ޢިގިރޭސިވިލާތުގެ ކްރިސް ސްޓަނިފޯތު ނަމަކަށް ކިޔުނު 20 އަހަރުގެ ޒުވާނަކު 12 ގަޑި އިރު ވަންދެން މެދު ކެނޑުމެށް ނެތި ވީޑިޔޯ ގޭމް ކުޅުމުގެ ސަބަބުން މަރުވެއްޖެއެވެ.
މިޒުވާނަ ބެލި ޑޮކްޓަރުން ބުނި ގޮތުގައި އެނާ މަރު ވެފައި ވަނީ މާ ގިނަ އިރުވަންދެން އެހާ ބޮޑު ހަރަކާތެއް ހަށިގަނޑަށް ނުގެނެސް އިނުމުގެ ސަބަބުން ހިތުގެ ލޭ ހިންގާ ނާރެއްގައި ލޭ ކޮޅެއް ގަނޑުވެ ސިކުނޑިޔާއި ހަމަ ޔަށް ގޮސްގެން ކަމަށެވެ. ކްރިސްގެ ބައްޕަ ބައެއް ބޭރުގެ މީޑިޔާ ތަކާއި ހަވާލާދީ ބުނެފައިވަނީ “އެނާ ދަރިފުޅަކީ ޤުދްރަތީ މަންޒަރު ތަކެށް ދައްކުވާއިދޭ މިގޭމް ކުޅުމަށް ވަރަށް ބޮޑަށް ދެވި ހިފައިވާ ކުއްޖެއް ކަމަށާއި 24ގަޑިއިރަކުން ގިނަ ވަގުތު އެނާ ހޭދަކުރަނީ މިކަމުގަ ކަމަށެވެ”.
ގޭމް ކުޅެން އާދަވެފައިވާ ޕެޓްރިކު ނަމަކަށް ކިޔުނު މީހަކު ބުނި ގޮތުގައި” އެނާ ޤަބޫލުކުރާ ގޮތުގައި އެނާ އަކީ ވެސް ގޭމް ނުކުޅެ ނުހުރެވޭނެމީހެކެވެ، އަދި ގޮތުގައި އެނާ ފަދައިން އުމުރުން 40-30 ދެމެދުގެ މީހުން އޮންލައިން ގޭމް ކުޅުމުގައި ވަގުތު ބޭކާރުކުރަނީ ދުނިޔާގާ ހިންގަނީ ކޮން ކަމެއްކަން ބަލާލުމެއްނެތިކަމަށެވެ”.
އިނގިރޭސިވިލާތުގެ ސްޓެޓިކްސް ރިޕޯޓް ތަށް ދައްކާ ގޮތުގައި އެރަށުގެ އުމުރުން 24-16ގެ ޒުވާނުން ވަނީ މިވަބާގައި ޖެހި ހަލާކުވެފަކަމަށެވެ. އަދި މިހާރު އެފަދަ ކުދިންނަށް ފަރުވާދޭ މަރުކަޒު ތަކެއްވެސް ހަދާފައި ވާކަމަށެވެ. އަދި ދިރާސާތަކުން ދައްކާ ގޮތުގައި މި ގޮތަށް ގިނަ އިރުވަންދެން ގޭމް ކުޅުމަކީ ސިއްޙަތަށް ވަރަށް ގެއްލުން ހުރިކަމެކެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...