އަރަބިދުނިޔެ ފަލަސްތީނާއި އިޒްރޭލާއި ދެމެދު ނުރަސްމީ ވާހަކަތަކެއް ކުރިއަށްދަނިކޮން އިޒްރޭލުން ފަލަސްތީން މާޔޫސްކޮށްލައިފި

ފަލަސްތީނާއި އިޒްރޭލާއި ދެމެދު ނުރަސްމީ ވާހަކަތަކެއް ކުރިއަށްދަނިކޮން އިޒްރޭލުން ފަލަސްތީން މާޔޫސްކޮށްލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

ފަލަސްތީނާއި އިޒްރޭލާއި ދެމެދު ނުރަސްމީ ވާހަކަތަކެއް ކުރިއަށްދަނިކޮން އިޒްރޭލުން ފަލަސްތީން މާޔޫސްކޮށްލައިފިއެވެ.

މިފަހަރު އިޒްރޭލުން މިޖެހި 'ރޮކެޓަކީ' ސުލްހައިގެ ވާހަކަތައް ކުރިއަށް ގެންދަނިކޮން  'އިރުމަތީ ޤުދުސްގައި ޔަހޫދީން އާބާދުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ'ކަމަށް ވަނީ ހާމަކޮށްފައެވެ. ޔަހޫދީ އާބާދުކުރުމުގެ މައްސަލައަކީ ފަލަސްތީނު-އިޒްރޭލުގެ ހަގީގީ މައްސަލައެވެ. މަޝްވަރާ ކުރަމުންދާ ދަނޑިވަޅެއްގައި އިޒްރޭލުން އެމައްސަލަ ފެންމަތިކުރުވީ ކުރަމުންދާ މަޝްވަރާތަކަށް ބުރޫ އެރުވުމުގެ ގޮތުން ކަމަށް ތަޖްރިބާކާރުން ދަނީ ބުނަމުންނެވެ.

ފަލަސްތީނުން ބޭނުންވަނީ ޤުދުސްއަކީ ފަލަސްތީނުގެ ވެރިރަށްކަމުގައި ހަމަޖެއްސުމަށްކަމުގައި ވިޔަސް އިޒްރޭލުންދަނީ ޤުދުސް ހިފާ އެތަނުގައި އިޒްރޭލުގެ އާބާދީތައް އިތުރުކުރުމުގެ މަސައްކަތްކުރަމުންނެވެ.

'ނުރަސްމީ' ނުވަތަ 'ރަސްމީ' ވާހަކަތަކެއް ފެށުމަށް އިޒްރޭލުން އަބަދުވެސް ތައްޔާރަށް އޮންނަ ކަމަށް ބުނިކަމުގައިވިޔަސް ސުލްހައިގެ ވާހަކަތައް ފެށުމާއި އެކު ކޮންމެވެސް ވާހަކަތަކަކުން މުޅި މަޝްވަރާތަކަށް ގުޑުން އަރުވާލުމަކީ އިޒްރޭލުން ބޭނުންކުރާ އުކުޅެކެވެ. ފަލަސްތީނުން 'ޒައިތޫނި ފަތްކޮޅު' ދިއްކޮއްލުމާއި އެކު އެއަށް ފުރަގަސްދިނުމަކީ އިޒްރޭލަށް ލިބޭ ހިތްހަމަޖެހުމެކެވެ.

ޓެގް

ފަލަސްތީން އިޒްރޭލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.