ނަމާދު ކުރާއިރު ކުރިމަތީގައި ބަހައްޓާ ޞުތުރާގައި ހުންނަން ޖެހޭ ޝަރުތުތަކެއްވާނަމަ އެ ޝަރުތުތަކަކީ ކޮބައިތޯއެވެ؟ ޞުތުރާއެއްގެ ގޮތުގައި ބަހައްޓަން އެންމެ ރަނގަޅީ ކޮން [ކަހަލަ] އެއްޗެއްތޯއެވެ؟ ދަބަހެއް، ފޯނެއް، ފޮތެއް، ފޮތްގޮނޑިއެއް ފަދަ އެއްޗެއް ޞުތުރާއެއްގެ ގޮތުގައި ބެހެއްޓިދާނެތޯއެވެ؟
الحمد لله، والصلاة والسلام على رسول اللهأما بعد:
ނަމާދަށް ހުންނަ އިރު ކުރިމަތީގައި ސުތުރާއެއް (ހުރަހެއް) ހުންނަން ވާނެއެވެ. ފާރެއް ނުވަތަ ތަނބެއް ފަދަ އެއްޗެއްގެ ނިވަލުގައި ނޫންނަމަ ތިބާ ނަމާދު ކުރާ ހިސާބު ވަކިކުރާނެ ހުރަހެއް ބަހަށްޓަން ވާނެއެވެ. [متفق عليه] ސުތުރާގެ ބޮޑުމިނާއި މެދުގައި އިތުރުއެކަލޭގެފާނާއި ސުވާލު ވެވުމުން ހަދީޘްކުރައްވާފައިވަނީ އެއީ “ސަވާރީ ގޮނޑީގެ ލެނގޭބައި ވަރުގެ އެއްޗެއްކަމުގައި ވުމަށެވެ. [البخاري] އެހެންކަމުން ސުތުރާގެ ބޮޑުމިނަކަށް އެއްމެ ކުޑަވެގެން ކައިވަތެއް ނުވަތަ ދެ ކައިވަތުގެ އުސްމިން ހުރި އެއްޗެއް ބަހައްޓަން ވާނެ ކަމުގައި އިލްމުވެރިން ވިދާޅުވެއެވެ. ވީމައި އެއްމެ ކުޑަވެގެން ފޮތްގޮނޑިއެއްގެ .އުސްމިން ހުރި އެއްޗެއް ބަހައްޓަން ވާނެއެވެ. ގަލަމެއް، ފޯނެއްވަރުގެ ކުޑަ އެއްޗެއް ކަމަކު ނުދާނެއެވެ
والله أعلم، وصلى الله على محمد وآله وسلم
ކޮމެންޓް (0)
ލޯޑް ކުރަމުން...