އޫރު މަހުގައި ހުންނަ ތަފާތު 11 ވައްތަރުގެ ލޭބޯ ފަނިތަކެއްގެ ސަބަބުން ހުޅުހުޅާއި މަސްތަކުގައި ރިއްސުމާއި، ލޭ މަދުވުމާއި، ބޭރަށްހިންގުމާއި، ނަފްސާނީ ހާސްވުންތަކާއި، ހަޖަމުގެ މައްސަލަތަކާއި، ހިތުގެ މަސައްކަތް ފޭލިވުމާއި، ހެދިބޮޑުވުން ހުއްޓުމާއި، ކަރުފޮޅު ނެގުމާއި، ޓީބީ އާއި ހަށިގަނޑު ވާ ވުމާއި، މުޅި ހަށިގަނޑު ދުޅަވުމާއި، ފުއްޕާމެއިން ލޭ އައުމާއި، ފުރަމޭ ދުޅަވުން ފަދަ ބަލިތައްޖެހެއެވެ.
މި ފަނިތަކުގެ ތެރެއިން ބައެއްވައްތަރުގެ ފަނި ހަށިގަނޑުގެ އެތެރެއަށް ނުވަތަ ލޭގެތެރެއަށް ބިސް އެޅުމަށްފަހު އެބިސްތައް ލޭގެ ތެރެއިން ގޮސް ހަށިގަނޑުގެ ކޮންމެ ގުނަވަނަކަށްވެސް ވާސިލްވެދާނެއެވެ. މިއީ ވަރައްނުރައްކާ ވާނެ ހާލަތުތަކެކެވެ. މީގެ ގިނަ ބަލިތަކަކަށް ފަރުވާއެއްވެސް ނުހުރެއެވެ. އަދި ހަށިގަނޑުގައި މިބަލިތަކަށް ދިފާޢީ ބާރެއްވެސް ނުއުފެދެއެވެ.
އޫރުމަހުގައި ހުންނަ ބެކްޓީރިއާއިން ޖެހޭ ބަލިތަކުގެ ތެރޭގައި ފައިގެ ތަފާތު ބަލިތަކާއި، ހަންގަނޑަށްޖެހޭ ބަލިތަކާއި ނުރައްކާތެރި ކޮލެރާ ފަދަ ބޭރަށްހިންގުން ހިމެނެއެވެ. އަދި މިބަލިތަކަކީ ވަރަށް ފަސޭހައިން ގައިންގަޔަށްއަރާ އަދި ފަސޭހަވުން އެހާ ދުރު ބަލިތަކެކެވެ.
އޫރުމަހުގައި ހުންނަ ވައިރަސްތަކުން ޖެހޭ ބަލިތަކުގެ ތެރޭގައި، ހިމަބިއްސާއި، ސިކުނޑި ދުޅަވުމާއި، އަރިދަފުސްރޯގާއާއި އަނގަ ފާރާއި ފައިގެ ފާރު ނެގުމުގެ ބަލިތައް ހިމެނެއެވެ.
މީގެ އިތުރުން ޓޮކްސޯ ޕްލާސްމާ ގޮންޑީ ކިޔާ ޖަރާސީމަކުން މައިމީހާގެ ސަބަބުން ތުއްތު ދަރިފުޅަށްޖެހޭ ވަރަށްނުރައްކާތެރި ބައްޔެއްގެ ސަބަބުން، ހުންކޮށްޓާއި ފުރަމޭ ދުޅަވުމާއި، ނިއުމޯނިއާ އާއި، ސިނކުނޑިއާއި މައިބަދަގައި ޖަރާސީމް އަށަގަނެއެވެ. މިއިން ބައްޔެއް ކޮންޓްރޯލް ނުވެއްޖެނަމަ ކުއްޖާ މަރުވާނެއެވެ. މި ބަލިތައް ރަނގަޅުވިޔަސް ބީރުވުމާއި، ލޯފަންވުމާއި އަދި މޮޔަވުންފަދަ ކުއްޖާ ނުކުޅެދުން ތެރިކުރުވާ ވަރުގެ އައިބެއް ކުއްޖާއަށް ކުރިމަތި ކުރުވާނެއެވެ.
އެހެނިހެން ބަލިތަކުގެ ތެރޭގައި، އޫރުމަހަކީ ހަޖަމްކުރުމަށް ވަރަށް އުނދަގޫ މަހެކެވެ. މީގެ ސަބަބުން ދެމިގެންދާ ހަޖަމް ނުބައިވުން ކުރިމަތިކުރުވައެވެ. މޫނުގައި ބިހިޖެހުމާއި، ދޮސްވަޅާއި، ފެން ފޮޅުނެގުންވެސް ކުރިމަތިވެއެވެ.
މީގެ އިތުރުން އޫރުމަސް ކެއުމަށް ބޭނުންކުރާ އިންސާނުންގެ ނަފްސާނީ ، ފިކުރީ އަދި ސުލޫކީ އުސޫލުތައް އޫރުގެ އަސްލަށް ވާސިލްކުރުވައެވެ.
އޫރުމަހުގައި އެހެނިހެން މަސްމަހަށްވުރެއް ސަރުބީއާއި ފެޓް ގިނައިން ހުރެއެވެ. މީގެ ސަބަބުން ލޭ ހޮޅިތަކުގައި ސަރުބީ ޖެހުމާއި ގުޅިގެން ހިމަ ނާޒުކު ލޭހޮޅިތައްބެދި ހިތްހުއްޓުމާއި ސިކުނޑީގެ ޓިޝޫތައް މަރުވުމާއި ކުއްލި މަރުވުން ކުރިމަތި ވާނެއެވެ.
އޫރަކީ ދުނިޔޭގައި ލެއްވި އެންމެ ހަޔާތްކުޑަ ޖަނަވާރުވެސް މެއެވެ. އެއީ ދުނިޔޭގައި ހަމައެކަނި ދެމަފިރި އޫރާއި އެކު (އެއްކޮށް އުޅޭ އުރޫ ޖޯޑުގެ ތެރެއިން އަންހެން ނުވަތަ ފިރިހެން އޫރަށް ) ޖިންސީ ގުޅުން ހިންގަން އެހެނިހެން އޫރަށް ދަޢުވަތުދޭ ހަމައެކަނި ޖަނަވާރުކަމަށް ވާތީއެވެ. އަދި ދުނިޔޭގައި ލެއްވި އެންމެ ބޮޑަށް ކުނިވެފައި އަދި އެހެނިހެން ޖަނަވާރުން ކައި ނިމި ބާކީކޮށްފައި ހުންނަ ތަކެތި ކާ ޖަނަވާރަކީވެސް އޫރެވެ. އަދި އެންމެ ގިނައިން ވަގުތީގޮތުން ޖޯޑު ބަދަލުކުރާ ޖަނަވާރަކީވެސް އޫރެވެ. (ދެ، ދެމަފިރިއެއްގެ އަނބިން އެކަކު އަނެކަކަށް ވަގުތީގޮތުން ރޭކުރުމަށް ބަދަލުކުރުން).
އޫރަކީ ނަޖިހާއި އެހެނިހެން މުޅަތަކެތި މަތީ ދިރިއުޅޭ ޖަނަވާރެކެވެ. އިންސާނުންނާއި އެހެނިހެން ޖަނަވާރުންގެ ނަޖިސްވެސް ކެއުމަށް ބޭނުން ކުރާ ޖަނަވާރެކެވެ. އަދި އެއް އޫރުގެ ނަޖިސް ނުވަތަ އަމިއްލަ ނަޖިސް އަމިއްލައަށް ކާ ޖަނަވާރެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...