މިއަދުން ފެށިގެން ހަފްތާ ބަންދާ ދިމާކޮށް އުރުދުންގެ ވެރިރަށް އައްމާންގައި ހުންނަ އިޒްރޭލު އެމްބަސީދޮށުގައި ބޭއްވުމަށް ރާވަމުންދާ މުޒާހަރާއާއި ގުޅިގެން އައްމާންގައި ހުންނަ އިޒްރޭލުގެ ސަފީރު ފިލައިފިއެވެ. މުޒާހަރައާއި ގުޅިގެން އިޒްރޭލުގެ ސަފީރު ފިލާފައިވާއިރު، ސަފީރާއި އޭނާގެ ސްޓާފުން އިޒްރޭލަށް ދިއުމަށްޓަކާ ޖޯޑުންއިން ފުރައިފި ކަމަށް އިޒްރޭލުގެ މީޑިއާއާއި ހަވާލާދީ އޭ.އެފްޕީ އިން ރިޕޯޓްކޮށްފައިވެއެވެ.
މިލިއަން މޭން މާރޗް (މިލިއަން މީހުންގެ ހިނގާލުމުގެ ނަމުގައި) އައްމާނުގެ އިޒްރޭލު އެމްބަސީ ކުރިމަތީގައި ބާއްވާ މުޒާހަރާ މިއަދު އުރުދުން ގަޑިން ހަވީރު 6.30 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.
އުރުދުންގައި މި މުޒާހަރާއަށް ތައްޔާރުވާއިރު މިދިޔަ ހުކުރު ދުވަހު މިސްރުގައި އިޒްރޭލާއި އިދިކޮޅަށް މުޒާހިރާ ކުރިމީހުން މިސްރުގައި ހުންނަ އިޒްރޭލު އެމްބަސީ އަށް ވަނީ ވަދެގަނެފައެވެ. މި ހާދިސާ ހިނގި ވަގުތު މިސްރުގައި ހުންނަ އިޒްރޭލުގެ އެމްބެސެޑަރ ވަނީ ގާހިރާއިން ފިލާފައެވެ. އިޒްރޭލު އެބްމަސީ ދޮށުގައި ހިނގި މި ހަމަނުޖެހުމުގައި ފުލުހުންނާއި ދެމެދު ހިނގި ކުރިމަތި ލުމުގައި ތިން މީހަކު މަރުވެ ގިނަ ބަޔަކަށް އަނިޔާވެފައި ވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...