ސުފުރާ ބަޓަރ ޗިކަން

ބަޓަރ ޗިކަން

ބަޓަރ ޗިކަން

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބޭނުންވާ ތަކެތި

1 ކިލޯ ބޯންލެސް ޗިކަން

1 ސައިސަމްސާ ތެޅި މިރުސް

2/1 ސައިސަމްސާ އަސޭމިރުސް

4/1 ސައިސަމްސާ ކަރަންފޫ ( މުގުރި )

4/1 ސައިސަމްސާ ފޮނިތޮށި ( މުގުރި )

2 ސައިސަމްސާ ކުކުޅު ހަވާދު

150ގ ޕްލެއިން ޔޯގަރޓް

4 ކާފޫރުތޮޅި

2 ލޮނުމެދު

2/1 އިންޗި އިނގުރު

2 ޓޮމާޓޯ ( ކޮށާފައި )

2 ސައިސަމްސާ ޓޮމާޓޯ ޕޭސްޓް

2 ފިޔާ ( ކޮށާފައި )

ހިކަނދިފަތް

ރާނބާފަތް

75ގ ބަޓަރު ނުވަތަ ގިތެޔޮ

ރީނދޫ

ބޯކިރު

ލޮނު

ތައްޔާރުކުރާނެ ގޮތް

ޔޯގަރޓް، ލޮނުމެދު، އިނގުރު، އަސޭމިރުސް، ރީނދޫ، ކަރަންފޫ، ފޮނިތޮށި އަދި ލޮނު ކޮޅެއް ޖައްސަވައިގެން މިކްސްޗަރުން ހިމުން ކޮށްލައްވާށެވެ. އަދި މިހިމުން ކުރި ބައި ކުކުޅު ކޮޅާއި އެއްކޮށްލުމައްފަހު ބަހައްޓާށެވެ. ބަޓަރުކޮޅު ހޫނު ވުމުން ފިޔާ، ހިކަނދިފަތް، ރާނބާފަތް، ކާފޫރުތޮޅި އަދި ޓޮމާޓޯ އެޅުމައްފަހު ފްރައި ކޮށްލައްވާށެވެ. އެއައްފަހު ޓޮމާޓޯ ޕޭސްޓް، ކުކުޅު ހަވާދު އަދި ތެޅި މިރުސް އަޅުއްވައިގެން 2 މިނެޓް ކައްކަވާލައްވާށެވެ. ދެން މެރިނޭޓް ކުރައްވަން ބެހެއްޓެވި ކުކުޅު އެއްކޮށްލައްވާ އަދި ލޮނު ހެޔޮވަރުކޮށްލެއްވުމައްފަހު ކުކުޅު ރޯފިލަންދެން ކައްކަވާށެވެ. އެއައްފަހު ބޯކިރު އެއްކޮށް ލެއްވުމައްފަހު ކެކިގަތުމުން ބާލުއްވާށެވެ.

ޓެގް

ސުފުރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.