އޭޝިއާދިއިސްލާމް

11/9 ގެ ޙަމަލާއާއި މެދު ރައީސް ޖޯޖު ޑަބްލިޔު ބުޝް ދޮގުހަދާފައިވާ ކަމަށް މަޙާތީރު މުޙައްމަދު ވިދާޅުވެއްޖެ.

މެލޭޝިޔާގެ ކުރީގެ ބޮޑު ވަޒީރު މަހާތީރު މުޙަންމަދު

11/9 ގެ ހަމަލާއާއި މެދު އޭރު އެމެރިކާގެ ރައީސް ޖޯޖު ޑަބްލިޔު ބުޝް ދޮގުހަދާފައިވާ ކަމަށް ކުރީގެ މެލޭޝިޔާގެ ބޮޑު ވަޒީރު މަޙާތީރު މުޙައްމަދު ވިދާޅުވެއްޖެއެވެ. މަޙާތީރު ވިދާޅުވި ގޮތުގައި އެމެރިކާގެ ކުރީގެ ރައީސް ބުޝް ވެރިކަމުގައި ހިނގައި ދިޔަ މި ހަމާލާގެ ފުރިހަމަ ޒިންމާ އޭނާގެ ބޮލުގައި އެޅިފައި ވާ ކަމަށާއި އަދި ހުރިހާ ކަމެއް ބުޝް އަށް އެނގޭނެ ކަމަށް މަހާތީރު ވިދާޅުވެއެވެ.

މަޙާތީރު މުޙައްމަދުގެ ޚާއްޞަ ބްލޮގު "ޝެޑެޓް" ގައި ހާމަ ކޮށްފައިވާ ގޮތުގައި ވޯލްޑް ޓްރޭޑް ސެންޓަރާއި ޕެންޓަގަން ގޮއްވާލުމުގައި މުސްލިމުން ކޮށްފައިވާ ކަމެއް ކަމަކަށް ޤަބޫލު ނުކުރެވޭނެކަމަށް ވެސް ވެއެވެ.   ގާތްގަޑަކަށް  3000 މީހުން މަރާ ކުރިމަތިލާން ޖެހުނު މިހަމަލާ އަކީ އެމެރިކާގެ ސަރުކާރުން ރާވައިގެން ބުޝް އަޑީގައި ހުންނަވައިގެން ދިން ހަމާލާއެއްކަމަށް އެ ބްލޮގްގައި ލިޔުއްވާފައިވެއެވެ.

މަޙާތީރު އިތުރަށް ވިދާޅުވި ގޮތުގައި ޢަރަބި މުސްލިމުން ދީނަށްޓަކައި އެމީހުންގެ ފުރާނަވެސް ދުއްވާލަން ތައްޔާރަށް ތިބޭނެކަން އެއީ އޭނާއަށް ޔަޤީން ކަމެއްކަމަށާއި ނަމަވެސް 11/9 އަކީ ވަރަށް ބޮޑަށް ރާވައިގެން އެމެރިކާގެ ސަރުކާރުންގެ އެއްބާރުލުން ލިބިގެން ނޫނީ ނުހިންގޭނެ ވަރުގެ ހަމަލާއަކަ ވަތީ އެއީ މުސްލިމުން ކުރި ކަމެކޭ ނުބުނެވޭނެ ކަމަށެވެ. އަދި އިތުރަށް  މަޙާތީރު ބުނިގޮތުގައި މިހަމާލާ ހިންގުމަށް ފުދޭވަރެއްގެ ދިގު މުއްދަތެއް ބޭނުން ވާނެ ކަމަށާއި އަދި ވޯލްޑުޓްރޭޑު ސެންޓަރާއި ޕެންޓަގަން ގޮއްވާލަން ބޭނުން ކުރި މަތިން ދާ ބޯޓު ހައިޖެކް ކުރިކަމަށް ބުނާ މީހުންނަށް ކުދި އެއާރލައިން ދުއްވުމުގެ ތަމްރީން ލިބެން ޖެހޭނެ ކަމަށާއި އަދި އެ 4 އެއާރލައިން ގޮއްވާލުމުގައި އެއްވަގުތަކާއި ދިމާ ކުރުމުމަކީ ވަރަށް ގިނަ ދުވަހުން ތަމްރީން ވެގެން ކުރެވޭނެ ކަމަށެވެ. އަދި މިފަދަ ރޭވުން ތަކެއް މިހާ ފުރިހަމަ ކަމާއި އެކީ ކުރެވޭނެ ކަމުގެ ޤާބިލުކަން ޢަރަބި މުސްލިމުން ގައިގައި ވާކަމަކަށް އޭނާއަށް ޤަބޫލު ނުކުރައްވާ ކަމަށްވެސް ހާމަކުރައްވާފައިވެއެވެ.

