ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ގޮތުން މާލޭގައި ސިލްސިލާކޮށް ކުރިއަށްގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން "މުސްލިމުންގެ ގުޅުން" ޖަމްޢިއްޔާގެ ފަރާތުން އިންތިޒާމްކޮށްގެން ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހުގެ ރޭ އިޝާ ނަމާދަށްފަހު ބަންޑާރަ މިސްކިތުގައި ބާއްވަމުންދާ ދަރުސްތައް ރަމަޟާން މަހަށް މެދުކަނޑާލުމަށް ފަހު މިރޭ ފަށާގޮތަށް ހަމަޖައްސައިފިވެ.
މިގޮތުން މިރޭ ދަރުސް ދެއްވަނީ އައްޝައިޚް ނިމާލް މުޙައްމަދު އެވެ. މައުޟޫއަކީ "ޤުރުއާނައި އެއްފަދައިން ރަސޫލާގެ ސުންނަތް ވާނީ ﷲ ރައްކާތެރިކޮށްފައެވެ."
މީގެއިތުރުން ސިލްސިލާ ގޮތެއްގައި މުސްލިމުންގެ ގުޅުމުގެ ފަރާތުން ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހުގެ ރޭ އިޝާ ނަމާދަށްފަހު މަސްޖިދުލް ޖަލާލުއްދީން ގައި ކުރިއަށް ގެންދާ "ޙަދީޘް ކްލާސް" ރަމަޟާން މަހަށް މެދުކަނޑާލުމަށް ފަހު މި އަންނަ ހޮނިހިރު ދުވަހުގެ ރޭ ފަށާގޮތަށް ހަމަޖެހިފައިވާކަމަށް މުސްލިމުންގެ ގުޅުމުންގެ ހާމަކުރެއެވެ.
ޢާއްމުކޮށް ހުޅުވާލައިގެން ބޭއްވެމުންދާ މި ޙަދީޘް ކްލާސް ނަންގަވައި ދެއްވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ލެކްޗަރަރ އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް އެވެ. މިކްލާހުގައި ދަރުސް ނަންގަވައިދެއްވަނީ އިމާމް އަލްޙާފިޛް އިބްނު ޙަޖަރުގެ "ބުލޫޣުލް މަރާމް" ޙަދީޘް ފޮތުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...