ރިޕޯޓްކޮލަމިސްޓް

ޖިންނީގެ ސަބަބުން ޖެހޭ އަންހެނުންގެ ބަލިތަކާއި އޭގެ ފަރުވާ!

ބަލިތަކާއި ޝިފާގެވެރި ﷲ އަށް ޙަމްދުކުރަމެވެ. އަދި އެކަލާންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަމެވެ.

ޖިންނި ޝައިޠާނުންގެ ސަބަބުން ތަފާތު ބަލިތައް ތަފާތު ގޮތްގޮތަށް ޖެހޭކަމީ މިހާރު އޮޅިފައިވާ ކަމެއްނޫނެވެ. ސިކުނޑީގެ ބަލިތަކާއި، ނާރުތަކުގެ ބަލިތަކާއި އެހެނިހެންވެސް ބަލިތައް ޖިންނި ޝައިޠާނުން، ނުވަތަ ސިޙުރުގެ ސަބަބުން ކުރިމަތިވުމަކީ މިއަދު މިރާއްޖޭގައި ޢާއްމުވެފައިވާ ކަމެކެވެ.

ޖިންނީންގެ ސަބަބުން ދަރިމައިނުވުން ފަދަ އަންހެނުންނަށް ޚާއްސަ ބައެއް ބަލިތައް ވެސް ޖެހިދާނެއެވެ. ޖިންނިއެއްގެ ސަބަބުން މިފަދަ ކަމެއް ކުރިމަތިވެއްޖެނަމަ، އެކަމުގެ ސަބަބެއް ޑޮކްޓަރުންނަށް ދެނެއެއް ނުގަނެވޭނެއެވެ. ޓެސްޓްތައް ހަދައިގެން ބަލާއިރު ދަރިމައިކުރުވުން މަނާކޮށްފާނެ އެއްވެސް ސަބަބެއް ފެންނާކަށް ނުހުރެއެވެ. ނަމަވެސް ދަރިމައި ވެސް ނުވެއެވެ. މިއީ މިކިޔަން ދިމާވާ ދެމަފިރިންނަށް ހިތްދަތިކަމާއި ހާސްކަން ގެނުވާ ވަރަށްގިނައިން މިރާއްޖެއިންވެސް ފެންނަ ބައްޔެކެވެ. ﷲ އިރާދަކުރެއްވިމީހަކަށް އެކަލާންގެ ދަރިން ދެއްވައެވެ. ނުދެއްވުމަށް އިރާދަކުރައްވައިފިނަމަ ކޮންމެވެސް ސަބަބެއް މެދުވެރި ކުރައްވައެވެ. އެކަލާންގެ ހުސްޠާހިރުވަންތަކަމާއެވެ.

ދަރިމައިނުވުމުގެ އިތުރުން ޖިންނީގެ ސަބަބުން އަންހެނުންނަށް ތަފާތު އެތައް ވޭންދެނިވި ބަލިތަށް ޖެހެއެވެ. އޭގެ ބައެއް ކަންކަމަށް ބަލާލައި، އަމިއްލައަށް އެކަންކަމަށް ކުރެވިދާނެ ފަރުވާއެއް ބުނެދިނުމަށް ޤަސްދުކުރީމެވެ.

1-      އަންހެންމީހާގެ އުނަގަނޑުށް އާދަޔާ ޚިލާފު ތޫނު ތަދެއް ވުން: މިތަދު ޢާއްމުގޮތެއްގައި ވާނީ އުނަގަނޑުގެ ތިރިއަށެވެ. މިހެން ވެއްޖެނަމަ ދަރިމައިވުމަށް ހުރަސް އެޅުމަށް ސިޙުރު ހަދާފައި ހުރުން ގާތްކަން ބޮޑެވެ. މިތަދު ދިމަދިމައަށް ދުވާގޮތަށްވެސް ވެދާނެއެވެ. އެހެން ވެއްޖެނަމަ އެއީ ސިޙުރުގެ އެހެން ވައްތަރެކެވެ. ނޫނީ ޖިންނިއެއް ބީހުމުގެ ސަބަބުންނެވެ.

