ދަރުސް ޚަބަރު ޝައިޚް އަޙްމަދު ސަމީރުގެ ޚާއްޞަ ދަރުސެއް މިއަދު ހއ. އުލިގަމުގައި

ޝައިޚް އަޙްމަދު ސަމީރުގެ ޚާއްޞަ ދަރުސެއް މިއަދު ހއ. އުލިގަމުގައި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ : ޙަސަން ޝިޔާޒް

ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން ހއ. އަދި ހދ. އަތޮޅުގެ ބައެއް ރަށްރަށުގައި ދަރުސް ދިނުމަށް މިހާރު ކުރަމުންދާ ދަތުރުގައި މިއަދު ހއ. އުލިގަމުގައި ޝައިޚް އަޙްމަދު ސަމީރުގެ ޚާއްޞަ ދަރުސެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ދިއިސްލާމަށް މަޢުލޫމާތު ދެއްވަމުން އެ ޖަމްޢިއްޔާގެ އޮޕަރޭޝަންސް މެނޭޖަރ ޢަލީ ރަމީޒް ވިދާޅުވީ އުލިގަމުގެ މިސްކިތުގައި މިއަދުގެ އަސްރު ނަމާދަށްފަހު ބާއްވާ ދަރުސަކީ އެރަށުގެ ކައުންސިލްގެ އެދިލެއްވުމުގެ މަތިން ބޭއްވޭ ދަރުސެއް ކަމަށެވެ. މިދަތުރުގައި މިއަދު ހއ. ހޯރަފުށީގެ މިސްކިތުގައި ޝައިޚް ސަމީރުގެ ދަރުސެއް ބާއްވާފައިވެއެވެ. އަދި ރޭ އިހަވަންދޫ މަދަރުސާގެ ހޯލުގައި ޝައިޚް ދަރުސް ދެއްވާފައިވެއެވެ.

މީގެ އިތުރުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހދ. ހަނިމާދޫގެ ބަނދަރު ސަރަހައްދުގައި ހުންނަ ސްޓޭޖްގައި ޝައިޚް ސަމީރުގެ ދަރުސެއް ބާއްވާފައިވެއެވެ. އަދި އިއްޔެ އަސްރު ނަމާދަށް ފަހު އެރަށުގެ މަސްޖިދުއް ތަޢުބާގައި ޝައިޚް ދަރުސް ދެއްވާފައިވެއެވެ.

މިދަތުރު ނިންމަވާލެއްވުމަށް ފަހު ޓީމް އެނބުރި މާލެ އައުމަށް ފުރުއްވުމަށް ހަމަޖެހިފައި ވަނީ މިރޭގެ ވަޤުތެއްގައެވެ.

ޓެގް

ދަރުސް ވީޑިއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.