އިންޑިއާގައި މަތިންދުއްވާ ބޯޓެއް ވެއްޓި 158 މީހުން މަރުވެއްޖެއެވެ.
ހަބަރުތައް ބުނާގޮތުގައި ދުބާއީން ފުރައިގެން އައިސް އިންޑިއާގެ މެންގަލޫރަށް ޖައްސަން އުޅުމުގެ ތެރޭގައި މިއަދު ހެނދުނު ވެއްޓުނު އެއާ އިންޑިއާގެ ބޯޓުން ދަތުރުކުރި މީހުންގއެ ތެރެއިން ސަލާމާތްވީ އެންމެ 8 މީހުންނެވެ. ކަމާއިބެހޭ ފަރާތްތަކުން ހާމަކުރާގޮތުގައި ބޯޓު ވެއްޓުނު ސަބަބު ބުނެދޭން އަދި އަވަސް ކަމަށާއި އެކަމާއި ބެހޭގޮތުން ތަހުގީގު ކުރެވެމުންދާކަމަށެވެ.
ވެއްޓުނު ބޯޓުގައި ޖުމްލަ 160 ޕެސިންޖަރުންނާއި 6 ކްރޫއިން ދަތުރު ކޮށްފައިކަމަށާއި ޕަސިންޖަރުންގެ ތެރޭގައި ހިމެނެނީ ހުސް އިންޑިއާގެ މީހުންކަމަށް ހަބަރުތަކުން ބުނެއެވެ. އެހެނެސް ޕައިލަޓަކަށް އިނީ ބްރިޓިޝް މީހެއްކަމަށް ހަބަރުލިބެއެވެ.
ސަލާމަތްވި މީހުންނާއި ހަވާލާދީ ނޫސްތަކުގައި ހާމަކޮށްފައިވާގޮތުގައި 'ވަރަށް ބާރަށް އެއްޗެއް ގޮވި، ދެން ބޯޓުގައި އަލިފާން ހިފީ' ކަމުގައި އެކަކު މީޑިއާއަށް ހާމަކޮށްފައިވެއެވެ.
މިހަބަރާއި ގުޅިގެން އެކި ގޮތްގޮތަށް ދަނީ ހަބަރުތައް ފެތުރެމުންނެވެ. މަރުވި މީހުންގެ އަދަދާއި ކަންތައް ވީގޮތާއި އެހެނިހެން ވާހަކަތައް އެކި ގޮތްގޮތައް ނޫސްތަކުގައި ދަނީ ލިޔަމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...