2-      ޔޫޓެރަސް ނުވަތަ ރަހިމުގައި ޖަރާސީމު އަށަގަނެ، ތަދުވުން: ބައެއްފަހަރު ދެމަފިރިން ދުރުކުރުމަށް ސިޙުރުހަދާފައި ހުރުމުގެ ސަބަބުން ނުވަތަ ޖިންނި ބީހުމުގެ ސަބަބުން މިކަން ދިމާވެއެވެ. އަދި މީގެ ސަބަބުން އާދަޔާ ޚިލާފަށް އަވަސް އަވަހަށް ފާޚާނާ ކުރަންޖެހެއެވެ. އަދި ދަރިން ލިބުނަ ނުދިނުމަށްޓަކައި ސިޙުރު ހަދާފައިހުރިނަމަވެސް ޔޫޓެރަސް އަށް ޖިންނިވަދެއެވެ. އަދި ދަރިފަނި ވަނުން ހުއްޓުވައެވެ. ނުވަތަ ދަރިފަނި މަރާލައެވެ.

3-      މަސްވަރު ކަންތައްތައް އޮޅުންބޮޅުންވެ، ހަމައިން ނެއްޓުން: މިއީވެސް ޖިންނި ސިޙުރަކާއި ނުލާ އަޅައިގަތަސް އަދި ސިޙުރަކާއި ލައިގެން އަޅައިގަތަސް ވަރަށް ޢާއްމު ބައްޔެކެވެ. ބައެއްފަހަރު ގިނަމަސްތަކެއް ވަންދެން ޙައިޟުނުވެ ހުރެއެވެ. މީގެ ސަބަބުން ދަށްބަނޑަށް ތަދުވުންފަދަ ވޭންތައް އުފުލަންޖެހެއެވެ. އަނެއްބައި ފަހަރަށް ޙައިޟުވެ ރަނގަޅުނުވެ މަސްތަކެއްވެސް ހިނގައިދެއެވެ.

4-       އާދަޔާ ޚިލަފު ގޮތަކަށް ބައެއްފަހަރު ލޭއައުން: މިކަން ދެގޮތަކަށް ދިމާވެދާނެއެވެ. އެއީ ބައެއްފަހަރު ދެމަފިރިން ދުރުކުރުމަށް ސިޙުރުހެދުމުން، ނުވަތަ ދެމަފިރިން ޖިމާޢުވިޔަ ނުދިނުމަށް ސިޙުރު ހެދުމުން، ނުވަތަ ދަރިން ލިބުނަ ނުދިނުމަށް ސިޙުރު ހެދުމުން ދިމާވުމާއި ޖިންނިއެއް ޢާއްމުކޮށް އެމީހާ ޖިންސީ ގޮތުން ބޭނުންކުރާނަމައެވެ. މިގޮތަށް ލޭ އައުމުގައި ދެމަފިރިން ޖިމާޢުވާން އުޅޭ ކޮންމެފަހަރަކު ވެސް ބައެއް ޙާލަތުގައި ލޭއައިސް ކަމުގެ މަތިން ފޫހިކުރުވައެވެ. ލޭއައުމުގައި ދެގޮތަކަށްވެއެވެ. އެއީ ވަރަށް ބައިވަރު ލޭ އެއްފަހަރާ ގިނައިން މެދުނުކެނޑި އައުމާއި، ވަރަށް މަދު މަދުން ތިކިތިކި ގޮތަށް ލޭ އައުމެވެ. މިދެޙާލަތުގައިވެސް ޙައިޟު ރަނގަޅު ނުވެ ގިނަ ދުވަސްތަކެއް ވެދާނެއެވެ. މީގެ ސަބަބުން އަންހެންމީހާ އަބަދު ވަރުބަލިވެ، ހެލިފެލިވެ ނޫޅެވޭވަރުވެއެވެ.

