މިއީ ދުވަހަކުވެސް ލީބިޔާ އާއި ބެހޭގޮތުން މީޑިއާގައި ދައްކަފައި ނުވާ ވާހަކަތަކެވެ. އަދި މިތިބަ ޔަހޫދީން ނުވެސް ދައްކާނެތެވެ. އެއީ އެމީހުންގެ ޙަސަދައިގެ ސަބަބުންނެވެ.
1- ލީބިޔާގެ ރަށްޔިތުންނަށް ސަރުކާރުން ދީފައިވާ ދަރަންޏަކީ " ލޯން" ތަކަކީ އެއްވެސް ރިބާއެއް (އިންޓްރަސްޓެއް) ނެތި ދޫކޮށްފައިވާ ދަރަނި ތަކެވެ.
2- ކޮންމެ ކިޔަވާ ކުއްޖަކު އެކިޔަވާ ދާއިރާއަކުން އެކަށީގެންވާ މުސާރައެއް ކިޔެވުމުގެ ދުވަސްވަރު ސަރުކާރުން ދަރިވަރުންނަށް ހިލޭއެހީގެ ގޮތުގައި ދެއެވެ. އެއީ ރާއްޖެއާއި އަދި އެހެނިހެން ޔަހޫދީ ދައުލަތްތަކުން ދޭ ރިބާ އެހީފަދަ އެހީތަކެއްނޫނެނެވެ.
3- ވަޒީފާއެއް ހޯދުމަށް އުނދަގޫ ވެއްޖެނަމަ ސަރުކާރުން އޭނާ ވަޒީފާއެއް ހޯދަންދެން އޭނާއަށް ކަނޑައެޅޭ ވަކި މުސާރައެއް ހޯދައިދެއެވެ. އަދި ފަހުން އަނބުރާ ދައްކާކަށް ނުޖެހެއެވެ.
4- އަލަށް ކާވެނި ކުރާ ކޮންމެ ދެމަފިރިއަކަށް ސަރުކާރުން ހިލޭ ފްލެޓެއް ހަދިޔާ ކުރެއެވެ.
5- ދުނިޔޭގެ ކޮންމެ ޤައުމަކުންވެސް ބޭނުން ކޮލެޖަކު ކިޔަވަން ބޭނުން މީހަކަށް ކިޔެވުމަށް ސަރުކާރުން ވިޒާ ހަމަޖައްސައިދީ އަދި ސަރުކާރުން މަހަކު 2500 ޔޫރޯ އަދި އެކޮމަޑޭޝަން އާއި ކާރު އެލަވަންސް ކޮންމެ ކިޔަވާ ކުއްޖަކަށް ދެއެވެ.
6- ލީބިޔާގައި ކާރު ވިއްކަނީ ފެކްޓަރީން ހޯލް ސޭލް ކުރާ އަގުގައެވެ.
7- ލީބިޔާގެ ސަރުކާރަކީ ދުނިޔޭގެ އެއްވެސް ޤައުމަކަށް ދަރާފައިވާ ސަރުކާރެއް ނޫނެވެ.
8- ހިލޭ ތަޢްލީމާއި ހިލޭ ބޭސްފަރުވާއަކީ ކޮންމެ ރަށްޔިތަކަށް ސަރުކާރުން ފޯރުކޮށްދޭ އަސާސީ ޙައްޤެކެވެ.
9- ލީބިޔާގެ %25 ރަށްޔިތުންނަކީ ޔުނިވަރސިޓީ ތަޢްލީމް ލިބިފައިވާ މީހުންނެވެ.
10- ޔޫއެނުން މިދިޔަމަހު ބޮން އެޅުމާއި ހަމައަށް މުޅި ލީބިޔާގައި ގެދޮރުނެތް މީހަކު ނެތެވެ. އަދި މަގުތަކުގައި ސަލާމްޖަހާ މީހުންނަކީ އުޅޭ ބަޔެއްނޫނެނެވެ.
11- ލީބިޔާއަކީ ތެލުގެ މުއްސަނދި ޤައުމެކެވެ. މިއީ އެމީހުން ހަސަދަވެރިވާ ކަންކަމެވެ.
