ބޭނުންވާ ތަކެތި
1 ދަޅުގެރިކިރު
9 ބިސް
50 ގ. ކަދުރު (އޮށް ނަގާފައި )
3 މޭޒުމަތީ ސަމުސާ ފުށް
2 / 1 ޖޯޑުފެން
1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް
2 /1 ޖޯޑުހަކުރު
ތައްޔާރުކުރާނެ ގޮތް
ބިސް، ކިރު، ފުށް ، ފެން ، ކަދުރު އެއްކޮށް މިކްސަރުން ގިރާލާށެވެ. ދެން ތަވާއުދާލާފައި ބަޓަރުކޮޅެއް ހާކާފައި ތުނިކޮށް ފޮޅި އަޅާފައި އޮޅާލާށެވެ. ހުރިހާފޮޅިތައް ފިހެވުނީމާ ތަވާޔަށް ހަކުރު އަޅާފައި ހަކުރުކޮޅު ބްރައުންކޮށްފައި ( ހިތިރަހަނުދޭވަރަށް) ފޮޅިތަކުގެބޭރުގައި ހަކުރު ހާކާފައި ޓްރޭއެއްގައި އަތުރާލާށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...