5-       ހިތްނުތަނަވަސްކަން އަބަދު އިޙްސާސްކުރެވުމާއި، އެއްދާންކުރުމުގައި އެއްވެސް ހިތްހަމަޖެހުމެއް އިޙްސާސް ނުކުރެވުމާއި، ހަމައެކަނި ފިރިމީހާއަށްޓަކައި ކޮށްދޭ ކަމެއްކަމުގައި އެކަން ވުން: މިކަން ޢާއްމުކޮށް ދިމާވަނީ ދެމަފިރިން ދުރުކުރުމަށް ހަދާފައި ހުންނަ ސިޙުރުގެ ސަބަބުންނެވެ. އަދި ދަރިން ލިބުނަ ނުދިނުމަށް ހަދާ ސިޙުރުންވެސް މިގޮތަށް ދިމާވެދާނެއެވެ. އެއްދާން ކުރުމުގެ ލައްޒަތު އިޙްސާސެއް ނުކުރެވޭނެއެވެ. އަންހެންމީހާ މިބަލިޖެހުމުން ފިރިމީހާއާ ޖިމާޢުވަނީ މަޖުބޫރުވެގެން އެހެން ގޮތެއް ނެތުމުންނެވެ. ކުރާހިތަކުން ނޫނެވެ. މިކަމުގެ ސަބަބުން ދެމަފިރިން އެކަކު އަނެކަކު ދެކެ ފޫހިވެ މައްސަލަތައް ޖެހެން މެދުވެރިވެއެވެ.

6-       މިކަންތައްތަކުގެ އިތުރަށް ވަރަށް ބޮޑަށް ބޮލުގައި ރިއްސުމާއި ރޭގަނޑު ބިރުވެރި ހުވަފެން ފެނުމާއި، އައްސިވުން ފަދަ ކަންތައް ކުރިމަތިވުން: މިއީ ޖިންނީގެ ކަމެއް ކުރިމަތިވިނަމަވެސް، އަދި ކޮންމެ ވައްތަރެއްގެ ސިޙުރެއް ޖެހުނުކަމުގައިވީނަމަވެސް ޢާއްމުކޮށް ދިމާވާ ކަމެކެވެ. އަދި ނިދީގައި ސިއްސަ ސިއްސައިގެން ގޮސް ހޭލެވުމާއި ނުނިދޭ ބައްޔަކީވެސް ވަރަށް ޢާއްމުކޮށް ސިޙުރާއި ޖިންނި ބަލީގެ ސަބަބުން ދިމާވާ ކަމެކެވެ.

މައިގަނޑުގޮތެއްގައި މިހުރިހާ ކަމަކުން ސަލާމަތްވުމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭކަމަކީ ﷲ ގެ ދީނާއި އެކަލާންގެ ރަސޫލާގެ ސުންނަތާއި ގާތްވެ އައަށް ޢަމަލުކުރުމެވެ. ދެމަފިރިން އެއްދާންކުރާއިރު ދުޢާ ކިޔުމާއި، ނަމާދު ބަރާބަރަށް އަދާކުރުމުގެ އިތުރުން ގިނަގިނައިން ޤުރުއާން ކިޔެވުމާއި، ހެނދުނާއި ހަވީރުގެ ޛިކުރުތައް ބަރާބަރަށް ކޮންމެދުވަހަކު ކިޔެވުމާއި، ގިނަގިނައިން ފާފަ ފުއްސެވުމަށާއި ޝިފާދެއްވުން އެދި ދުޢާކުރުމެވެ. ކެއިން ބުއިމުގައާއި ފާޚާނާއަށް ވަންނައިރުއާއި ނުކުންނައިރު ދުޢާކިޔުމާއި ކަންކަން ކުރުމުގައި ﷲގެ އިސްމުފުޅުނަންގަތުން ހަނދާން ނައްތާލައިގެން ނުވާނެއެވެ. މިކަންކަމުގައި ހިފައިގެން ހުރެ ދެން އޮތީ ރުޤުޔާކުރުމެވެ. ޤުރުއާނުގެ އާޔަތްތަކާއި ދުޢާތަކުގެ އަލީގައި ފަރުވާހޯދުމެވެ. މިގޮތުން މިބަލިތަކަށް ﷲ އިރާދަކުރެއްވިއްޔާ ޝިފާ ލިބޭ ރުޤުޔާއެއް ބުނެދޭނަމެވެ.

