ރާއްޖޭގެ ޚަބަރުވިޔަފާރިދިއިސްލާމް

ދިއިސްލާމް މަޖައްލާގެ ހަތަރު ވަނަ ޢަދަދު ނެރެފި

ދިއިސްލާމް މަޖައްލާގެ 4 ވަނަ ޢަދަދުގެ ކަވަރު - ފޮޓޯ : އަޝްވާޤް / ދިއިސްލާމް

ދިއިސްލާމް މަޖައްލާގެ ހަތަރު ވަނަ ޢަދަދު (2011 ސެޕްޓެމްބަރ މަހުގެ ޢަދަދު) މިއަދު ބާޒާރަށް ނެރެފި އެވެ.

މިޢަދަދުގެ ކަވަރ ސްޓޯރީ އަކީ އަޙްމަދު އަމީން މުޙައްމަދު ލިޔުއްވާފައިވާ "އިންސާނިއްޔަތަށްޓަކައި ކުޑަ ވަޤުތުކޮޅެއް ދެއްވާ!" މިއެވެ.

އެހެން ބައެއް ލިޔުންތަކުގެ ތެރޭގައި އައްޝައިޚް އާދަމް ޝަމީމް ލިޔުއްވާފައިވާ "ޢީދުގެ ޒީނަތް" ، އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ލިޔުއްވާފައިވާ "ކިނބޫ އުޅޭ ފެންގަނޑަކު ފެތުމަކީ ފަސޭހަކަމަކަށް ނުވެއެވެ" ، އައްޝައިޚް ޙަސަން މޫސާ ފިކުރީ ލިޔުއްވާފައިވާ "ފަހުޒަމާނުގެ ފިތުނައިން ސަލާމަތްވާށެވެ" ، ޑރ. މައުރޫފް ޙުސައިން ލިޔުއްވާފައިވާ "މަސްޖިދުލް އަޤްޞާ ވައްޓާލުމަށް ޔަހޫދީން ކުރަމުންދާ މަސައްކަތްތައް" ، ޙާތިމް ޔޫސުފް ލިޔުއްވާފައިވާ "އަހަރެން ޖިހާދު ޓްރެއިނިންގ އެބަ ލިބިގަންނަމެވެ – ހައްޔަރު ކުރާނަންތަ" ، ޝުޢައިބް ނާޒިމް ލިޔުއްވާފައިވާ "ކޭބަނޑުވުން" ، އިކްރާމް ޢަބްދުއްސައްތާރު ލިޔުއްވާފައިވާ "އަހަރެންގެ މަންމަ އަހަރެން ޤުރުއާން ހިތުދަސް ނުވަނީސް ޖިހާދަށް ދިއުން މަނާކުރަނީއެވެ" ، އަފްޒާލް ޢަބްދުއްސައްތާރު ލިޔުއްވާފައިވާ "ގޭގެ އޮޅިގަނޑު" އަދި އިނާޒް އަދުނާން ލިޔުއްވާފައިވާ ވާހަކަ "ޙަޔާތުގެ ދަތުރު" ފަދަ ލިޔުންތައް ހިމެނެއެވެ.

މީގެ އިތުރުން "މައިޓޯންސް އައިޑީ" ، "ސުވާލާއި ޖަވާބު" ، އިންފޮމޭޝަން ޓެކްނޮލޮޖީ" ، "ފޮތް ހަރުގަނޑު" ، "ކުޑަކުދިންގެ ޞަފްޙާ" ، "ސުފުރާ" ފަދަ ބައިތައް މިޢަދަދުގައި ހިމެނެއެވެ.

ދިއިސްލާމް މަޖައްލާ އަކީ 7 އޭޕްރީލް 2011 ގައި ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން ގައި ރެޖިސްޓްރީ ކުރެވިގެން މަހަކު އެއްފަހަރު ނެރޭގޮތަށް ހަމަޖެފައިވާ މަޖައްލާއެކެވެ. މި މަޖައްލާ އަކީ ތަފާތު ދާއިރާތަކުގެ ގިނަގުނަ މަޢުލޫމާތުތަކުން މުއްސަނދި ކުރެވިފައިވާ ޢާއިލީ މަޖައްލާއެކެވެ. މަޖައްލާގެ ފުރަތަމަ ޢަދަދު ނެރެފައި ވަނީ 1 ޖޫން 2011 ގައެވެ.

މި މަޖައްލާގެ އަގަކީ 15 ރުފިޔާ އެވެ. މި މަޖައްލާ މާލޭގެ ބުކްޝޮޕްތަކާއި ބައެއް ރަށްރަށުގެ ފިހާރަތަކުން ލިބެން ހުންނާނެއެވެ.

މަޖައްލާގެ މިޢަދަދަށް އެހީތެރިވެދީފައިވާ ފަރާތްތަކުގެ ތެރޭގައި އަމާނާތަކަފުލް މޯލްޑިވްސް، އަލްބަކޯ، ސަލަފް ލައިން، ދާރުލްއިސްލާމް، ސީވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، ޕްލާޒާ އިންސެންސް، ދޮންދޫނި ލިޓްލް ލާރނަރސް، ފްރީޒް ބްރޭންޑް، ރާދަ ބުކްޝޮޕް އަދި މިސާލީ ބުރުގާ ފަދަ ފަރާތްތައް ހިމެނެއެވެ.

ދިއިސްލާމް މަޖައްލާ ސަފްހާއަށް ޒިޔާރަތް ކުރައްވާ!

ގުޅުންހުރި

1 ޚިޔާލު

  1. ރަގަޅު. ހުރިހާމައުލޫމާތެއް ވެސް.

Your email address will not be published. Required fields are marked *