ވޯލްޑުޓްރޭޑު ސެންޓަރުގެ ޓުވިން ޓަވަރ ގޮވި ވަގުތު އެ ދެ ޢިމާރާތް އެކު އެކީ ގައި ތިރިވަވުން ދިޔައީ ކައިރީގައިވާ އެހެން އެވެސް އިތުރު ޢިމާރާތަކަށް ގެއްލުންނުވާ ގޮތުގައި ކަމަށާއި ބަލާ މީހަކަށް އެއީ ހަމަ ރީތިކޮށް ރާވައިގެން ކުރިކަމެއް ކަމަށް ހާމަ ވާނެކަމަށް ވެސް ވިދާޅުވިއެވެ. ސަބަބަކީ މަތިން ދާބޯޓު ޢިމާރާތުގައިި ނުޖެހެނީސް ޓަވަރު ގޮވައި ތިރިވަމުން އައި ކަމަށެވެ. އަދި ޕެންޓަގަންގައި ޖެއްސިކަމަށް ބުނާ މަތިންދާބޯޓުގެ  ހަލާކުވެފައިވާ އެވެސް ބައެއް ފެންނަން ވެސް ނެތްކަމަށާއި އެ ބޯޓުގައި މަރުވެފައި ވާ މީހަކުވެސް އަދި ބޯޓުގެ ކަޅު ފޮށިވެސް ނެތް ކަމަށެވެ. އަދި މިބޯޓު ވައިގެ ތެރޭގައި ގެއްލިގެން ދިޔައީ ތޯ ވެސް މަޙާތީރު ސުވާލު ކުރައްވާފައި ވެއެވެ. އަދި 4 ވަނަ މަތިންދާބޯޓު ގެއްލުން އެއީ ވެސް ސުވާލު އުފެދޭ ކަމެއްކަމަށް މަހާތީރު ވަނީ ވިދާޅުވެފައެވެ. މިކަމުގައި މީހުންގެ މެދުގައި އުފެދިފައި ވާ އެއްވެސް ސުވާލަކަށް ބުޝްގެ ސަރުކާރުން ޖަވާބު ދާރީ ވެފައި ނުވާކަންވެސް މަހާތީރު ފާހަގަ ކުރެއްވިއެވެ.

މާޙާތީރު އިތުރަށް ބުނިގޮތުގައި ބުޝްއަކީ ޞައްދާމް ޙުސެއިން ނިއުކުލިއަރ ހަތިޔާރު ގެންގުޅޭ ކަމަށް ބުނެ ދޮގުހެދި މީހާކަމަށާއި ޢިރާޤް އަދި އަފްޣާނިސްތާނުގައި ހިންގާ ހުރިހައި ލޭ އޮހޮރުމުގެ ބޮޑުމީހާ ކަމަށާއި އެތައް ހާސް ބައެއް މަރުވެ ޒަޙަމް ވުމުގެ ފުރިހަމަ ޒިންމާ އޭނާގެ ބޮލުގައި އެޅިފައި ވާ ޤާތިލެއް ކަމަށެވެ. އަދި ބުޝްގެ ކުރިމަތީގައި އިންސާނުންގެ ފުރާނައަކީ އެއްވެސް އަގެއް ހުރި އެއްޗެއް ނޫން ކަމަށް މަޙާތީރު ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި

1 ޚިޔާލު

  1. މަހާތިރު މީ އެމެރިކާ ކުރިމަތީގަ ހައްގުބަސް ބުނަންކެރޭ ވެރިޔެއް، މުހައްމަދު ނަޝީދު ކަހަލަ ފިނޑި ވެރިޔެއް ނޫން.

Your email address will not be published. Required fields are marked *

More in އޭޝިއާ