ތިރީގައިވާ އާޔަތްތައް ފެނަށް އަދި ޒައިތޫނިތެލަށްވެސް ކިޔަވާށެވެ. އޭގެ އިތުރުން މާމުޔަށްވެސް ކިޔަވާށެވެ. އަދި ކޮންމެ ދުވަހަކު ފެނަށްކިޔަވައިގެން އެފެން ގަޔަށް އެޅުމަށްފަހު ފެން ހިކުމުން ގައިގާ ތެޔޮ ކާއްތާށެވެ. ޚާއްޞަކޮށް ފައިގެ ފަލަ މަހުގައާއި، މެއާއި، މޫނާއި ދެއަތްތިލައިގައެވެ. އަދި ރޭގަނޑު ނިދަންވުމުންނާއި ހެނދުނު ހުސްބަނޑާ މާމުއި 3 ސަމްސާ ވަރު ބޯލާށެވެ. އަދި ބޯފެނަށް ކިޔަވާފައި ބަހައްޓައިގެން ފެންބޯ ކޮންމެ ފަހަރަކު އެފެނުން ފެންބޯށެވެ. ﷲ އިރާދަކުރެއްވިއްޔާ ރަނގަޅުވާނެއެވެ. މިމަގުން މަދުވެގެން 7 ދުވަހު ކަން ކުރާށެވެ. ރަނގަޅުނުވާނަމަ 1 މަސް ވަންދެން، ނުވިނަމަ 40 ދުވަސް ނުވަތަ 2 މަސް ވަންދެންވެސް ކުރާށެވެ. ޔަޤީންކަމާއި އެކު ހިތްނިޔަތް ޚާލިޞްކޮށްގެން ކޮށްފިނަމަ އިރާދަކުރެއްވިއްޔާ ﷲ ޝިފާ ދެއްވާނެއެވެ.

ކިޔަވަންވީ އާޔަތްތައް:

بِسْمِ اللَّهِ الرَّحْمَـٰنِ الرَّحِيمِ ﴿١﴾ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ ﴿٢﴾ الرَّحْمَـٰنِ الرَّحِيمِ ﴿٣﴾ مَالِكِ يَوْمِ الدِّينِ ﴿٤﴾ إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ﴿٥﴾ اهْدِنَا الصِّرَاطَ الْمُسْتَقِيمَ ﴿٦﴾ صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ ﴿٧﴾ 7 ފަހަރު

اللَّهُ لَا إِلَـٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَ ۚ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ وَلَا يَئُودُهُ حِفْظُهُمَا ۚ وَهُوَ الْعَلِيُّ الْعَظِيمُ ﴿٢٥٥﴾ (سورة البقرة) 7 ފަހަރު

لَا يُكَلِّفُ اللَّهُ نَفْسًا إِلَّا وُسْعَهَا ۚ لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ ۗ رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا ۚ رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا ۚ رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ ۖ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا ۚ أَنتَ مَوْلَانَا فَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ ﴿٢٨٦﴾ (سورة البقرة) 7 ފަހަރު