12- ލީބިޔާގައި ޕާނެއް ގަންނަން ލިބޭ އަގަކީ 0.15 ލޯފް ނުވަތަ ލީބިޔާ ލާރިއެވެ. މިއީ ކޮން އެއްޗެއް ތޯއެވެ.؟
ދެން ނިކަން ވިސްނަވާށެވެ. އެމެރިކާ އާއި ޔަހޫދީ ކެޕިޓަލިސްޓް ޤައުމުތަކުން ލީބިޔާ ދެކެ ލޯބިވާނީ ކިހިނެއް ހެއްޔެވެ؟ މިހުރިހާ ނިޢުމަތެއް ލީބީޔާގައި ހުރެމެ އަދި އެމީހުންނަކީ މުސްލިމް ޤައުމެކެވެ. ވާނެގޮތް ވިސްނާލާށެވެ. ޤައްޒާފީ ދެކެ އެންމެ ޔޫރަޕުން ރުޅިއެރި ސަބަބު ތަކުގެ ތެރޭގައި އައިއެމްއެފް އާއި ވޯލްޑް ބޭންކުން ބޮޑެތި އިންޓްރަސްޓްގައި ލޯންތައް ނަގަން ބޭނުމެއް ނޫނެވެ. އަދި މިއަދާއި ހަމައަށްވެސް ލޯނެއް ނުނަގައެވެ. ރީތި ދިވެހި ބަހުން ބުނާނަމަ ލީބިޔާއަކީ މިނިވަން ޤައުމެކެވެ.
ޤައްޒާފީއަކީ ޑިކްޓޭޓަރަކަށްވެދާނެއެވެ. އެހެންނަމަވެސް އެމެރިކާ އިޒްރޭލް އަދި ޔޫރަޕުން އެންމެ ރުޅިއައި މައްސަލައަކީ އެމެރިކާ އާއި ޔޫރަޕަށް ތެޔޮ ވިއްކުމަށްފަހު އަގު ދައްކަން ޖެހޭނީ ރަނުން ކަމުގައި ގޮވާލައްވާ ފައިވާތީއެވެ. އަދި ޑޮލަރާއި ޔޫރަޕްގެ ފައިސާ ބަލައި ނުގަންނާނެ ކަމުގައި އެތަކެއް ފަހަރު ބުނެފައި ވުމުން މި މައްސަލަ ބޮޑުވިއެވެ. މީގެ އިތުރުން އެފްރިކާގެ ހުރިހާ ޤައުމަކުން އެއްބަސްވެފައި ވަނީ ކަނޑައެޅޭ ވަކި މުއްދަތަކުން ފެށިގެން ތެޔޮ ވިއްކާނީ ރަނަށް ކަމަށާއި ފައިސާއަކީ ރަންކަމުގައި ނޫންގޮތެއް ދެން ނޯންނާނެ ކަމަށެވެ. އަދި މިކަމުގައި އިސްކޮށް އުޅުއްވަނީ ޤައްޒާފީއެވެ.
މިއީ މި ހަގުރާމައިގެ އަސްލު ސަބަބުތަކެވެ. ދެން ތަން ތަޅާ ސުންނާފަތިކޮށް މީސްތަކުންގެ ގެދޮރާއި މުދާ ޚަރާބުކުރުމަށްފަހު އާރާސްތު ކުރާނަމުގައި ބޭރުގެ ކުންފުނި ތަކާއި ތަންތަން ޤައުމަށް ވަދެ ލޯން ނަގާ މުޅިތަން ޚަރާބު ކުރާނެއެވެ. މިއީ މިއަދު ރާއްޖެއަށްވެސް ދިމާވެފައިވާ ދެރަ ހިތާމަވެރި ހާލަތެވެ. ޔަހޫދީންނާއި މަކަރުވެރި އިނގިރޭސިން މައުމޫނުގެ ވެރިކަން ވައްޓަލަން އެހާ ބޭނުންވީ މިހާރުގެ ރައީސް މުޙައްމަދު ނަޝީދަކީ ފޮރިން ޕޮލިސީ ނުދަންނަ މީހެއް ކަމުންނެވެ. ނަތީޖާ އަކީ ބޭރުގެ ކުންފުނިތަކާއި ލޯންތަކާއި ވައްދާ ޤައުމުގެ ހަރު މުދާ ވިއްކާ އިންޑިޔާ މެދުވެރި ވެގެން ޔަހޫދީންނާއި އިނގިރޭސިން ވަދެ ޤައުމު މިއަދު މިއޮތީ ކާލާފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...