ދިއިސްލާމް އެމެރިކާގެ އެފް.ބީ.އައި އިން ދެކޭގޮތުގައި އާއްމު ގިނަ މުސްލިމުންނަކީ ހައްދުފަހަނައަޅާފައިވާ ބައެއް.

އެމެރިކާގެ އެފް.ބީ.އައި އިން ދެކޭގޮތުގައި އާއްމު ގިނަ މުސްލިމުންނަކީ ހައްދުފަހަނައަޅާފައިވާ ބައެއް.

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޓެރަރިޒަމް އާއި ދެކޮޅަށް މަސައްކަތްކުރާ މީހުންނަށް ކިޔަވާދިނުމަށާއި ތަމްރީނު ކުރުމަށް އެފް.ބީ.އައި އިން ބޭނުންކުރާ ޓްރެއިނިންގ މެނުއަލްގައި ހިމަނައިގެން އެފް.ބީ.އައި އިން ކިޔަވާދެމުން ގެންދަނީ އާންމު ގިނަމުސްލިމުންނަކީ ނުރައްކާތެރި ހައްދުފަހަނަ އަޅާފައިވާ ބައެއްގެ ގޮތުގައެވެ. އަދި މީގެ އިތުރުން ގިނަ މުސްލިމުންނަކީ ޓެރަރިސްޓުންނާއި ހަމްދަރުދީ ވާ ބަޔެއް ކަމަށާއި އަދި މުސްލިމުން ދޭ ޞަދަގާތާއި ޒަކާތަކީ ހަނގުރާމަވެރިނަށް ފަންޑު ކުރުމަށް ދޭ ފައިސާ ކަމަށްވެސް މި ޓްރެއިނިންގ ގައި ކިޔަވާދެއެވެ.

އެމެރިކާގެ ވާރޖީނިއާގައި ހުންނަ އެފްބީއައިގެ ޓްރެނިންގ ސެންޓަރގައި ހިންގާ މި ޓްރެއިނިންގގައި، މުސްލިމެއްގެ ދީނީ އަޤީދާ ވަރުގަދަވާ ވަރަކަށް އޭނާގެ ނުރައްކާތެރިކަމާއި ހައްދުފަހަނަ އެޅުން އިރުތުވާކަމަށާއި އަދި މި މުސްލިމުން އަނބުރާލުމަކީ ނުވާނެ ކަމެއްކަމަށްވެސް ތަފާތު ޗާޓް ތައް ހަދައިގެން ދަނީ ކިޔަވާދެމުންނެވެ. އަދި ހަމަ މިއާއި އެކު ކާފަރުންނާއި އިދިކޮޅަށް ކުރެވޭ ކޮންމެ ހަނގުރާމައަކީ މުސްލިމުންގެ ޤާނޫނުގައި ޙައްޤު ކަމެއްކަމަށް ދެކޭދެކުމާއި އަދި ކީރިތި ޤުރުއާންއަކީ ބަދަލުނުކުރެވޭނެ އިލާޙީ ބަސްފުޅުކަމަށް ދެކޭހާ ދުވަހަކު (އެމީހުން ބޭނުންވާގޮތަށް) މުސްލިމުން "މޮޑަރޭޓް" ނުކުރެވޭނެކަމަށްވެސް އެފް.ބީ.އައި ގެ ޓްރެއިނިންގ މޮޑިއުލް ތަކުގައި ވެއެވެ.

އެފް.ބީ.އައި ގެ ޓްރެއިނިންގ ގައި މިގޮތުން ބޭނުންކުރާ ޕްރެޒެންޓޭޝަން ތަކުގެ ބައިބައި މި ލިޔުމުގައި ހިމަނާލަން ޤަޞްދުކޮށްފައިވެސް އެކަމުން ނުކުމެދާނެ ރަނގަޅާއި ގޯސް އަޅާކިޔާލުމަށްފަހު އެބައިތައް މި ލިޔުމުގައި ޤަޞްދުގައި ނުހިމެނީއެވެ. އެމެރިކާގައި އެތައް ބައިވަރު މުސްލިމުންނެއް ދިރިއުޅެމުންދާއިރު، މި ޕްރެޒެންޓޭޝަންތަކުގައި އެމެރިކާގެ މުސްލިމު ރައްޔިތުންގެ ދީނީ ޤަބޫލުކުންތަކާއި އަމަލުތައް އެއީ ޓެރަރިސްޓް ހަރަކާތްތަކެއްކަމަށް ލޭބަލްކޮށް ކިޔަވާދިނުމަކީ، ޑިމޮކްރެސީ ނަގާ ކޮޑަށްލައިގެން އޭތި ފަތުރަން ހޭބޯނާރާ މަސައްކަތްކުރާ އެމެރިކާގެ ޤާނޫނު އަސާސީން އެތާގެ ރައްޔިތުންނަށް ލިބިދޭ ހައްޤު ތަކާއި މުޅިން ދެކޮޅަށް ހިންގާ ނުބައި ޢަމަލެކެވެ.

އަދި ހަމަ މިއާއިއެކު ސުންނަތަށް ތަބާވާ މުސްލިމުންގެ އަމަލުތަކާއި ދީނީ އަޅުކަންތައް އެއީ ސިޔާސީ ހަމަނުޖެހުމާއި ޓެރަރިޒަމް އަށް މަގުފަހިކުރާކަމެއް ކަމަށް ދައްކަން ކުރާ މި މަސައްކަތުން ވަރަށް ސާފުކޮށް ބަޔާންކޮށްދެނީ އެމެރިކާ އިން އިސްލާމް ދީނަށް އޮންނަ ދެކޮޅުވެރިކަމެވެ.

ޓެރަރިޒަމް އާއި ދެކޮޅަށް މަސައްކަތްކުރުމުގެ ނަމުގައި އެމެރިކާގެ މުސްލިމުންނަށް ޓާގެޓް ކުރާ ކުރުމަށާއި އަދި އެމެރިކާގެ މިސްކިތްތަކަށާއި އަދި އިސްލާމިކް ސެންޓަރުތަކަށް އެފް. ބީ.އައި އިން ސިއްރިޔާތަގައި ފާރލަމުންދާކަމަށް ބުނެ އެމެރިކާގެ މުސްލިމް މަދަނި ޖަމްޢިއްޔާތަކުން އަޑުއުފުލަމުން ދާތާ މިހާރު އަހަރުތަކެއް ވެއްޖެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.