وَاتَّبَعُوا مَا تَتْلُو الشَّيَاطِينُ عَلَىٰ مُلْكِ سُلَيْمَانَ ۖ وَمَا كَفَرَ سُلَيْمَانُ وَلَـٰكِنَّ الشَّيَاطِينَ كَفَرُوا يُعَلِّمُونَ النَّاسَ السِّحْرَ وَمَا أُنزِلَ عَلَى الْمَلَكَيْنِ بِبَابِلَ هَارُوتَ وَمَارُوتَ ۚ وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَا إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ ۖ فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِ بَيْنَ الْمَرْءِ وَزَوْجِهِ ۚ وَمَا هُم بِضَارِّينَ بِهِ مِنْ أَحَدٍ إِلَّا بِإِذْنِ اللَّهِ ۚ وَيَتَعَلَّمُونَ مَا يَضُرُّهُمْ وَلَا يَنفَعُهُمْ ۚ وَلَقَدْ عَلِمُوا لَمَنِ اشْتَرَاهُ مَا لَهُ فِي الْآخِرَةِ مِنْ خَلَاقٍ ۚ وَلَبِئْسَ مَا شَرَوْا بِهِ أَنفُسَهُمْ ۚ لَوْ كَانُوا يَعْلَمُونَ ﴿١٠٢﴾ (سورة البقرة) 7 ފަހަރު

وَأَوْحَيْنَا إِلَىٰ مُوسَىٰ أَنْ أَلْقِ عَصَاكَ ۖ فَإِذَا هِيَ تَلْقَفُ مَا يَأْفِكُونَ ﴿١١٧﴾ فَوَقَعَ الْحَقُّ وَبَطَلَ مَا كَانُوا يَعْمَلُونَ ﴿١١٨﴾ فَغُلِبُوا هُنَالِكَ وَانقَلَبُوا صَاغِرِينَ ﴿١١٩﴾ وَأُلْقِيَ السَّحَرَةُ سَاجِدِينَ ﴿١٢٠﴾ قَالُوا آمَنَّا بِرَبِّ الْعَالَمِينَ ﴿١٢١﴾ رَبِّ مُوسَىٰ وَهَارُونَ ﴿١٢٢﴾ (سورة الأعراف) 7 ފަހަރު

وَقَالَ فِرْعَوْنُ ائْتُونِي بِكُلِّ سَاحِرٍ عَلِيمٍ ﴿٧٩﴾ فَلَمَّا جَاءَ السَّحَرَةُ قَالَ لَهُم مُّوسَىٰ أَلْقُوا مَا أَنتُم مُّلْقُونَ ﴿٨٠﴾ فَلَمَّا أَلْقَوْا قَالَ مُوسَىٰ مَا جِئْتُم بِهِ السِّحْرُ ۖ إِنَّ اللَّهَ سَيُبْطِلُهُ ۖ إِنَّ اللَّهَ لَا يُصْلِحُ عَمَلَ الْمُفْسِدِينَ ﴿٨١﴾ وَيُحِقُّ اللَّهُ الْحَقَّ بِكَلِمَاتِهِ وَلَوْ كَرِهَ الْمُجْرِمُونَ ﴿٨٢﴾ (سورة يونس) 7 ފަހަރު

قَالُوا يَا مُوسَىٰ إِمَّا أَن تُلْقِيَ وَإِمَّا أَن نَّكُونَ أَوَّلَ مَنْ أَلْقَىٰ ﴿٦٥﴾ قَالَ بَلْ أَلْقُوا ۖ فَإِذَا حِبَالُهُمْ وَعِصِيُّهُمْ يُخَيَّلُ إِلَيْهِ مِن سِحْرِهِمْ أَنَّهَا تَسْعَىٰ ﴿٦٦﴾ فَأَوْجَسَ فِي نَفْسِهِ خِيفَةً مُّوسَىٰ ﴿٦٧﴾ قُلْنَا لَا تَخَفْ إِنَّكَ أَنتَ الْأَعْلَىٰ ﴿٦٨﴾ وَأَلْقِ مَا فِي يَمِينِكَ تَلْقَفْ مَا صَنَعُوا ۖ إِنَّمَا صَنَعُوا كَيْدُ سَاحِرٍ ۖ وَلَا يُفْلِحُ السَّاحِرُ حَيْثُ أَتَىٰ ﴿٦٩﴾ (سورة طه) 7 ފަހަރު

