އޭޝިއާ އިންޑޮނޭސިއާއަށް ބާރުގަދަ ބިންހެލުމެއް އައިސް ސުނާމީގެ އިންޒާރު ދީފި

އިންޑޮނޭސިއާއަށް ބާރުގަދަ ބިންހެލުމެއް އައިސް ސުނާމީގެ އިންޒާރު ދީފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

އިންޑޮނޭސިޔާގެ އަޗޭއަށް ބާރުގަދަ ބިންހެލުމެއް އައިސް ސުނާމީގެ އިންޒާރުދީފިއެވެ.

ޖިއޮލޮޖިކަލް ސާރވޭއިން ދައްކާ ގޮތުގައި އިންޑޮނޭސިއާއަށް ބިންހެލުން އައިސްފައިވަނީ 7.4 ގެ ބާރުމިނުގައެވެ. އަދި މިބިންހެލުން އައިސްފައިވަނީ 30 ކިލޯމީޓަރު ފުނަށްކަމަށާއި ބިންހެލުން އައިސްފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.

މެތްރޯޓީވީ އިން ހާމަކުރާގޮތުގައި 'ބިންހެލުމުގެ ސަބަބުން މާބޮޑު ގެއްލުމެއްލިބިފައިވާކަމުގެ އެއްވެސް ރިޕޯޓެއް ލިބިފައިނުވާ'ކަމަށެވެ. އަދި 'ސަރަހައްދުން ކަރަންޓު ކެނޑިފައިވާކަމަށާއި އެއީ ބިންހެލުމުގެ ސަބަބުން ވީކަމެއްކަމަށް އަދި ނުބެލެވޭ'ކަމަށެވެ.

ބިންހެލުން އައިސްފައިވަނީ 30 ނުވަތަ 40 ސިކުންތަށެވެ.

ޓެގް

ބިންހެލުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.