ދިއިސްލާމް ޑެންމާކުގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ އިން ފަލަސްޠީން ދަޢުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ތާޢީދުކޮށްފި

ޑެންމާކުގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ އިން ފަލަސްޠީން ދަޢުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ތާޢީދުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކޯޕެންހޭގަން (1 ސެޕްޓެމްބަރ 2011) : ޑެންމާކުގެ ދެވަނައަށް އެންމެ ބޮޑު އިދިކޮޅު ޕާޓީ ކަމަށްވާ ޑެންމާކް ސޯޝަލިސްޓް ޕީޕަލްސް ޕާޓީ އިން ފަލަސްޠީން ދަޢުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ތާޢީދުކޮށްފިއެވެ.

މިކަމާއި ބެހޭގޮތުން ޑެންމާކް ސޯޝަލިސްޓް ޕީޕަލްސް ޕާޓީގެ ލީޑަރު ވިލީ ސޮވެންޑަލް ވިދާޅުވީ ފަލަސްޠީން ޤައުމެއްގެ ގޮތުގައި ބަލައިގަތުން އެއީ މުހިއްމު ކަމެއް ކަމާށާއި އަދި ޖެނަރަލް އެސަމްބްލީ އިން ވެސް ފަލަސްޠީން މިނިވަން ޤައުމެއްގެ ގޮތުގައި ބަލައިގަތުން އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް މަކަށެވެ.

"އަޅުގަނޑުމެންނަށް އެބަ ފެނޭ ވަރަށް ގިނަ ޤައުމުތަކުން ފަލަސްޠީނު މިނިވަން ޤއުމެއްގެ ގޮތުގައި ޤަބޫލުކުރަމުންދާތަން. އަޅުގަނޑު އުއްމީދު ކުރަނީ ޔޫނިއަންގެ ޤައުމުތަކުންވެސް ފަލަސްޠީނު ދަޢުލަތެއްގެ ގޮތުގައި ބަލައިގަނެ، ސެޕްޓެމްބަރު މަހުގައި ޖެނެރަލް އެސެމްބްލީގައި ފަލަސްޠީނަކީ ދަޢުލަތެއްގެ ގޮތުގައި ބަލައިންގަންނާނެ ކަމަށް" މިދިޔަ ބުދަ ދުވަހު ޑެންމާކުގެ ޑެނިޝް ޑެއިލީ ޕޮލިޓިޝަން ނޫހަށް ދެއްވި ބަސްތީގަތުމެއްގައި ސޮވެންޑަލް ވިދާޅުވިއެވެ.

 

ޓެގް

ޑެންމާކް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.