هُوَ الَّذِي أَنزَلَ السَّكِينَةَ فِي قُلُوبِ الْمُؤْمِنِينَ لِيَزْدَادُوا إِيمَانًا مَّعَ إِيمَانِهِمْ ۗ وَلِلَّـهِ جُنُودُ السَّمَاوَاتِ وَالْأَرْضِ ۚ وَكَانَ اللَّـهُ عَلِيمًا حَكِيمًا ﴿٤﴾ (الفتح) 7 ފަހަރު

يَا أَيُّهَا النَّاسُ قَدْ جَاءَتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَاءٌ لِّمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ ﴿٥٧﴾ (سورة يونس) 7 ފަހަރު

ثُمَّ كُلِي مِن كُلِّ الثَّمَرَاتِ فَاسْلُكِي سُبُلَ رَبِّكِ ذُلُلًا ۚ يَخْرُجُ مِن بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَانُهُ فِيهِ شِفَاءٌ لِّلنَّاسِ ۗ إِنَّ فِي ذَ‌ٰلِكَ لَآيَةً لِّقَوْمٍ يَتَفَكَّرُونَ ﴿٦٩﴾ (سورة النحل) 7 ފަހަރު

وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِّلْمُؤْمِنِينَ ۙ وَلَا يَزِيدُ الظَّالِمِينَ إِلَّا خَسَارًا ﴿٨٢﴾

(سورة الإسراء) 7 ފަހަރު

قُلْ هُوَ اللَّهُ أَحَدٌ ﴿١﴾ اللَّهُ الصَّمَدُ ﴿٢﴾ لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ﴿٤﴾ (سورة الإخلاص) 7 ފަހަރު

قُلْ أَعُوذُ بِرَبِّ الْفَلَقِ ﴿١﴾ مِن شَرِّ مَا خَلَقَ ﴿٢﴾ وَمِن شَرِّ غَاسِقٍ إِذَا وَقَبَ ﴿٣﴾ وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ ﴿٤﴾ وَمِن شَرِّ حَاسِدٍ إِذَا حَسَدَ ﴿٥﴾ (سورة الفلق) 7 ފަހަރު

قُلْ أَعُوذُ بِرَبِّ النَّاسِ ﴿١﴾ مَلِكِ النَّاسِ ﴿٢﴾ إِلَـٰهِ النَّاسِ ﴿٣﴾ مِن شَرِّ الْوَسْوَاسِ الْخَنَّاسِ ﴿٤﴾ الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ ﴿٥﴾ مِنَ الْجِنَّةِ وَالنَّاسِ ﴿٦﴾ (سورة الناس) 7 ފަހަރު

(ނިމުނީ)

ގުޅުންހުރި

9 ޚިޔާލު

  1. ފެނަށާއި ތެލަށް އަދި މާމުޔަށް ވަކިންތޯ ކިޔަވަނީ. އަދި މާމުޔަށާ ތެލަށްވެސް ހަމަ ކޮންމެ ދުވަހަކު ކިޔަވާފަތޯ ބޭނުން ކުރަން ޖެހޭނީ

  2. ފެނަށާއި ތެލަށް އަދި މާމުޔަށްވެސް ކިޔަވާނީ ވަކިން. މާމުޔާ ތެލަށް ކޮންމެ ދުވަހަކު ކިޔަވައިގެން ނުބުޔަސް ރަނގަޅުވާނެ. ތެޔޮ ފުޅިއަކަށް ކިޔަވާފަ ބަހައްޓާނީ . އަދި މާމުއި ފުޅިއަކަށްވެސް ކިޔަވާފަ ބަހައްޓާނީ. ދެން ލިޔުމުގައި ބުނެފައިވާ ފަދައިން ކޮންމެ ދުވަހަކުވެސް ބޭނުން ކުރާނީ. ގަޔަށް އަޅާފެން ޖެހޭނީ ކޮންމެ ދުވަހަކުވެސް ކިޔަވަން.

