ރާއްޖޭގައި އަލަށް އިސްލާމިކް ކެޕިޓަލް މާކެޓް ތަޢާރްފް ކުރުމަށްޓަކައި ހޭލުންތެރި ކުރުމުގެ ގޮތުން ކެޕިޓަލް މާކެޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ވޯކްޝޮޕެއް ބާއްވައިފިއެވެ.
ސީއެމްޑީއޭ އާއި އެސްއައިއައިއޭ (ސެކިއުރިޓީސް އެންޑް އިންވެސްޓްމަންޓް އިންސްޓިޓިއުޓް) އޭޝިޔާ – ޕެސިފިކް ގުޅިގެން ނަލަހިޔާ ހޮޓަލުގައި ބޭއްވި އެއްދުވަހުގެ މި ވޯކްޝޮޕްގައި ތަފާތު ތިރީހަކަށް ދާއިރާއިން މީހުން ބައިވެރިވި އިރު ބައިވެރިންނަށް މަޢުލޫމާތާއި ތަމްރީން ދެއްވީ ކެޕިޓަލް މާކެޓް ޝަރީއާ އެޑްވައިޒަރީ ކޮމެޓީގެ ޗެއާޕާސަން އާއިޝަތު މުނީޒާ އެވެ.
ސީއެމްޑީއޭ އިން މިފަދަ ވޯކްޝޮޕެއް ހިންގުމުގެ އެންމެ ބޮޑު އެއް މަޤްސަދު ކަމަށް އެފަރާތުން ބުނީ އިސްލާމިކް ކެޕިޓަލް މާކެޓް ތަޢާރަފްކޮށް ސުކޫކް (އިސްލާމިކް ބޮންޑް) މާކެޓެއް ރާއްޖޭގައި ޤާއިމް ކުރުން ކަމަށެވެ. މިހެންކަމުން މި ވޯކްޝޮޕްގައި ބައިވެރިންނާއި އެކު ސުކޫކާ ބެހޭ މަޢުލޫމާތު ވެސް ހިއްސާކޮށްފައި ވާނެކަމަށެވެ.
ރާއްޖޭގައި އިސްލާމީ ނިޒާމެއްގެ ދަށުން ހިއްސާގެ ބާޒާރެއް ތަޢާރަފްކުރާއިރު މިކަމުގައި މިވަގުތަށް ރާއްޖޭގައި ހުރި ހުރަސްތަކާއި ގޮންޖެހުންތަކާއި ބެހޭގޮތުންވެސް ވޯކްޝޮޕްގެ ބައިވެރިންނާއި މަޢުލޫމާތު ހިއްސާކޮށްފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
އިސްލާމިކް ޝަރީއާ ގެ ދަށުން ހިންގާ ބޭރުގެ ހިއްސާ އޮންނަ ބައެއް ކުންފުނިތަކުން މިހާރުވެސް ރާއްޖޭގައި އިންވެސްޓްކުރަމުން ގެންދާ އިރު ރާއްޖޭގައި ހިއްސާ ވިއްކުމަށް ދަނީ ޝައުޤުވެރިކަން ފާޅުކުރަމުންނެވެ.
ރާއްޖޭގައި އިސްލާމިކް ކެޕިޓަލް މާކެޓެއް އުފެއްދުމަށްޓަކައި ސީއެމްޑީއޭ އިން ވަނީ އެކަމަށް ޚާއްސަ ވަކި ބައެއް އެ އިދާރާގައި އުފައްދައިފައެވެ.

















ޚިޔާލު