ދިއިސްލާމް ހުސްނީ މުބާރަކްގެ ވެރިކަމުގައި މިސްރުން އިޒްރޭލަށް ގޭސް ފޯރުކޮށްދިނުމަށް ވެފައިވާ އެއްބަސްވުމުގެ ޝަރީއަތް ކުރިޔަށް

ހުސްނީ މުބާރަކްގެ ވެރިކަމުގައި މިސްރުން އިޒްރޭލަށް ގޭސް ފޯރުކޮށްދިނުމަށް ވެފައިވާ އެއްބަސްވުމުގެ ޝަރީއަތް ކުރިޔަށް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހޯމަ ދުވަހުން ފަށައިގެން ހިންގަމުންދާ މި ޝަރީއަތަކީ މާރކެޓް އަގަށްވުރެ ދަށުން އެތައް އަހަރެއް ވަންދެން މިސްރުން އިޒްރޭލަށް ގޭސް ވިއްކާފައިވާ މައްސަލާގައި މިސްރުގެ ކަމާބެހޭ އިސް އޮފިޝަލުންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތެވެ. މި މީހުންގެ ތެރޭގައި ހިމެނެނީ މިސްރުގެ ކުރީގެ އެނަރޖީ މިނިސްޓަރ ސާމިހް ފަހްމީ އާއި މިސްރުގެ ކޮރަޕްޓް ވިޔަފާރިވެރިޔާ ހުސެއިން ސާލިމް އާއި އަދި މިސްރުގެ ގޭސް ކުންފުނީގެ އިތުރު ހަތަރު ވެރިޔެއްގެ މައްޗަށެވެ.

މިމީހުންގެ މައްޗަށް ދައުވާ ކުރެވެނީ ދައުލަތުގެ މާލިއްޔަތަށް ގެއްލުންވާގޮތަށް، މާރކެޓް އަގަށްވުރެ ދަށްއަގުގައި މިސްރުގެ ގޭސް އިޒްރޭލަށް ވިއްކާފައިވާ މައްސަލާގައެވެ. މި ވިޔަފާރީގެ ސަބަބުން 714 މިލިއަން ޑޮލަރަށް ވުރެ ބޮޑުގެއްލުން މިސްރަށް ވެފައިވާކަމަށް ހާމަކޮށްފައިވެއެވެ.

މިސްރުގެ އައު ސަރުކާރުން ދަނީ ހުސްނީ މުބާރަކްގެ ދުވަސްވަރު ސޮއިކޮށްފައިވާ މިފަދަ އެއްބަސްވުންތަކުގެ މައްސަލަ ބަލަމުންނެވެ.

އެމެރިކާގެ ބާރުއެޅުމާއިއެކު 1979 ގައި މިސްރާއި އިޒްރޭލު ސޮއިކުރި ސުލްހައިގެ މުޢާހަދާއއަށްފަހު، ދެޤައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން އިޒްރޭލަށް ބޭނުންވާ ގުދުރަތީ ގޭހުގެ 40 އިންސައްތަ އެތެރެކުރަނީ މިސްރުންނެވެ. އިޒްރޭލުގެ 4 ކުންފުންނަކުން މިސްރުން ގޭސް އެތެރެކުރެއެވެ.

މިސްރުގެ ޕާލަމެންޓްގެ މަޝްވަރާއާއި ހުއްދަ އާއި ނުލާ ސޮއިކޮށްފައި ވާ މި އެއްބަސްވުމުގެ މައްސަލަ އެތައް ފަހަރަކު ކޯޓަށް ހުށަހަޅާފައިވެއެވެ. އަދި މިސްރުގެ ގޭސް އިޒްރޭލަށް ވިއްކަމުން ގެންގޮސްފައިވަނީ މާރކެޓް އަގަށްވުރެ ދަށުން ކަމަށް އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ތުހުމަތު ކުރަމުން ގެންގޮސްފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.