  3. ބުނެވިފައިވާ ޢަލާމާތްތައް ނުފެންނަ ނަމަ ދަރިން ނުލިބެނީ ސިހުރުގެ ސަބަބަކުން ނޫން ދެއްތޯ. ސިހުރުގެ ސަބަބުން ނޫން ގޮތަކަށް ދަރިން ނުލިބޭ ނަމަ ހަދާނެ ރުޤުޔާއެއް ނެތްތޯ. މިސާލަކަށް ފިރިހެނާގެ ދަރިފަނީގެ މިންވަރު މަދުވުން ނުވަތަ އަންހެނާގެ އޯވަރީގައި ސިސްޓް ހުރުންފަދަ ކަންތައްތަކަށް ހަދާނެ ރުޤުޔާއެއް. ނޫނީ އެއްވެސް ސަބަބެއްނެތި ދަރިން ނުލިބޭ ނަމަވެސް. ﷲ ތިބާގެ މަސައްކަތުގައި ބަރަކާތް ލައްވައި ތިބާގެ ޢިލްމު އިތުރުކުރެއްވުން އެދި ﷲގެ ޙަޟުރަތުގައި ދަންނަވަން. އަދި ތިބާ ތިފޯރުކޮށްދޭ ޢިލްމަކީ އާޚިރަތުގައި އޭގެ އެންމެ ހެޔޮ ޘަވާބު ލިބޭ ޢަމަލަކަށް ހައްދަވާށި. އާމީން

  4. ވަރަށް ފުރިހަމަ. ތިޔަ ކުރައްވާ މަސައްކަތަށް އެހޮ ރަހްމަތް ލައްވާށި.

  5. ވަރަށް ފުރިހަމަ ވަރަށް ބޭނުންތެރި ލިޔުމެއް. މިލޔުމުގެ ސަބަބުން ވަރށް ގިނަ ބައެއްގެ ހިތަށް ފިނިކަމެއް ގެނެސްދޭނެކަން ޔަގީން. ޝުކުރިއްޔާ އަޖުނާދު.

  6. ވަރަށްގިނަ ދުވަސްތަކެއްވަންދެން އެއްވެސްޚަބަރެއް ނުވެހުރެފައި ތިޔައަޚާގެ ލިޔުމެއް ގެނެސްދެއްވީތީ އިންތިހާއަށް މާތްﷲއަށް ޝުކުރުވެރި ވަމެވެ.

  7. جزاك الله خيرا

  8. 1.2،5.6 ވަނީ އަޅުގަނޑަށް ވާގޮތް. އަޅުގަނޑު ކިޔަވަން ފެށިން. ނަމަވެސް 2 ދުވަހު ކިޔަވާފަ ދެން ނުވީ. ކިޔެވީމަ ހުވަފެންތައް ފެންނަލެއް މަދުވިހެން ހީވި. ދެން ކުރެވޭނެ އިތުރުު ކަމެއް އެބައޮތް؟ އޮތްނަމަ އެކަން އަޅުގަނޑަށް އަންގަވައި ދެއްވުން އެދެން.

  9. މީގައި ބަޔާން ކޮށްފައިވާ ކިޔެވެލި ކިޔަވަނ ޖެނީ އަމިއްލައަށްތޯ؟ މީހުން ބުނޭ އެހެންމީހުން ކިޔަވައިދިނީމައޭ ރަނގަޅު ވާނީ. ޤާާބިލް ބޭފުޅެއްގެ ޖަވާބަކަށް އިންތިޒާރު ކުރަން

Your email address will not be published. Required fields are marked *

More in ރިޕޯޓް