ފުވައްމުލަކު ރައްޔިތުންގެ ހިތްތަކުގެއި ދީނީ ރޫހު އާލާކޮށް ދިރުވުމުގެ މަގްސަދުގައި އެ ރަށު މަދަނީ ޖަމްޢިއްޔާއެއް ކަމަށްވާ ފައިސަލް ފައުންޑޭޝަނުން މި ރަމަޟާންމަހުގެ ރޭތަށް އިޙްޔާކުރުމުގެ ގޮތުން ބާއްވާ ސިލްސިލާ ދަރުސްތަކުގެ 2 ވަނަ ދަރުސް އޮންނާނީ ހުކުރު ދުވަހުގެރޭ 9:00 ގައި އެރަށު ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ކަމަށް ޚަބަރު ލިބެއެވެ.
"ރަމަޟާންމަހުގެ ފައިދާ ލިބިގަންނާށެވެ" މިމަޢުލޫގެ ދަށުން މި ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިއެއް ކަމަށްވާ އައްޝެއިހް އަހްމަދު ސަމީރު އެވެ. މިދަރުސް އަޑުއެއްސެވުމަށް ވީހާގިނަ ބޭފުޅުން ވަޑައިގެންދެއްވުމަށް ފައިސަލް ފައުންޑޭޝަންގެ ފަރާތުން އެދިލައްވައެވެ.
މި ސިލްސިލާގެ ފުރަތަމަ ދަރުސް މި މަހުގެ 5 ވަނަ ދުވަހު "ސުވަރުގޭގެ ނިއުމަތްތަށް " މި މަޢުލޫގެ ދަށުންރާއްޖޭގެ ފުންނާބު އުސް އިލްމުވެރި އެއް ކަމަށްވާ އަލްއުސްތާޒް މުހައްމަދު ނަޝީދު އާދާމް ވަނީ ވަރަށް ހާއްސަ ދަރުސެއް ދެއްވާފައި އެވެ. މި ދަރުސް އަޑުއެހުމަށްޓަކައި ގިނަ އަދަދެއްގެ މީހުން ދިޔަކަން ފާހަގަކޮއްލެވެއެވެ.
ފައިސަލް ފައުންޑޭޝަނުން މިދިޔައަހަރުގެ ރަމަޟާންމަހު ގައިވެސް ވަނީ ދީނީ ނަސޭޙަތް ދިނުމުގެ ސިލްސިލާ ޕްރުގުރާމެއް ކުރިޔަށް ގެންގޮސްފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...