ޔޫރަޕު އިޓަލީގެ އަންހެނަކު މަގުމަތީ މޫނުބުރުގާ އަޅައިގެން އުޅުމުން 650 ޑޮލަރުން ޖޫރިމަނާކޮށްފި

އިޓަލީގެ އަންހެނަކު މަގުމަތީ މޫނުބުރުގާ އަޅައިގެން އުޅުމުން 650 ޑޮލަރުން ޖޫރިމަނާކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އިސްމާއިލް އަފްރާހް

އިޓަލީގެ އަންހެނަކު މަގުމަތީ މޫނުބުރުގާ އަޅައިގެން އުޅުމުން 650 ޑޮލަރުން ޖޫރިމަނާކޮށްފިއެވެ.

އިޓަލީގެ ތާރީހުގައި ފުރަތަމަ ފަހަރަށް ކުރެވުނު މިޖޫރިމަނާ އަކީ އިޓަލީގައި ކާކުކަން ނޭނގޭގޮތަށް ހެދުންއެޅުން މަނާކުރާ ގަވައިދުގެ ދަށުން ކުރެވުނު ޖޫރިމަނާއެއްކަމަށް ކަމާއިބެހޭ ފަރާތްތަކުން ހާމަކުރެއެވެ.  ޓިއުނީޝިއާއަށް އުފަން މިއަންހެން މީހާ އޭނާގެ ފިރިމީހާއާއި އެކު ކާރުގައި އިންދާ ފުލުހުން އައިސް ސުވާލުކޮށް އޭނާގެ މޫނު ދެއްކުމަށް ބުނިކަމަށާއި އެހެނަސް ފިރިހެން ފުލުހަކަށް މޫނު ދެއްކުމަށް އެ އަންހެން މީހާގެ ފިރިމީހާ ދެކޮޅުހެދުމުން އެތަނަށް އަންހެން ފުލުހުން ގެނެސް މޫނު ބެލިކަމަށްވެއެވެ.

އިޓަލީގައި މޫނު ބުރުގާ އެޅުން މަނާކޮށްފައިވާއިރު ބެލްޖިއަމްގައިވެސް ވަނީ މޫނު ބުރުގާ އެޅުން މަނާކޮށްފައެވެ. އަދި ފްރާންސުން ދަނީ މޫނު ބުރުގާ އެޅުން މަނާކުރުމަށް ތައްޔާރުވަމުންނެވެ.

ޓެގް

ލާދީނީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.