އެމެރިކާއަށް ވަރުގަދަ ނަގޫރޯޅިއެއް އަރައި 5 މީހަކު މަރުވެ އެތައް މިލިއަން ޑޮލަރުގެ ގެއްލުންވެއްޖެއެވެ.
މީޑިއާތަކުން ހަބަރުލިބޭ ގޮތުގައި މޫސުން ގޯސްވެ ނަގޫރޯޅިއަރާފައިވަނީ އިއްޔެގެ ވަގުތެއްގައި އޮކްލަހޯމާ ސިޓީއަށް ކަމަށެވެ. އަދި މި ތޫފާނުގެ ސަބަބުން ޓްރެފިކް އެކްސިޑެންޓްތައް ވެފައިވާ ކަމަށާއި މަގުތައް ބަންދުކޮށް އެތައް ތަނެއް ހަލާކުވެފައިވާކަމަށް ރިޕޯޓްތަކުން ބުނެއެވެ. މިތޫފާނުގެ ސަބަބުން އެތައް ބަޔަކު ހަސްފަތާލުތަކުގައި ހާނިއްކަވެގެން އެޑްމިޓް ކުރެވިފައިވާކަމަށްވެސްވެއެވެ.
އިންޓަނެޓްގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަގޮތުގައި މިނަގޫރޯޅީގެ ސަބަބުން ބައެއް ގޭގެ ހަލާކުވެގެންދެއެވެ. އަދި ވެއްޓިފައިވާ ގަސްތަކާއި ހަލާކުވެފައިވާ އެތައް ވެހިކަލްތަކެއް ފެނިގެންދެއެވެ. ހަބަރުތައް ބުނާގޮތުގައި 28000 ގޭގެ ކަރަންޓު ކަނޑައިގެން ގޮސްފައިވާކަމަށާއި އެތައް ބަޔަކު ހާސްވެ ހާލުގައި ޖެހިފައިވާކަމަށްވެއެވެ.
ކޭއެފްއޯއާރ ޓީވީއިން ދެއްކި ވީޑިއޯއެއްގައި ބަގޫރޯޅީގައި ބައެއްގޭގެ ފައުންޑޭޝަނުން ފެށިގެން 'ލުހިގެން' ވެއްޓިފައިވާ މަންޒަރާއި ހައިވޭ އަކުން ނަގޫރޯޅި އަރައިގެން ގޮސް ކާރުތައް 'އުކަމުންދާ'ތަންވެސް ފެނިގެންދެއެވެ. ނަގޫރޯޅީގެ ސަބަބުން އޮކްލަހޯމާގައި ބިރުވެރިކަން ފެތުރިފައިވާކަމަށް އިންޓަނެޓްގެ ބައެއް ސައިޓްތަކުގައާއި ޝޯޝަލް ވެބްސައިޓްތަކުގައި އެކަން ތަޖުރިބާކޮށްފައިވާ މީހުންދަނީ ލިޔަމުންނެވެ.
މޫސުމާއި ބެހޭ އިދާރާއިން ހާމަކުރާ ގޮތުގައި އޮކްލަހޯމާ ސިޓީއަށް މިއަދުވެސް މޫސުން ގޯސްވާނެކަމަށާއި މާދަމާވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...