ސީރިޔާގައި ޙަޤީޤީތަކުގައި ހިނގަމުންދަނީ ޖަންގަލީގެ ވެރިކަމެވެ. ވެރިޔާގެ ނަމާ ކުރާކަންތަކުގެ ޙަޤީޤަތް ވަރަށްބޮޑަށް މިއޮތީ ދިމާވެފައެވެ. ނަމަކީ އަސަދެވެ. އާދެ! ސިންގާއެވެ. ސިންގާއަކީ ޖަންގަލީގެ ރަސްގެފާނޭ
ބުނާތީއަހަމެވެ. މިހާތަނަށް ސީރިޔާގައި ހިނގަމުންދާ މުޒާހަރައިގައި 2200 މީހުން މަރާލައިފައިވާކަމަށް އދ ގެ ލިޔުންތަކުން ދައްކައެވެ. އަދި މިރޯދަމުގެތެރޭގައިވެސް 360 ފުރާނަ ހަށިގަނޑާ ވަކިކޮށްލެވިފައިވެއެވެ.
ސީރިޔާގައި ހި ނގަމުން ސިންގާގެ އިންތިޒާމިއްޔާގެ އަނިޔާވެރިކަން ފޯރަނީ ހަމައެކަނި އިންސާނުންނަކަށް ނޫނެވެ. އިންސާނުގެ ގެދޮރަށާއި ﷲއަށް އަޅުކަންކުރާ މިސްކިތްތައް އެޖައްލާދުންގެޝިކާރަކައަކަށްވަނީހަދާފައެވެ.
އިއްޔެފާއިތުވި ރޯދަމަހުގެ 27 ވިލޭރޭ އާދެ! ބައެއެ މީހުން ބުނާގޮތުގައި ލައިލަތުލްޤަދްރި ވިލޭރޭ ދިމިސްޤުގެ މިސް ކުފްރުސޫސަ ނަމަކަށް ކިޔާއަވަށުގައި ހުންނަ މަސްޖިދު ޢަބްދުލްކަރީމުއްރިފާޢީގައި އަޅުކަމުގައި ތިބި މުސްލިމުންނަށް އަދި މިސްކިތައް ޙަމަލާދީފައިވެއެވެ.
މިއަދަކީ މީ ފިތުރު ޢީދުދުވަހެވެ. ޢީދު ނަމާދަށްފަހު ސޫރިޔާގެ އެކިހިސާބުގައި "ރައްޔިތުންބޭނުންވަނީ ދައުލަތުގެ އިންތިޒާމިއްޔާވައްޓާލަން" މި ޝިޢާރުއުފުލަމުން ދިޔަ މުޒާހަރާތަކުގައި ޖުމުލަ 17 މީހުންވަނީ ސީރިޔާގެ އަމަންބަލަހަށްޓާ ބާރުކަމަށް ދަޢުވާކުރާ އެކަންޙައްޤުނޫން ފަރާތުން ކަތިލާފައިކަމަށް ޚަބަރުތައް ބަޔާންކުރެއެވެ. ސޫރިޔާގެ އަމަންބަލަހަށްޓާ ބާރުތައް ހަތިޔާރާއެކު އެކި އެ ޤައުމުގެ އެކި އަވަށުތަކާއި ރަށްތަކަށް އަރައި ކަތިލުމަކީ ޙަޤީޤަތުގައި މީނާގެ ބައްޕަގެ ވެރިކަމުގައިވެސް ހިންގާފައިވާ ސީރަތެކެވެ.
ދުނިޔޭގެ އެތައް މިތަނުން އަސަދުގެ ޙަވާނީ މުޢާމަލާތަށް ދެކޮޅު ހަދައި އަޑު އުފުލަމުން އާދެއެވެ. މިސްތަކުގެ އިމާމުން ފާއިތުވި ރޯދަމަހުގެ ޤުރްއާން ޚަތިމުކުރުމުގެ ދުޢާގައި އަނިޔާވެރިންގެ ކިބައިން މުސްލިމުން ރައްކާތެރިކުރެއްވުމަށާއި މުސްލިމުންގެ ފުރާނަތައް ރައްކާތެރިކޮށްދެއްވައި އިންސާނީ ސިފައިގައިވާ ސިންގާތަކާއި އަނިޔާވެރިންގެ ކިބައިން ރައްކާތެރިކޮށްދެއްވުން އެދި ކާއިނާތުގެ ވެރި ﷲގެ ޙަޟުރަތުގައި ދަންނަވާފައިއެވެ. އަނިޔާލިބެމުންދާ އިސްލާމީ އުންމަތުގެ މީސްތަކުން އެކަލާނގެ އިޖާބަކުރަށްވާނެ ދުވަހެއް ހަމަކަށަވަރުންވެސް އަންނާނެވެ. އެކަލާނގެ ޤުދުރަތުގެ ގަނޑިން އެކަމުގެ ވަގުތު ޖެހުމާއެކު އަސަދުގެ ވެރިކަންވެއްޓިގެންދާނެވެ. (إِن شَاءَ اللهُ)

















ޚިޔާލު