
އޯގަސްޓް 31 ވަނަ ދުވަހު ފަލަސްތީނުން އާމުކުރި ފޮޓޯގައި މަހުމޫދު އައްބާސް އާއި އިޒްރޭލްގެ ސުލްހަޔަށް މަސައްކަތް ކުރާ ދީނީ ލީޑަރެއްކަމަށްވާ ރައްބީ މެނެކަމް ފްރޯމަން އައި ދެމީހުން ބައްދަލުކުރައްވަނީ. އޭޕީ ފޮޓޯ: މުފީދް އަބޫ ހަސްނާ
އދ ގެ ފުރިހަމަ މެންބަރަކަށް ވުމަށް ފަލަސްޠީނުން ކުރަމުންދާ މަސައްކަތަށް ފުރިހަމައަށް ތާއީދުކޮށް އެކަމަށް ހިތްވަރުދޭކަމަށް އިޒްރޭލުގެ ރައްބީއެއް ކަމަށްވާ މެނަޗެން ފްރޯމަން ހާމަކޮށްފިއެވެ.
ފްރޯމަން މިހެން ހާމަކޮށްފައިވަނީ، އަންގާރަ ދުވަހުގެ ވަގުތެއްގައި ރާމަﷲގައި ފަލަސްޠީނުގެ ރައީސް މަހްމޫދު އައްބާސާއެކު ބޭއްވެވި ބައްދަލުވުމެއްގައި ވާހަކަ ދަށްކަވަމުންނެވެ. ފްރޯމަން ހާމަކުރެއްވި ގޮތުގައި، އދ އުން ފަލަސްޠީނު ބަލައިގަނެ، އިރުމަތީ އޫރުސަލީމު، ފަލަސްޠީނުގެ ވެރިރަށް ކަމަށް ވެގެން ދިޔުމަކީ، އިޒްރޭލާ ފަލަސްޠީނުގެ މައްސަލަ އަށް ހަލެއް ގެނެވިދާނެ ގޮތެކެވެ.
މި ބައްދަލުކޮށްލެވުމުގައި ވާހަކަ ފުޅު ދައްކަވަމުން، އައްބާސް ހާމަކުރެއްވީ، އިޒްރޭލުން ހުއްޓުމެއް ނެތި ކުރިޔަށް ގެންދަމުންދާ އާބާދުކުރުމުގެ މަޝްރޫއުގެ ސަބަބުންނާއި، އެއްވެސް ހަމައެއް ލަމައެއް ނެތި، ބައިނަލް އަޤްވާމީ ގައިވައިދުތަކަށާއި، އެއްބަސްވުންތަކާ ޚިލާފުވަމުން ދާތީވެ، މި ނޫންގޮތެއް މިހާރު ދެން ނެތް ކަމަށެވެ. އެހެންނަމަވެސް އައްބާސް އިތުރަށް ހާމަކުރެއްވި ގޮތުގައި، އދ ގެ މެންބަރޝިޕް ހޯދަން ކުރާ މަސައްކަތަކީ، ދެފަރާތުން ވާހަކަތައް ކުރިޔަށް ނުގެންދިޔުމުގެ ބަދަލުގައި ކުރާ ކަމެއް ނޫނެވެ.
އދ ގެ މެންބަރޝިޕް ހޯދުމަށް މި މަހު ފަލަސްޠީނުން އދ އަށް މައްސަލަ ހުށައަޅާނެކަމަށް ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...