހިޔާ ތަކުގައެވެ.
















advertisment
ޚިޔާލު